Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނިޒާމީ ވޯޓް

ނިޒާމީ ވޯޓާއި ގުޅޭގޮތުން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

5 ޑިސެމްބަރު 2023 | އަންގާރަ 10:42

މަޖިލީހުން އެ ބިލު ބޭރުކޮށްލީ 44 ވޯޓާ އެކު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 5 ޑިސެމްބަރު 2023 | އަންގާރަ 10:42
ނިޒާމީ ވޯޓާ ގުޅޭގޮތުން އިސްލާހު ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ

ނިޒާމީ ވޯޓާ ގުޅޭގޮތުން އިސްލާހު ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ

ނިޒާމީ ވޯޓާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި ދަ ޑިމޮކްރެޓްސްގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ހުށަހެޅި އިސްލާހު ބޭރުކޮށްލައިފިއެވެ.

މި އިސްލާހަކީ ރާއްޖޭގައި ވެރިކަން ކުރާ ނިޒާމު ބަދަލުކުރަން ރައްޔިތުންގެ މެދުގައި ނަގާ ވޯޓަކުން ފާސްކުރާ ހާލަތެއްގައި ގާނޫނުއަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ނަގަން ހުށަހެޅި ބިލެކެވެ.

Advertisement - newsAdvertisement

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިސްލާހު ފާސްކުރުމަށް އަންގާރަ ދުވަހުގެ ޖަލްސާގައި ނެގުނު ވޯޓުގައި، މަޖިލީހުން އެ ބިލު ބޭރުކޮށްލީ 44 ވޯޓާ އެކުއެވެ. އެ ވޯޓުގައި 59 މެންބަރުން ބައިވެރިވި އިރު، އެ ބިލާ އެއްކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.

އިމްތިޔާޒް ހުށަހަޅުއްވާފައި ވަނީ ގާނޫނު އަސާސީގެ 262 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރު ކުރުމަށެވެ. ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އުމުރަށް އަދި ރިޔާސަތުގެ ދައުރާއި ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތް ބަދަލުކުރުމަށް މަޖިލީހުން ފާސްކުރާ އެއްވެސް ބިލެއް ތަސްދީގުކުރެވޭނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ވޯޓުދިން މީހުންގެ އަގުލަބިއްޔަތު ލިބިއްޖެ ނަމައެވެ.

262 ވަނަ މާއްދާގެ ފަހަތަށް އިމްތިޔާޒު ހުށަހެޅުއްވީ އަކުރެއް އިތުރުކުރުމަށެވެ. އެ އަކުރުގައި ބުނެފައިވަނީ 262 ވަނަ މާއްދާގެ ފަހަތަށް (ނ) އިތުރުކޮށް، އެ މާއްދާގެ (ށ) ގައި އެހެން އޮތްކަމުގައި ވިޔަސް، ގާނޫނު އަސާސީއަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއްގައި، ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައްޔިތުުންނާ ގުޅޭ މުހިންމު ކަމެއްގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގާފައިވާ ކަމެއް ހިމެނޭނަމަ، އެ ބިލަކަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމެއް ނޯންނާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސްމާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)ވެރިކަމުގެ ނިޒާމު

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
20 ސެޕްޓެމްބަރު 2025

ހީއަކަށް ބަލާފަ މީހުން ހައްޔަރު ކުރުން، ބިރުބޮޑު ނުރައްކާތެރި ކަމެއް: އިމްތިޔާޒް ފަހުމީ

20 ސެޕްޓެމްބަރު 2025
ހީއަކަށް ބަލާފަ މީހުން ހައްޔަރު ކުރުން، ބިރުބޮޑު ނުރައްކާތެރި ކަމެއް: އިމްތިޔާޒް ފަހުމީ
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް