Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގޯތި އަދި ފުލެޓުގެ މައްސަލަ

ގެޒެޓު ލިސްޓުގައި ނަން އޮވެއްޖެނަމަ، ގޯތި އަދި ފުލެޓުވެސް ލިބޭނެ - ރައީސް

ގެޒެޓު ލިސްޓުގައި ނަން ނެތްނަމަ ނުލިބިދާނެކަމުގެ އިޝާރާތެއް ކުރެއްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 5 ޑިސެމްބަރު 2023 | އަންގާރަ 13:47
ރައީސް، ޑރ. މުހައްމަދު މުއިއްޒު

ރައީސް، ޑރ. މުހައްމަދު މުއިއްޒު

ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން ލިބިފައިވާ ފުލެޓާއި ގޯތި ލިބުނުކަމަށް، ގެޒެޓުކުރެވުނު ލިސްޓުގައި އޮތްނަމަ އެމީހަކަށް އެތަނަކުން ގޯތި އަދި ފުލެޓު ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ކެމްޕޭނުގައި ވައުދުވެވަޑައިގެންނެވި ގޮތަށް އެކަން ކުރިއަށް ގެންދަވާނެކަމަށާއި، ފުލެޓެއް ނުވަތަ ގޯއްޗެއް އެމީހަކަށް ލިބިފައިވާނަމަ، އެ ލިބުނު ގޯއްޗެއް އެމީހަކު އަތުން އަތުނުލައްވާނެ ކަމަށެވެ. އަދި ރަސްމީކޮށް ގެޒެޓުކުރެވިފައިވާނަމަ، ލިޔުން ނުލިބުނުކަމުގައި ވީނަމަވެސް އެމީހަކަށް އެ ތަނެއް ލިބޭނެކަމަށެވެ. އަދި ފައިނަލް ލިސްޓެއް ގެޒެޓުކުރެވިފައިވާނަމަ އެއީ ސަރުކާރުގެ ނިންމުމެއް ކަމަށާއި، ސަރުކާރުގެ ނިންމުމެއް އޮތްނަމަ ލިބޭނެކަމަށެވެ. އަދި އެކަމަށް ބަދަލެއް ނާންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ލިސްޓު ގެޒެޓުނުކުރެވި އޮތްނަމަ އެއީ މުޅިން އެހެން ކަމެއް ކަމަށާއި، އެކަމާ ގުޅޭގޮތުން އެޗްޑީސީން އެ ޕްރޮސެސްގައި ތަނެއް ހުރިކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ނެތްކަމަށެވެ. ރައީސް ވިދާޅުވީ ރަޖިސްޓްރީ ހަދައިދިނުމާ ގުޅޭގޮތުން ގެޒެޓުގައި ގަވާއިދަށް ބަަދަލެއް ގެނެސްފައިވާކަމަށާއި، އެއީ ގާނޫނީގޮތުން ކިހާ ބުރަދަނެއް ހުރި ކަމެއްތޯ އެޓަރނީ ޖެނެރަލް ލަފާދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މިހާރު އޭސީސީގައި އޮތް މައްސަލައަކީ ފުލެޓު ދިނުމާއި ނުދިނުމާބެހޭ ކަމެއް ނޫންކަމަށާއި، އޮޅުވާލައިގެން ޕޮއިންޓް ހޯދައިގެން ފުލެޓު ލިބިފައިވާނަމަ އެއީ މުޅިން އެހެން ކޭސްއެއް ކަމަށެވެ. އޭސީސީން ނުވަތަ އެހެންތަނަކުންވެސް ބަލައި، އެހެންވީ މީހަކަށް ހުކުމެއްވެސް އަތުވެދާނެ ކަމަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭ ސަރަހައްދުން ފުލެޓު ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފައިވަނީ ނޮވެމްބަރު 15 ވަނަ ދުވަހުއެވެ.

ލިސްޓަށް އައިސްފައިވާ ބަދަލާއެކު، ފުރަތަމަބުރުގައި 3 ކޮޓަރީގެ ފުލެޓު ލިބެނީ 76ން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ފުލެޓު ނެގުމަށްފަހު ބާކީވާ ފުލެޓްތައް، 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވޭ ފަރާތްތަކަށް ކަމަށާއި، އަދި ފުރަތަމަ ބުރުގައި 2 ކޮޓަރީގެ ފުލެޓު ލިބެނީ 73ން ފެށިގެން މާތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

ގެދޮރުވެރިންގެދޮރުވެރިކަމާއި، ބިމާއި، ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު، ޑރ. ޢަލީ ޙައިދަރު އަޙުމަދުރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު