Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ޤައުމީ ޓީމު

މަރުގެ ގުރޫޕުން ސަލާމަތްވުމުން ނާގަލަސްމަން އުފާވެފައި

އޭނާ ބުނީ، ޖަރުމަނަށް ގުރޫޕް ސްޓޭޖުގައި ވެސް ރަނގަޅު މެޗުތަކެއް ކުޅެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޑިސެމްބަރު 2023 | ހޯމަ 00:23
ޖަރުމަނު ޤައުމީ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަން

ޖަރުމަނު ޤައުމީ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަން

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ މަރުގެ ގުރޫޕުން ސަލާމަތްވުމުން އެކަމާ އުފާވާ ކަމަށް، ޖަރުމަނު ޤައުމީ ޓީމުގެ ކޯޗު ހޫލިއަން ނާާގަލްސްމަން ބުނެފި އެވެ.

ނާގަލްސްމަން މިހެން ބުނީ، އަންނަ އަހަރު އަމިއްލަ ޤައުމުގައި އޮންނަ މުބާރާތުގެ ގުރު ނެގުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ވާހަކަ ދައްކަމުންނެވެ. މުބާރާތުގައި ޖަރުމަނު އޮތީ ގުރޫޕް އޭގަ އެވެ. ޖަރުމަނާއެކު އެ ގުރޫޕުގައި ދެން ހިމެނުނީ ސޮކޮޓްލެންޑް، ހަންގޭރީ އަދި ސްވިޒަލެންޑް އެވެ.

ނާގަލްސްމަން ބުނީ، ޖަރުމަނު ހިމެނުނީ ރަނގަޅު ގުރޫޕެއްގައި ކަމަށެވެ. ނަމަވެސް، އެއީ މުބާާރާތުގެ "ގުރޫޕް އޮފް ޑެތު" ނޫން ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ، ޖަރުމަނަށް ގުރޫޕް ސްޓޭޖުގައި ވެސް ރަނގަޅު މެޗުތަކެއް ކުޅެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. ޚާއްސަކޮށް ޖަރުމަނާއެކު ދެން އޮތް ތިން ޓީމަކީ ވެސް ވަރަށް މޮޅު ކުޅުމެއް ދެއްކި ތިން ޓީމު ކަމަށާއި، އެ ޓީމުތަކަށް ވެސް ސަމާލުކަން ދޭން ޖެހޭނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ޚާއްސަކޮށް ކޮލިފިކޭޝަންގައި ސްވިޒަލެންޑު އަދި ސްކޮޓްލެންޑުން ވަނީ ހީވެސް ނުކުރާ ކަހަލަ ޓީމުތައް ފަހަތަށް ޖައްސާލާފައި ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ނާގަލްސްމަން ބުނީ، ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރާނީ މުބާރާތަށް އެންމެ އިސްކަމެއް ދީގެން ކަމަށެވެ. ދާދި ފަހުން ޖަރުމަނުން ކުޅުނު އެކުވެރި ކަމުގެ މެޗުތަކުގެ ނަތީޖާތައް ނިކުތީ އެންމެ ބޭނުންވި ގޮތަށް ނޫން ކަމަށާއި، އެހެން ނަމަވެސް ގޯސްތައް ރަނގަޅުކޮށް ނަތީޖާ އަނބުރާލެވޭނެ ކަމަށް އޭނާ ޤަބޫލު ކުރެ އެވެ. ޖަރުމަނުގައި މިހާރު އޮތް ސްކޮޑާއެކު، އަމިއްލަ ޤައުމުގައި އަންނަ އަހަރު އޮންނަ މުބާރާތް ކާމިޔާބު ކުރެވޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ނަމަވެސް، މުބާރާތަށް އަމާޒުތައް ކަނޑައަޅާނީ ފަހަރަކު މަރުޙަލާ އަކުން ކަމަށް އޭނާ ބުންޏެވެ.

ޖަރުމަނުގެ ކޯޗުކަމާ ނާގަލްސްމަން ހަވާލުވީ، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް، އޭނާ އާއެކު ވެސް އެ ޓީމުގެ ނަތީޖާތައް މިހާތަނަށް ދަށްވެފައިވާތީ، ނާގަލްސްމަން އަށް ފާޑު ކިޔުންތައް އަމާޒުވެ އެވެ.

ޔޫރޯ 2024 (ޖަރުމަނު)ޖަރުމަނުގެ ގައުމީ ޓީމުހޫލިއަން ނާގަލްސްމަން

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2024

ޖަރުމަނަށް ގިނަ ކަންތައްތަކެއް ހާސިލު ކުރެވިއްޖެ: ނާގަލްސްމަން

14 އޮކްޓޯބަރު 2024
ޖަރުމަނަށް ގިނަ ކަންތައްތަކެއް ހާސިލު ކުރެވިއްޖެ: ނާގަލްސްމަން
13 އޮކްޓޯބަރު 2024

ނާގަލްސްމަން ޤަބޫލު ކުރާ ގޮތުގައި ޖަރުމަނަށް ފަރަގު ބޮޑުކޮށް މޮޅު ވެވޭނެ

13 އޮކްޓޯބަރު 2024
ނާގަލްސްމަން ޤަބޫލު ކުރާ ގޮތުގައި ޖަރުމަނަށް ފަރަގު ބޮޑުކޮށް މޮޅު ވެވޭނެ
08 ޖުލައި 2024

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024
ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!
08 ޖުލައި 2024

އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

08 ޖުލައި 2024
އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން
08 ޖުލައި 2024

މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

08 ޖުލައި 2024
މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު