Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާސެނަލް

ރަމްސްޑޭލް އަކީ އާޓެޓާ ބޭނުންވާ ކަހަލަ ގޯލު ކީޕަރެއް

އާޓެޓާ ފާހަގަ ކުރި ގޮތުގައި ރަޔާ އަދި ރަމްސްޑޭލް އަކީ ވެސް ވަރަށް ރަނގަޅު، މޮޅު ދެ ކީޕަރުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2023 | ބުދަ 00:23
އާސެނަލަށް ކުޅެމުން އަންނަ ރަމްސްޑޭލް

އާސެނަލަށް ކުޅެމުން އަންނަ ރަމްސްޑޭލް

އާސެނަލަށް ކުޅެމުން އަންނަ އިނގިރޭސި ގޯލު ކީޕަރު އާރޮން ރަމްސްޑޭލް އަކީ، އޭނާ ބޭނުންވާ ކަހަލަ ކީޕަރެއް ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

ޝެފީލްޑް ޔުނައިޓެޑުގައި ހުރުމަށްފަހު ރަމްސްޑޭލް އާސެނަލަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. އާސެނަލާއެކު އެންމެ ފަހުން އޭނާ ސޮއި ކޮށްފައި ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އާސެނަލްގެ އެއް ވަނަ ގޯލު ކީޕަރުގެ ގޮތުގައި ހުއްޓައި، އެ ޓީމުން ޑޭވިޑް ރަޔާ ގެނައުމާއެކު ރަމްސްޑޭލަށް ވަނީ ފުރަތަމަ 11ގެ ޖާގަ ގެއްލިފަ އެވެ. އެކަމާ، އޭނާ އާއި ކުލަބާ ދެމެދު ކޮންމެ ވެސް ވަރެއްގެ މައްސަލައެއް ޖެހުނު ކަމަށް މީޑިއާ ތަކުން އޭރު ވަނީ ރިޕޯޓުކޮށްފަ އެވެ.

ރަމްސްޑޭލާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އާޓެޓާ ބުނީ، އޭނާ ބޭނުންވަނީ ރަމްސްޑޭލް އެމީހުންނާއެކު އާސެނަލްގައި ހުންނަން ކަމަށެވެ. އާޓެޓާ ފާހަގަ ކުރި ގޮތުގައި ރަޔާ އަދި ރަމްސްޑޭލް އަކީ ވެސް ވަރަށް ރަނގަޅު، މޮޅު ދެ ކީޕަރުންނެވެ. އެހެންކަމުން އާސެނަލްގައި އެ ކަހަލަ ދެ ކީޕަރުން ތިބުމަކީ ވެސް އޭނާ އަށް ހިތްހަމަ ޖެހުމެއް ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ވެސް ރަމްސްޑޭލް ހުންނާނީ އާސެނަލާއެކު ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އިތުރަށް އާޓެޓާ ބުނީ އާސެނަލަށް ކުޅެން ރަމްސްޑޭލް ބޭނުންވާ ކަމަށާއި، އެހެން ކުޅުންތެރިންނާ ޚިލާފަށް އޭނާ އަކީ ކުޅުމަށް އިސްކަން ދޭ ކުޅުންތެރިޔެއްކަން ފާހަގަވެފައިވާ ކަމަށެވެ.

ރަމްސްޑޭލް ވަނީ މިހާތަނަށް 86 މެޗުގައި އާސެނަލްގެ ގޯލު ބަލަހައްޓައިފަ އެވެ. އެ ޓީމާއެކު އޭނާ ވަނީ މިއަހަރުގެ އެފްއޭ ކޮމިއުނިޓީ ޝީލްޑު ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ 11 އިން ފުރުސަތު ގެއްލުމުން ރަމްސްޑޭލް ކުލަބު ބަދަލުވާން ބޭނުންވި ކަމުގެ އަޑުތައް ފެތުރުނެވެ. ސަބަބަކީ އާސެނަލްގައި އޭނާ އަށް ކުޅުމުގެ ފުރުސަތު ނުލިބޭތީ އެވެ. އެއީ، އިންގްލެންޑުގެ ޤައުމީ ޓީމުން ޖާގަ ހޯދަން އޭނާ ބޭނުންވާތީ ކަމަށް ވެސް އޭރު ވަނީ ބުނެފަ އެވެ. އިންގްލެންޑުގެ ޤައުމީ ޓީމުން ރަމްސްޑޭލަށް ޖާގަ ލިބުނީ 2021 ވަނަ އަހަރު އެވެ. މިހާތަނަށް އޭނާ ވަނީ ޤައުމީ ޓީމަށް ހަތަރު މެޗު ކުޅެދީފަ އެވެ.

އާސެނަލްއާރޮން ރަމްސްޑޭލްމިކޭލް އާޓެޓާ

ކޮމެންޓް

އިތުރަށް ކިޔާލަން

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް

އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް

05 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު