Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ނޫސްވެރިން ހައްޔަރުކުރުން

ނޫސްވެރިކަމަކީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުން ކަމަށް ފުލުހުން ބުނުމަކީ ގާނޫނު ތަންފީޒު ކުރުމުގެ ގާބިލްކަން ނެތުން: ރާއްޖެ ޓީވީ

ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުރުޝިދު އަބްދުލް ހަކީމް ހައްޔަރުކޮށް، ފުލުހުންގެ ވެހިކަލަކަށް އަރުވައި އަނިޔާކުރިއިރު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 26 ޖުލައި 2017 | ބުދަ 20:11
ނޫސްވެރިން ހައްޔަރުކޮށް ވެހިކަލަށް އަރުވާފައި

ނޫސްވެރިން ހައްޔަރުކޮށް ވެހިކަލަށް އަރުވާފައި

ނޫސްވެރިކަމުގެ ވާޖިބު އަދާކުރުމަކީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުން ކަމަށް ފުލުހުން ބުނާނަމަ، އެއީ ގާނޫނު ތަންފީޒު ކުރުމުގެ ގާބިލްކަމާއި ޑިމޮކްރެޓިކް ވެއްޓެއް ދެމެހެއްޓުމަށް ފުލުހުންގެ ގާބިލްކަން ނެތުން ކަމަށް ރާއްޖެ ޓީވީން ބުނެފިއެވެ.

ރާއްޖެ ޓީވީން މިހެން ބުނެފައި މިވަނީ ބުދަ ދުވަހުގެރޭ ރާއްޖޭގެ ހަތް ނޫސްވެރިއަކަށް އަނިޔާކޮށް ހައްޔަރުކޮށް ވާތީ އެކަން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ.

Advertisement - newsAdvertisement

ރާއްޖެ ޓީވީ ބުނީ ޖުލައި 26، 2017 ވީ ބުރާސްފަތި ވިލޭރޭ ރާއްޖެޓީވީގެ ނޫސްވެރިންނާއި އެހެން ސްޓޭޝަންތަކުގެ ނޫސްވެރިން ހައްޔަރުކޮށް، ރާއްޖެޓީވީގެ ކެމެރާ އާއި ލައިވް އިކިއުޕްމެންޓަށް ފުލުހުން ގެއްލުން ދިނުން އިންތިހާއަށް ކުށްވެރިކުރާ ކަމަށެވެ.

ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމާއި މުރުޝިދު އަބްދުލް ހަކީމް އަދި ކެމެރާމަން އަހްމަދު މަމްދޫހު އާއި އެހެން ބައެއް ސްޓޭޝަންތަކުގެ ނޫސްވެރިން ހައްޔަރުކޮށް އަނިޔާކުރީ، ގާނޫނާއި ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާޖިބު އެ ނޫސްވެރިން އަދާކުރަމުންދަނިކޮށެވެ.

ނަމަވެސް ފުލުހުން ބުނެފައިވަނީ އެނޫސްވެރިން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތުގައި ކަމަށެވެ.

މީގެ އިތުރުން އެބަޔާނުގައި ބުނެފައިވާ ގޮތުގައި ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުރުޝިދު އަބްދުލް ހަކީމް ހައްޔަރުކޮށް، ފުލުހުންގެ ވެހިކަލަކަށް އަރުވައި އަނިޔާކުރިއިރު، އަބްދުﷲ ނަސީރު އިބްރާހިމްގެ ގައިގައި ތަޅައި އަނިޔާކުރީ، ލައިވް ފޯނުގައި ވާހަކަ ދައްކަމުން ދަނިކޮށް ކަމަށެވެ. އަދި ނަސީރަށް އަނިޔާކުރުމުގެ އިތުރުން، ފޯނު ނުބާއްވައިފި ނަމަ، ފޯނު "ފުނޑާލާނެ" ކަމަށް ފުލުހުންގެ ޔުނިފޯމުގައި ތިބި ބަޔަކު އިންޒާރު ދިނުމުގެ އިތުރުން އެ މީހުން ނަސީރާ ދިމާއަށް ކުނި ރޯއަވަގުރާނަ ގޮވަމުންދިޔަކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.

ނޫސްވެރިން ހައްޔަރުކުރުމުގެ ބަހަނާއަކަށް ފުހުލުން ހަދާފައިވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމެވެ. ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ނޫސްވެރިކަމުގެ ވާޖިބު އަދާކުރުމަކީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުން ކަމަށް ފުލުހުން ބުނާނަމަ، އެއީ ގާނޫނު ތަންފީޒު ކުރުމުގެ ގާބިލްކަމާއި ޑިމޮކްރެޓިކް ވެއްޓެއް ދެމެހެއްޓުމަށް ފުލުހުންގެ ގާބިލްކަމެއް ނެތުން ކަމަށް ރާއްޖެ ޓީވީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ރާއްޖެ ޓީވީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ފުލުހުންގެ ވާޖިބަށް ނޫސްވެރިން ހުރަސް އެޅިކަމަށް ބުނި ނަމަވެސް، ފެންނަން މަންޒަރުތަކުންނާއި ރެކޯޑްކުރެވިފައިވާ މަންޒަރުތަކުން އެއީ ކަނޑައެޅިގެން ދޮގެއް ކަން އެނގޭ ކަމަށާއި ފުލުހުންގެ އަމުރަށް ކިޔަމަންތެރި ނުވިޔަސް، ލާއިންސާނީ އަނިޔާ ދިނުމަކީ ފުލުހުންނަށް ލިބިގެންވާ ގާނޫނީ ބާރެއް ނޫން ކަމަށެވެ.

އަދި ނޫސްވެރިންނަށް އަނިޔާކޮށް ތަކެއްޗަށް ގެއްލުންދީ، ހައްޔަރުކުރީ އެމްޑީޕީގެ ހަރުގެ ކައިރީގައި ހިނގަމުން ދިޔަ މަންޒަރުތަކާއި، އެ ސަރަހައްދުގައި ފުލުހުން ހިންގަމުންދިޔަ ގާނޫނާ ހިލާފު އަމަލުތައް ގެނެސްދިނުމަށް ހުރަސް އެޅުމަށް ކަމަށްވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.

ރާއްޖެ ޓީވީން ބުނީ ރާއްޖެޓީވީގެ ނޫސްވެރިން ހައްޔަރުކުރިޔަސް، ތަކެއްޗަށް ގެއްލުން ދިނަސް، ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަން ބޭނުންކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަށާއި އަދި ނުވެސް ޖެއްސޭނެ ކަމަށެވެ. މީގެ އިތުރުން ކަމާބެހޭ ހުރިހާ މުވައްސަސާތަކަށް މިވަގުތު ވެސް ގޮވާލަނީ، ގާނޫނާ ހިލާފަށް އަމަލުކުރި ފުލުހުންނާއި ނޫސްވެރިންނަށް އަނިޔާކުރި ފުލުހުންނާމެދު ފިޔަވަޅު އެޅުމަށް ކަމަށެވެ. އަދި ފުލުހުންގެ ޔުނިފޯމުގައި އަނިޔާވެރިވަމުންދާ ތަގުން، ފްރޮންޓްލައިނުން ވަކިކޮށް، ޑިމޮކްރެޓިކް ވެއްޓެއްގައި ހިދުމަތްދެވޭނެ، އަދި ފުލުހުންގެ ވާޖިބެކޭ އެއްގޮތަށް ނޫސްވެރިންގެ ވާޖިބު އަދާކުރުމަކީ ވެސް ގާނޫނުން ލިބިފައިވާ ހައްގެއް ކަމާއި ގާނޫނީ ޒިންމާއެއް ކަމަށް ގަބޫލުކުރާ ފުލުހުންތަކެއް ހިދުމަތަށް ނެރުމަށް ގޮވާލާ ކަމަށް ވެސް ރާއްޖެ ޓީވީން ވަނީ ބުނެފައެވެ.

ހައްޔަރުކުރި ނޫސްވެރިން ބުދަދުވަހުގެރޭ ދަންވަރު 1:00 ހާއިރު ވަނީ ދޫކޮށްލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް އިންތިޚާބަށް ބޭނުން ކުރާ ތަކެތި ހަރުގެއިން ގެންދިއުމަކީ ކެމްޕޭނަށް ހުރަސްއެޅުން:އެމްޑީޕީ

ކައުންސިލް އިންތިޚާބަށް ބޭނުން ކުރާ ތަކެތި ހަރުގެއިން ގެންދިއުމަކީ ކެމްޕޭނަށް ހުރަސްއެޅުން:އެމްޑީޕީ

02 މާރިޗު 2017
ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"

ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"

02 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހުރަސް އަޅަން އުޅޭކަމަށް ބުނެ އެމްޑީޕީގެ ހަރުގެ ފާސްކޮށްފި

ސައުދީ ރަސްގެފާނަށް ހުރަސް އަޅަން އުޅޭކަމަށް ބުނެ އެމްޑީޕީގެ ހަރުގެ ފާސްކޮށްފި

01 މާރިޗު 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

26 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު