Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަލް ޙިލާލް

ނޭމާ ނެތުމަކީ އަލް ޙިލާލަށް މާބޮޑު މައްސަލައެއް ނޫން!

އަލް ޙިލާލަށް ބަދަލުވެ، އެ ކުލަބަށް ފަސް މެޗު ކުޅެދިން ފަހުން ނޭމާ އަށް ވަނީ އަނިޔާވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ޑިސެމްބަރު 2023 | އާދީއްތަ 00:32
އަލް ހިލާލަށް ކުޅެމުން އަންނަ ނޭމާ ޖޫނިއާ

އަލް ހިލާލަށް ކުޅެމުން އަންނަ ނޭމާ ޖޫނިއާ

އަލް ޙިލާލަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ނޭމާ ޖޫނިއާ ނެތުމަކީ އެ ޓީމަށް މާބޮޑު މައްސަލައެއް ނޫން ކަމަށް ޖޯޖު ޖީސަސް ބުނެފި އެވެ.

އަލް ޙިލާލްގެ ކޯޗު ޖީސަސް މިހެން ބުނީ ސައުދީ ޕްރޯ ލީގުގައި ވާދަވެރި އަލް ނަސްރާ ދެކޮޅަށް ކުޅެ، މޮޅުވި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށްލުމަށްފަހު، ނޭމާ އަލް ޙިލާލަށް ބަދަލުވީ އޯގަސްޓު މަހު އެވެ. އަލް ޙިލާލަށް ބަދަލުވެ، އެ ކުލަބަށް ފަސް މެޗު ކުޅެދިން ފަހުން ނޭމާ އަށް ވަނީ އަނިޔާވެފަ އެވެ. އޭގެ ސަބަބުން އޭނާ ހުންނަން ޖެހެނީ ކުޅުމާ ދުރުގަ އެވެ.

ޖީސަސް ބުނީ، މިހާތަނަށް އައިއިރު އަލް ޙިލާލް އޮތީ ނޭމާއާ ނުލައި ކުޅެން އާދަވެފައި ކަމަށެވެ. އޭނާ ބުނީ، ނޭމާ ނެތް ނަމަވެސް އަލް ޙިލާލް އޮތީ މުޅި ޓީމު އެކައްޗެއްގެ ގޮތުގައި ވަރަށް ވަރުގަދަޔަށް ކަމަށެވެ. ނަމަވެސް އޭނާ ބުނީ އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، އަލް އަހްލީގެ ރިޔާދު މާރޭޒް ނުވަތަ އަލް އިއްތިހާދުގެ ކަރީމް ބެންޒެމާ ނެތް ނަމަ، އެ ކުލަބުތަކަށް ވާނީ ކިހިނެއްކަން ވެސް ނޭންގޭ ކަމަށެވެ. އިތުރަށް އޭނާ ބުނީ، އުންމީދަކީ ވީ އެންމެ އަވަހަކަށް ނޭމާ އަށް އަލުން އަނބުރާ ކުޅުމުގެ ތެރެއަށް އާދެވުން ކަމަށާއި، ކުރިއަށް ދާން ބޭނުންވަނީ ވެސް ނޭމާއާއެކު ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ ނޭމާ އަކީ ހުނަރުވެރި މޮޅު ކުޅުންތެރިޔެއް ކަމަށެވެ. އެހެންކަމުން ޓީމުގައި ނޭމާ ހުރުމަކީ، އަލް ޙިލާލް އިތުރަށް ވަރުގަދަ ވެގެން ދާނެ ސަބަބެއް ކަމަަށެވެ. އެހެންކަމުން ގިނަ ދުވަސްތަކަކަށް ނޭމާ ކުޅުމާ ދުރުގައި ހުންނަން ޖެހުމުގެ ސަބަބުން، އޭނާގެ ބަދަލަށް އެހެން ކުޅުންތެރިޔަކު ހޯދާނެ ކަމަށް ވެސް ޖީސަސް ބުންޏެވެ. އެހެންކަމުން، އައު ކުޅުންތެރިޔަކު ހޯދުމަށް ޖަނަވަރީ މަހު މަސައްކަތް ކުރާނެ ކަމުގައި އޭނާ ވަނީ ބުނެފަ އެވެ.

ސްޕެއިންގެ ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވި ފަހުން، ނޭމާ އަށް އަނިޔާގެ މައްސަލަތައް ވަނީ ބޮޑުވެފަ އެވެ. އެކަމުގެ ސަބަބުން ކުލަބުގައި ވެސް އަދި ޤައުމީ ޓީމުގައި ވެސް ނޭމާ އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކެ އެވެ.

އަލް ހިލާލްނޭމާޖޯޖު ޖީސަސް

ކޮމެންޓް

އިތުރަށް ކިޔާލަން

ނޫނޭޒް ހޯދުމުގައި އަލް ޙިލާލް އިން ލިވަޕޫލާ އެކު އެއްބަސްވުމަކަށް

ނޫނޭޒް ހޯދުމުގައި އަލް ޙިލާލް އިން ލިވަޕޫލާ އެކު އެއްބަސްވުމަކަށް

06 އޯގަސްޓު 2025
މެސީ ހޯދުމަށް އަލް ޙިލާލް އިން މަސައްކަތް ކުރަނީ

މެސީ ހޯދުމަށް އަލް ޙިލާލް އިން މަސައްކަތް ކުރަނީ

09 ޖުލައި 2025
އަލް ޙިލާާލް އަތް ދަށުގެ ސިޓީ ކަޓައިފި

އަލް ޙިލާާލް އަތް ދަށުގެ ސިޓީ ކަޓައިފި

01 ޖުލައި 2025
އޮބާމަޔަންގެ ދެ ލަނޑާ އެކު، ޤަދްޞިއްޔާ އިން އަލް ޙިލާލް ބަލިކޮށްފި

އޮބާމަޔަންގެ ދެ ލަނޑާ އެކު، ޤަދްޞިއްޔާ އިން އަލް ޙިލާލް ބަލިކޮށްފި

28 ޖެނުއަރީ 2025
ނޭމާ، ކުރީގެ ކުލަބުން ސަންޓޯސް އަށް ބަދަލު ވަނީ

ނޭމާ، ކުރީގެ ކުލަބުން ސަންޓޯސް އަށް ބަދަލު ވަނީ

28 ޖެނުއަރީ 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު