Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބައްސާމް ފުރުން މަނާކުރުން

ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓައިފި

ޕާސްޕޯޓް ހިފެހެއްޓީ އަންގާރަ ދުވަހު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 5 ޑިސެމްބަރު 2023 | އަންގާރަ 04:40
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް, ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް އަންގާރަ ދުވަހު އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

ބައްސާމްގެ ޕާސްޕޯޓް ހިފެހެއްޓިކަން އިމިގްރޭޝަން ތެރެއިން ޔަޤީންވި ނަމަވެސް, އިމިގްރޭޝަން މީޑިޔާއިން އެކަން ކަށަވަރުކޮށެއް ނުދެއެވެ. އިމިގްރޭޝަނުގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެކަން ޔަޤީންކޮށްލުމަށްފަހު ދަންނަވާނެ ކަމަށެވެ.

ބައްސާމްގެ ޕާސްޕޯޓް ހިފެހެއްޓީ ކޮން އިދާރާއެއްގެ އަމުރަށް, ކޮންމައްސަލައެއްގައި ކަން ޔަޤީނެއް ނޫނެވެ. އެކަމަކު އެފްއޭއެމް އަށް ބޭރުގެ އިދާރާތަކުން ދޭ ފައިސާއަށް ހިޔާނާތްތެރިވާ ކަމުގެ ތުހުމަތުގައި އެ މައްސަލަ ދިވެހި ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ. އަދި ޕީޖީގެ އަމުރަށް ފުލުހުން އެފްއޭއެމް އަށް ވަދެ އެތަން ބަލާ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދިއެވެ. ފުލުހުންގެ މީޑިޔާއިން ވެސް ބުނީ އެކަން ޔަޤީންކުރުމަށްފަހު ދަންނަވާނެ ކަމަށެވެ.

ބައިނަލްއަޤްވާމީ އިދާރާތަކުން އެފްއޭއެމް އަށް ފޮނުވާ ފައިސާ އެ އިދާރާގެ ވެރިންނާއި އެ އިދާރާގެ ވެރިންނާ ގުޅުން އޮންނަ ފަރާތްތަކުގެ އެކައުންޓަށް ޖަމާކުރާ ކަމަށް ވެސް ތުހުމަތު ކުރެއެވެ. މައްސަލަ ތަހުގީގު ކުރަނީ އެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރާކަމުގެ ތުހުމަތަށެވެ. ނަމަވެސް ތުހުމަތުތަކަށް އެފްއޭއެމްއިން އިންކާރު ކުރެއެވެ.

ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ އެފްއޭއެމްގެ ރައީސް ހިމެނޭ ގޮތަށް އެ އިދާރާގެ ވެރިންގެ މައްޗަށް ދައުވާކުރެވޭނެ ހެކި ލިބިފައިވާ ކަމަށެވެ. އެ ތަހުގީގުގައި އެންމެ އިސް ތުހުމަތު ކުރެވެނީ އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކަމަށް ޕީޖީ ވިދާޅުވިއެވެ.

ބައްސާމް އަދީލް ޖަލީލްފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
20 ނޮވެމްބަރު 2025

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި
16 ނޮވެމްބަރު 2025

ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

16 ނޮވެމްބަރު 2025
ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ
05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
30 އޮކްޓޯބަރު 2025

މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

30 އޮކްޓޯބަރު 2025
މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު