Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިޔާ ތޫފާން

ދެކުނު އިންޑިޔާއަށް އަނެއްކާވެސް ތޫފާނެއްގެ ގަދަ ވަޔާއި ބޯ ވިއްސާރަ ކުރިމަތިވެއްޖެ

5 ޑިސެމްބަރު 2023 | އަންގާރަ 13:54

އިންޑިޔާގެ މެޓް ޑިޕާޓްމަންޓުން ބުނީ، ތޫފާނުގައި ގަޑިއަކު 110 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހިފައި ވާކަމަށް

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 5 ޑިސެމްބަރު 2023 | އަންގާރަ 13:54
އިންޑިޔާގައި ފެންބޮޑުވެފައިވާ މަގެއް

އިންޑިޔާގައި ފެންބޮޑުވެފައިވާ މަގެއް

ދެކުނު އިންޑިޔާގެ ބައެއް ސްޓޭޓްތައް ކަމަށްވާ އަންދްރަޕްރަދޭޝް އަދި ޓެމިލްނާޑޫގެ އިތުރުން އެހެން ބައެއް ސްޓޭޓްތަކަކަށް އަނެއްކާވެސް ތޫފާނެއްގެ ގަދަ ވަޔާއި ބޯ ވިއްސާރަ ކުރިމަތިވެއްޖެއެވެ. ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ހިނގި ހާދިސާތަކުގައި މި ދެ ސްޓޭޓުން ކުޑަކުއްޖަކާއެކު ނުވަ މީހުން މިހާތަނަށް މަރުވެފައިވާއިރު، ޗެންނާއީން ފަސް މީހުން މަރުވެފައިވާކަމަށް ޚަބަރުލިބެއެވެ.

އަންގާރަ ދުވަހު މެންދުރެއްހާއިރު ތޫފާން "މިޗޯންގ" ދެކުނުގެ ސްޓޭޓްތަކަށް އެރުމާއެކު، ބޯކޮށް ގިނައިރު ވާރޭވެހުމުގެ ސަބަބުން ބޮޑެތި ހިސާބުތަކެއްގައި ވަނީ ފެންބޮޑުވެފައެވެ. އަދި ކާރުތަކާއި އެހެންވެސް ވެހިކަލްތައް އޮޔާދާ މަންޒަރު ވީޑިއޯތަކުން ފެނެއެވެ. މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން އެހިސާބުގެ ގިނަ އެއާޕޯޓުތައް ވެސް މިއަދު ބަންދުކުރަން ޖެހިފައި ވެއެވެ. އިންޑިޔާގެ މެޓް ޑިޕާޓްމަންޓުން ބުނިގޮތުގައި، ތޫފާނުގައި ގަޑިއަކު 110 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހިފައިވެއެވެ. އަދި އަންދްރަޕްރަދޭޝްއަށް ތޫފާނުގެ ބާރު ދަށްވާނެކަމަށް ބެލެވެނީ ބުދަ ދުވަހުގެ ހެދުނުކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

އަންދްރަޕްރަދޭޝްގެ ތިރުޕަތީ ޑިސްޓްރިކްޓުގައި ފާރެއް ވެއްޓުމުގެ ސަބަބުން 4 އަހަރުގެ ކުއްޖަކު މަރުވެފައިވެއެވެ. މަރުވި އެހެން މީހުން މަރުވެފައިވަނީ ބޮލަށް ލިބުނު އަނިޔާއިންނާއި ކަރަންޓުގައި ޖެހުން ފަދަ ކަންކަމުންނެވެ.

އޮފިޝަލުން މައުލޫމާތު ދޭގޮތުގައި، ތޫފާން އެރުމާ ގުޅިގެން އަންދްރަޕްރަދޭޝްގެ 9500އެއްހާ މީހުން، 211 ރިލީފް ކޭމްޕަކަށް ވަނީ ބަދަލުކުރެވިފައެވެ. އަދި ސްކޫލްތަކާއި ކޮލެޖްތަކުގެ އިތުރުން، އޮފީސްތައްވެސް ވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން ބޮޑެތި ދަނޑު ބިންތަކަށް ގެއްލުން ލިބިފައިވާއިރު، ރޭލާއި ފްލައިޓް ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ.

އަންދްރަޕްރަދޭޝްގެ އިތުރުން ޓެލަންގާނާ އަދި އޮޑިއްސާގައިވެސް ހާލަތު ވަނީ ވަރަށް ގޯސްވެފައެވެ.  

އިންޑިއާ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
17 ނޮވެމްބަރު 2025

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި
15 ނޮވެމްބަރު 2025

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ
11 ނޮވެމްބަރު 2025

އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި

11 ނޮވެމްބަރު 2025
އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި
10 ނޮވެމްބަރު 2025

ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ

10 ނޮވެމްބަރު 2025
ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ
29 އޮކްޓޯބަރު 2025

ހަނގުރާމައިގެ ހާލަތަށް ތައްޔާރުވެގެން ތިބެން ޖެހޭ: ރަޖްނާތު ސިންހް

29 އޮކްޓޯބަރު 2025
ހަނގުރާމައިގެ ހާލަތަށް ތައްޔާރުވެގެން ތިބެން ޖެހޭ: ރަޖްނާތު ސިންހް
15 އޮކްޓޯބަރު 2025

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025
އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި
14 އޮކްޓޯބަރު 2025

އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި

14 އޮކްޓޯބަރު 2025
އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް