Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑިމޮކްރެޓްސް

ޑިމޮކްރެޓްސްގެ ރައީސަކަށް ހަސަން ލަތީފު

3 ޑިސެމްބަރު 2023 | އާދީއްތަ 18:33

ވަގުތީ ނަތީޖާ އިއުލާން ކުރުން ލަސްވެ، އެހެން ގޮތަކަށް ނަތީޖާ އަތުވެއްޖެނަމަ ގަބޫލުކުރަން ދަތިވާނެ ކަމަށް އަމްރު ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 3 ޑިސެމްބަރު 2023 | އާދީއްތަ 18:33
ހަސަން ލަތީފް

ހަސަން ލަތީފް | މަޖިލިސް

ދަ ޑިމޮކްރެޓްސްގެ ރައީސަކަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު އިންތިޚާބުވެއްޖެއެވެ.

އޭނާ އެ ޕާޓީގެ ރައީސަކަށް އިންތިޚާބުވެފައިވާ ކަން އިއުލާންކޮށް އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފައިވަނީ އާދީއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެގޮތުން، ޑިމޮކްރެޓްސްގެ ފުރަތަމަ އިންތިޚާބީ ރައީސަކަށް ހަސަން ލަތީފު އިންތިޚާބުވެފައިވަނީ 1704 ވޯޓުން ކަމަށް އެ ޕާޓީން ވަނީ އިއުލާންކޮށްފައެވެ.

މި އިންތިޚާބުގައި ހަސަން ލަތީފާ ވާދަކުރެއްވީ އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރުއެވެ. އޭނާއަށް ލިބިވަޑައިގަތީ 1300 ވޯޓު ކަމަށް ވަގުތީ ނަތީޖާއިން ދައްކައެވެ.

ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ބާއްވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ ދުވަހުގެ ހަވީރު 4:00 އަށް ވޯޓުލުމުގެ ކަންކަން ނިމިފައިވާއިރު ވަގުތީ ނަތީޖާ އިއުލާން ކުރުން ލަސްވުމާ ގުޅިގެން އެ ޕާޓީގެ އިންތިޚާބުގެ ކަންކަމާ އުޅުނު މެންބަރުންނަށް އާއްމު މެންބަރުންގެ ފާޑުކިޔުންތައް އަމާޒުވިއެވެ. އެގޮތުން، އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުން ލަސްކުރަނީ ގަސްތުގައި ވަކި ބޭފުޅަކު ހޮވަން ކަމަށް މެންބަރުން ތުހުމަތު ކުރިއެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ނުކުރަނީސް ޑިމޮކްރެޓްސްގެ ރައީސް ކަމަށް ވާދަކުރެއްވި ދެ ބޭފުޅުން ވެސް ވަނީ އިންތިޚާބު ކާމިޔާބު ވެއްޖެ ކަމަށް އިއުލާންކުރައްވާފައެވެ. އަދި އިންތިހާބުގެ ވޯޓުލުން ނިމުނުތާ 24 ގަޑިއިރުވާން ކައިރިވާއިރު ވެސް ނަތީޖާ އިއުލާން ނުކޮށް، އެހެން ގޮތަކަށް ނަތީޖާ އަތުވެއްޖެ ނަމަ ގަބޫލުކުރަން ދަތިވާނެ ކަމަށް އަމްރު ވަނީ އާދީއްތަ ދުވަހު ވިދާޅުވެފައެވެ.

މި އިންތިޚާބުގައި އެހެނިހެން ބައެއް އިސް މަގާމުތަކަށް ވެސް މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ. އެގޮތުން އަންހެން ނައިބު ރައީސަކަށް އައިޝަތު އަލައިކާ އަދުނާން ހޮވުނުއިރު ޒުވާނުންގެ ނައިބަކަށް ހޮވުނީ ހަސަން ފިރުޝާނެވެ.

ދަ ޑިމޮކްރެޓްސް

އިތުރަށް ކިޔާލަން

04 ޖޫން 2026

ޕާޓީ ބަދަލުކުރި ކަމަށް ބުނެ، ތިނަދޫ ކައުންސިލްގެ ރައީސް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފި

04 ޖޫން 2026
 ޕާޓީ ބަދަލުކުރި ކަމަށް ބުނެ، ތިނަދޫ ކައުންސިލްގެ ރައީސް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފި
03 ޖޫން 2026

ޑިމޮކްރެޓްސް އާއި އެމްއެލްއެސްޑީޕީ އުވާލަން ނިންމައިފި

03 ޖޫން 2026
ޑިމޮކްރެޓްސް އާއި އެމްއެލްއެސްޑީޕީ އުވާލަން ނިންމައިފި
26 ޖޫން 2025

ޑިމޮކްރެޓްސްގެ މެމްބަރުން އައުމުން އެމްޑީޕީ ވާނީ ވަރުގަދަ، މާޒީ އަށް ނުބަލާ ދާންވީ އެކުގައި ކުރިއަށް - ރައީސް ޞާލިހު

26 ޖޫން 2025
ޑިމޮކްރެޓްސްގެ މެމްބަރުން އައުމުން އެމްޑީޕީ ވާނީ ވަރުގަދަ، މާޒީ އަށް ނުބަލާ ދާންވީ އެކުގައި ކުރިއަށް - ރައީސް ޞާލިހު
24 ޖޫން 2025

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

24 ޖޫން 2025
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
01 މެއި 2025

ސުލްހަވެރި އެއްވުމުގެ ތެރެއިން ހައްޔަރުކުރި ފަރާތްތައް ވަގުތުން މިނިވަންކުރުމަށް ދަ ޑިމޮކްރެޓްސް އިން ގޮވާލައިފި

01 މެއި 2025
ސުލްހަވެރި އެއްވުމުގެ ތެރެއިން ހައްޔަރުކުރި ފަރާތްތައް ވަގުތުން މިނިވަންކުރުމަށް ދަ ޑިމޮކްރެޓްސް އިން ގޮވާލައިފި
26 ފެބުރުއަރީ 2025

ސުޕްރީމް ކޯޓަށް އަމާޒު ކޮށް ސަރުކާރުން މިހާރު އަމަލު ކުރަމުން ގެންދާ ގޮތް ދަ ޑިމޮކްރެޓްސް އިން ކުށްވެރި ކޮށްފި

26 ފެބުރުއަރީ 2025
ސުޕްރީމް ކޯޓަށް އަމާޒު ކޮށް ސަރުކާރުން މިހާރު އަމަލު ކުރަމުން ގެންދާ ގޮތް ދަ ޑިމޮކްރެޓްސް އިން ކުށްވެރި ކޮށްފި
05 ޑިސެމްބަރު 2024

ރައީސް މުއިއްޒު 24 ގަޑީއިރު ހުންނަވަނީ ޚިދުމަތުގައޭ ބުނާ ފަރާތްތަކަށް ފިރުޝާންގެ ރައްދު: ނޫން، 24 ގަޑީއިރު ހުންނަވަނީ ވައްކަމެއް ކޮށްލެވޭތޯ، ދޮގެއް ހެދޭތޯ

05 ޑިސެމްބަރު 2024
ރައީސް މުއިއްޒު 24 ގަޑީއިރު ހުންނަވަނީ ޚިދުމަތުގައޭ ބުނާ ފަރާތްތަކަށް  ފިރުޝާންގެ ރައްދު: ނޫން، 24 ގަޑީއިރު ހުންނަވަނީ ވައްކަމެއް ކޮށްލެވޭތޯ، ދޮގެއް ހެދޭތޯ
24 ނޮވެމްބަރު 2024

ފްލޯކްރޮސްކުރުމުން ގޮނޑިގެއްލޭ ގޮތަށް ޤާނޫނު އަސާސީ އަށް ގެނައި އިސްލާހު ބާތިލް ކުރަން ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލަ އަށް ޑިމޮކްރެޓްސް އިން ވެސް ތަދައްހުލު ވަނީ

24 ނޮވެމްބަރު 2024
ފްލޯކްރޮސްކުރުމުން ގޮނޑިގެއްލޭ ގޮތަށް ޤާނޫނު އަސާސީ އަށް ގެނައި އިސްލާހު ބާތިލް ކުރަން ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލަ އަށް ޑިމޮކްރެޓްސް އިން ވެސް ތަދައްހުލު ވަނީ
02 ނޮވެމްބަރު 2024

މާލީ ވަޒީރު ވަނީ ޤާނޫނާއި ޚިލާފުވެފަ، ސަރުކާރުން ލާމަރުކަޒީ ނިޒާމުގެ ބާރުކަނޑުވާލައިފި - ޑިމޮކްރެޓްސް

02 ނޮވެމްބަރު 2024
މާލީ ވަޒީރު ވަނީ ޤާނޫނާއި ޚިލާފުވެފަ، ސަރުކާރުން ލާމަރުކަޒީ ނިޒާމުގެ ބާރުކަނޑުވާލައިފި - ޑިމޮކްރެޓްސް
26 އޯގަސްޓު 2024

މިފެންނަނީ މިނިވަން ބޭންކަށް ސަރުކާރުގެ ޑިޕާޓްމެންޓެއްހެން އަމުރުކޮށްގެން ރައީސް ބޭންކް ހިންގަން އުޅޭތަން: ޑިމޮކްރަޓްސް

26 އޯގަސްޓު 2024
މިފެންނަނީ މިނިވަން ބޭންކަށް ސަރުކާރުގެ ޑިޕާޓްމެންޓެއްހެން އަމުރުކޮށްގެން ރައީސް ބޭންކް ހިންގަން އުޅޭތަން: ޑިމޮކްރަޓްސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް