Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދަ ޑިމޮކްރެޓްސް

ނަތީޖާ އިއުލާން ނުކޮށްގެން ޑިމޮކްރެޓްސްގެ މެންބަރުންގެ ނުރުހުން

ވޯޓުލުން ކުރިއަށްދިޔައީ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އާ ހަމައަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 3 ޑިސެމްބަރު 2023 | އާދީއްތަ 00:24
ޑިމޮކްރެޓްސްގެ ރައީސް ކަމަށް ވާދަކުރެއްވި ދެ ބޭފުޅުން

ޑިމޮކްރެޓްސްގެ ރައީސް ކަމަށް ވާދަކުރެއްވި ދެ ބޭފުޅުން

ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާ އިއުލާންކުރުން ލަސްވުމާ ގުޅިގެން އެ ޕާޓީގެ މެންބަރުން ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

ޑިމޮކްރެޓްސް އުފެއްދިފަހުން ބާއްވާ ފުރަތަމަ އެތެރޭގެ އިންތިޚާބު ބޭއްވީ ހޮނިހިރު ދުވަހުއެވެ. އެ އިންތިޚާބުގެ ވޯޓުލުން ރާއްޖޭގެ އެކި ހިސާބުތަކުގައި ހަވީރު 4:00 އާ ހަމައަށް ކުރިއަށްދިޔައެވެ.

Advertisement - newsAdvertisement

މި އިންތިޚާބުގެ ވޯޓުލުން ނިމުމަށްފަހު ވޯޓު ގުުނުމުގެ ކަންކަން ކުރިއަށްދަނިކޮށް ހޮނިހިރު ދުވަހުގެ ރޭ އެ ޕާޓީގެ އޮފިޝަލް އެކްސް ހޭންޑަލުން ވަނީ ވަގުތީ ނަތީޖާ އިއުލާން ކުރެވޭނީ އާދީއްތަ ދުވަހުގެ ވަގުތެއްގައި ކަމަށް ބުނެފައެވެ. އެއާއެކު އެ ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުންގެ ނުރުހުން ވަނީ ޕާޓީގެ އިންތިޚާބުގެ ކަންކަމުގައި އުޅޭ ފަރާތްތަކަށް އަމާޒުވެފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓުގެ ވަގުތީ ނަތީޖާ އެރެއިން އެރެއަށް ލިބުނުއިރު ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއްގެ ވަގުތީ ނަތީޖާ ލަސްވެގެން ނުވާނެ ކަމަށް އެޕާޓީގެ ގިނަ މެންބަރުންތަކެއް ވަނީ ބުނެފައެވެ.

އެ ޕާޓީގެ ބައެއް މެންބަރުން ތުހުމަތު ކުރާ ގޮތުގައި އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުން ލަސް ކުރަނީ ގަސްތުގައެވެ. އެއީ އެ އިންތިޚާބުގައި ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވާ ދެ ބޭފުޅުންގެ ތެރެއިން ވަކި ބޭފުޅަކަށް މަގާމު ދިނުމަށް އިންތިޚާބު އޮޅުވާލުމަށް ކުރާ ކަމެއް ކަމަށް ވެސް ވަނީ ތުހުމަތު ކޮށްފައެވެ.

ޑިމޮކްރެޓްސްގެ ރައީސްގެ މަގާމަށް ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު އާއި އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރުއެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ އާދީއްތަ ދުވަހުގެ ވަގުތެއްގައި އިއުލާން ކުރާނެ ކަމަށް ޑިމޮކްރެޓްސް އިން ބުނެފައިވަނިކޮށް ހަސަން ލަތީފު ވަނީ ހޮނިހިރު ދުވަހުގެ ރޭ އޭނާއަށް އިންތިޚާބު ކާމިޔާބުވެވަޑައިގެންފައިވާކަން އިއުލާން ކުރައްވާފައެވެ. އެގޮތުން އެކްސްގައި އޭނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޯޓު ފޮށިތަކުގެ ނަތީޖާ ޝީޓުތަކުން ދައްކަނީ ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ވެއްޖެކަން ކަމަށެވެ.

ހަސަން ލަތީފު މިގޮތަށް ޕޯސްޓުކުރައްވާފައި ވަނިކޮށް އަމްރު ވަނީ އޭނާ ކާމިޔާބު އިއުލާން ނުކުރައްވަން ހުންނެވީ ވަގުތީ ނަތީޖާ ނުލިބޭތީ ކަމަށް ވިދާޅުވެ އެކްސްގައި ޕޯސްޓް ކުރައްވާފައެވެ.

ޑިމޮކްރެކްޓްސްގެ އިންތިޚާބުގައި ވޯޓު ލާފައި ވަނީ ރައީސް، ނައިބް ރައީސް (އާންމު)، ނައިބް ރައީސް (އަންހެން)، ނައިބް ރައީސް (ޒުވާން)، ވިމެން ޑިމޮކްރެޓްސް ލީޑަރު، ވިމެން ޑިމޮކްރެޓްސް ޑެޕިއުޓީ ލީޑަރު، ޔަންގް ޑިމޮކްރެކްޓްސް ލީޑަރު އަދި ޔަންގް ޑިމޮކްރެޓްސް ޑެޕިއުޓީ ލީޑަރަށެވެ.

ދަ ޑިމޮކްރެޓްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޑިމޮކްރެޓްސްގެ މެމްބަރުން އައުމުން އެމްޑީޕީ ވާނީ ވަރުގަދަ، މާޒީ އަށް ނުބަލާ ދާންވީ އެކުގައި ކުރިއަށް - ރައީސް ޞާލިހު

ޑިމޮކްރެޓްސްގެ މެމްބަރުން އައުމުން އެމްޑީޕީ ވާނީ ވަރުގަދަ، މާޒީ އަށް ނުބަލާ ދާންވީ އެކުގައި ކުރިއަށް - ރައީސް ޞާލިހު

26 ޖޫން 2025
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

24 ޖޫން 2025
ސުލްހަވެރި އެއްވުމުގެ ތެރެއިން ހައްޔަރުކުރި ފަރާތްތައް ވަގުތުން މިނިވަންކުރުމަށް ދަ ޑިމޮކްރެޓްސް އިން ގޮވާލައިފި

ސުލްހަވެރި އެއްވުމުގެ ތެރެއިން ހައްޔަރުކުރި ފަރާތްތައް ވަގުތުން މިނިވަންކުރުމަށް ދަ ޑިމޮކްރެޓްސް އިން ގޮވާލައިފި

01 މެއި 2025
ސުޕްރީމް ކޯޓަށް އަމާޒު ކޮށް ސަރުކާރުން މިހާރު އަމަލު ކުރަމުން ގެންދާ ގޮތް ދަ ޑިމޮކްރެޓްސް އިން ކުށްވެރި ކޮށްފި

ސުޕްރީމް ކޯޓަށް އަމާޒު ކޮށް ސަރުކާރުން މިހާރު އަމަލު ކުރަމުން ގެންދާ ގޮތް ދަ ޑިމޮކްރެޓްސް އިން ކުށްވެރި ކޮށްފި

26 ފެބުރުއަރީ 2025
ރައީސް މުއިއްޒު 24 ގަޑީއިރު ހުންނަވަނީ ޚިދުމަތުގައޭ ބުނާ ފަރާތްތަކަށް  ފިރުޝާންގެ ރައްދު: ނޫން، 24 ގަޑީއިރު ހުންނަވަނީ ވައްކަމެއް ކޮށްލެވޭތޯ، ދޮގެއް ހެދޭތޯ

ރައީސް މުއިއްޒު 24 ގަޑީއިރު ހުންނަވަނީ ޚިދުމަތުގައޭ ބުނާ ފަރާތްތަކަށް ފިރުޝާންގެ ރައްދު: ނޫން، 24 ގަޑީއިރު ހުންނަވަނީ ވައްކަމެއް ކޮށްލެވޭތޯ، ދޮގެއް ހެދޭތޯ

05 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު