Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޑިއާ ސިފައިން

މޯދީއާއި ބައްދަލުކުރައްވާ އިންޑިއާ ސިފައިން ގެންދިއުމާ ގުޅޭ ވާހަކަ ނުދައްކަވާ ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި

މޯދީއާ ބައްދަލުކުރައްވާ އެންމެ ފަހަރަކުވެސް އިންޑިއާ ސިފައިން ގެންދިއުމަށް ވިދާޅުވިކަމަށް ރައީސް ވިދާޅު ނުވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2023 | އަންގާރަ 14:52
ރައީސް މުއިއްޒު މޯދީ އާ ބައްދަލުކުރެއްވުން

ރައީސް މުއިއްޒު މޯދީ އާ ބައްދަލުކުރެއްވުން

ކޮޕް28 ސަމިޓްގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ބައްދަލުވެވަޑައިގެން އިންޑިއާ ސިފައިން ބޭރުކުރުމާއި ގުޅޭ ވާހަކަތަކެއް ނުދައްކަވާކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެއްބަސްވެވަޑައިގެންފިއެވެ.

އިންޑިއާ ސިފައިން އަނބުރާ ގެންދިއުމާ ގުޅޭގޮތުން އިންޑާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި މަޝްވަރާ ނުކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެއްބަސްވެ ވަޑައިގެންނެވީ ރާއްޖެ ވަޑައިގެން ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ރައީސް ވިދާޅުވީ ކޮޕް28 ސަމިޓުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރޭގައި ހިމެނެނީ އިންޑިއާއިން ރާއްޖޭގެ ޑިމޮކްރެޓިކް ނިންމުމަށް އިހްތިރާމްކުރާ ވާހަކަފުޅު ކަމަށެވެ. އަދި އިންޑިއާއަކީ ވެސް ޑިމޮކްރަޓިކް ގައުމެއް ކަމަށް މޯދީ ވެސް ވިދާޅުވި ކަމަށާއި، ޑިމޮކްރަސީއަށް އިހްތިރާމްކުރައްވާ ކަމަށް ވެސް ވިދާޅުވިކަމަށް މުއިއްޒު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަދި ރާއްޖޭގެ ހަމަޖެހުމަކީ މި ސަރަހައްދުގެ ހަމަޖެހުން ކަމަށް ވެސް މޯދީ ވިދާޅުވިކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެއާއި ރައްޔިތުންގެ ނިންމުމަކީ ހަމަޖެހިގެން ގައުމު ކުރިއަށްދިއުން ކަމަށާއި، މި ސަރަހައްދަށްވެސް އެންމެ ރަނގަޅުގޮތަކީ އެއީ ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ ކަންބޮޑުވުން އެބަހުރި ކަމަށާއި، ސެންސިޓިވިޓީސް ތަކެއް އެބަހުރި ކަމަށެވެ. އަދި މިކަންކަމަށް އެޑްރެސްކުރެވިގެން މި ކަންކަން ހައްލުވެގެން ދިއުމަކީ އެދިވަޑައިގަންނަވާ ގޮތް ކަމަށެވެ. އަދި ދިވެހިރާއްޖެއަކީ އެއްވެސް ގައުމަކާއި ދެކޮޅުވާ ބައެއް ނޫން ކަމަށާއި، ހުރިހާ ގައުމަކާއި ވެސް ރައްޓެހި، ގުޅުންތައް މިނިވަންކަމާއި އިސްތިގުލާލުގެ ހަމައިގެ ތެެރޭގައި އޮންނާނެ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ މޯދީއާއި ބައްދަލުކުރެއްވުމުގެ ކުރިން، ބޮޑުވަޒީރަށްވުރެ ދަށް ލެވެލްގެ ހަތަރު ފަސް ބައްދަލުވުމެއް ގައި އެ ވާހަކަ މާ ތަފްސީލުކޮށް ދެކެވި އެއްބަސްވެ، އިންޑިއާ ސިފައިން ގެންދާގޮތަށް އެއްބަސްވި ކަމަށެވެ. އަދި އެއަށްވުރެ އިތުރަށް ތަފްސީލަށް ނުދެވޭ ކަމަށް ވިދާޅުވިއެވެ.

އިންޑިއާ ސިފައިންގެ އަދަދުތައް ސަރުކާރުން އެކި ދުވަސްތަކުގެ އެކި އަދަދުތައް ދެމުން އަންނަ އިރު ނޫސްވެރިން ކުރި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ މިހާތަނަށް ފޮރިން މިނިސްޓްރީއާއި ޑިފެންސް މިނިސްޓްރީން ލިބުނު ލިޔުންތަކުން އެކިފަހަރު ހުރީ އެކި އަދަދުތައް ކަމަށެވެ. އެއީ 77ން ގޮސް 89ށް ކަމަށާއި، އެއަށްވުރެ އިތުރުވެސް ވެދާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ހުރިހާ މައުލޫމާތެއް އެއްކޮށް ސާފުކޮށް ނުބެއްލެވޭ ކަމަށާއި، އެހެންކަމުން ޔަގީންކުރަން ބޭނުންފުޅުވާ ކަމަށެވެ. މިއީ މިހާތަނަށް ލިބުނު ރޭންޖް ނުވަތަ އަދަދު ކަމަށާއި، އެކަމަކު އެއަށްވުރެވެސް ގިނަވެދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮޕް28ށް ކުރެއްވި ދަތުރުފުޅުގެ ކުރިއާ ހަމައަށް އޮތީ ފޮރިން އަދި އިންޑިއާ އެމްބަސީ ހިމެނޭ ގޮތަށް ޓެކްނިކަލް ކޮމިޓީއެއް ކަމަށާއި، މި މަސައްކަތްތައް ވަރަށް ބާރަށް އެބަހިނގާ ކަމަށް ރައީސް ވިދާޅުވިއެވެ.

އިންޑިއާ އައުޓްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުއިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއިންޑިއާ ސިފައިން

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު