Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ގްރަނާޑާ ބަލިކޮށް ރެއާލް އެއް ވަނައިގައި

3 ޑިސެމްބަރު 2023 | އާދީއްތަ 06:53

މޮޅާއެކު ރެއާލް އެއް ވަނައިގައި އޮތީ ލަނޑުގެ ތަފާތުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ޑިސެމްބަރު 2023 | އާދީއްތަ 06:53
ރެއާލުން ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ޑިއާޒް އުފާ ފާޅުކުރަނީ

ރެއާލުން ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ޑިއާޒް އުފާ ފާޅުކުރަނީ

ސްޕެނިޝް ލީގުގައި ގްރަނާޑާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ރެއާލް މެޑްރިޑު ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ރެއާލްގެ އަމިއްލަ ދަނޑު ސަންޓިއާގޯ ބާނަބެއުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗަށް ކުރިމަތިލީއިރު، މިވަގުތު ރެއާލްގައި އަނިޔާގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ތިބި އެ ޓީމުގެ ކުޅުންތެރިންނަކީ، ލޫކާ މޮޑްރިޗް، އެޑުއާޑޯ ކަމަވިންގާ، ވިނީޝިއުސް ޖޫނިއާ، އައުރެލިއަން ޗުއަމިނީ، އެޑާ މިލިޓާއޯ އަދި އެއް ނަންބަރު ގޯލު ކީޕަރު ތިބައޫ ކޯޓުއާ އެވެ. މި ކުޅުންތެރިން ނެތް ނަމަވެސް ރެއާލް އިން އަންނަނީ ރަނގަޅަށް ކުޅެމުންނެވެ.

މެޗުގައި ރެއާލުން ލީޑު ނެގީ 26 ވަނަ މިނެޓުގަ އެވެ. ޓޯނީ ކްރޫސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ ބްރަހިމް ޑިއާޒް އެވެ. ދެ ވަނަ ހާފުގައި ރެއާލްގެ ދެ ވަނަ ލަނޑު ޖެހީ ރޮޑްރީގޯ އެވެ. މިއީ މި ސީޒަންގައި މޮޅަށް ކުޅެމުން އަންނަ ރޮޑްރީގޯ ޖެހި ނުވަ ވަނަ ލަނޑެވެ. އޭގެ ތެރެއިން ފަސް ލަނޑަކީ ސްޕެނިޝް ލީގުގައި އޭނާ ޖެހި ލަނޑެވެ.

މި މޮޅާއެކު ރެއާލް އެއް ވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. މިހާތަނަށް ކުޅުނު 15 މެޗުން އެ ޓީމަށް ލިބެނީ 38 ޕޮއިންޓެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް ޖިރޯނާ އަށް ވެސް ލިބެނީ 38 ޕޮއިންޓެވެ. ތިން ވަނައިގައި އެތުލެޓިކޯ މެޑްރިޑު އޮތްއިރު، ބާސެލޯނާ އޮތީ ހަތަރު ވަނައިގަ އެވެ. މި ދެ ޓީމުގެ ދެމެދުގައި ވެސް އޮތީ ލަނޑުގެ ތަފާތެވެ.

ސްޕެނިޝް ލީގުރެއާލް މެޑްރިޑް

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް