Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިން

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާ ގުޅޭ ގޮތުން އިންޑިއާގެ ނޫސްވެރިޔަކު ކުރި ސުވާލަށް ރައީސް ޖަވާބެއް ނުދެއްވި

2 ޑިސެމްބަރު 2023 | ހޮނިހިރު 01:49

ރައީސް ހިނިފުޅުވަޑުވާ ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ގާތް ގުޅުމެއް އޮންނަ ކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 ޑިސެމްބަރު 2023 | ހޮނިހިރު 01:49
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާ ބައްދަލުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާ ބައްދަލުކުރައްވަނީ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާ ގުޅޭ ގޮތުން އިންޑިއާގެ ނޫސްވެރިޔަކު، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއާ އަމާޒުކުރި ސުވާލަށް ރައީސް ޖަވާބެއް ނުދެއްވިއެވެ.

ޔޫއޭއީގައި މިހާރު ކުރިއަށްދާ ކޮޕް-28 ސަމިޓްގެ އިވެންޓަކަށްފަހު ރައީސް ހިންގަވާފައި ވަޑައިގަންނަވަނިކޮށް ރާއްޖޭގައި ތިބި އިންޑިޔާ ސިފައިންނާ ގުޅޭގޮތުން ސުވާލުކުރަނީ އިންޑިއާ ޓުޑޭގެ އެގްޒެކެޓިވް އެޑިޓަރު ގީތާ މޯހަންއެވެ. އިންޑިޔާ ޓުޑޭއިން އެކްސްގައި އާންމުކޮށްފައިވާ ވީޑިއޯއިން އިވޭ ގޮތުގައި އޭނާ ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަށް އިންޑިއާގެ ފަރާތުން ލިބޭނެ ކަމަށް ގަބޫލުކުރައްވާ އެއްބާރުލުމަކީ ކޮބައިތޯ އަހާފައެވެ. އެ ސުވާލަށް އެމަނިކުފާނު ޖަވާބެއް ނުދެއްވައެވެ. ނަމަވެސް ރާއްޖޭގެ ވަފުދުގެ މެމްބަރަކު ޖަވާބު ދޭ އަޑު އިވެއެވެ.

Advertisement - newsAdvertisement

އިންޑިއާއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާނެކަން އެ ނޫސްވެރިޔާއަށް ވަފުދުގެ ބޭފުޅަކު ޖަވާބު ދެ އެވެ. މިކަން ހިނގާފައިވަނީ އިންޑިޔާގެ ބޮޑުވަޒީރާއި ރައީސް ބައްދަލުކުރެއްވުމުގެ ކުރިންނެވެ.

ނޫސްވެރިޔާ ގެންދިޔައީ ތަކުރާރުކޮށް ރައީސް މުއިއްޒުއަށް އަމާޒުކޮށް ސުވާލު ކުރަމުންނެވެ. އެންމެފަހުން ރައީސް ހިނިފުޅުވަޑުވާފައި ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ގާތް ގުޅުމެއް އޮންނަ ކަމަށެވެ.

އޭގެފަހުން ރައީސް މުއިއްޒު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާ ބައްދަލުކުރައްވާފައިވާއިރު އެބައްދަލުކުރެއްވުމުގައިވެސް ރާއްޖޭގައި ތިބި އިންޑިޔާ ސިފައިންނާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަކަށް ރައީސް އޮފީހުން ހާމައެއްނުކުރެއެވެ. އެބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ މަތީ ފަންތީގެ ކޮމިޓީއެއް އެކުލަވާލުން ހިމެނޭހެން، ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުންކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެންމެ ފުރަތަމަ ދުވަހުވެސް އެކަން ކުރައްވާނެކަމަށް ކެމްޕެއިން ތެރޭގައި ތަކުރާރުކޮށް ވިދާޅުވަމުން ގެންދިއެވެ.

މި ސަރުކާރުން ހާމަކޮށްފައިވާ ގޮތުން ރާއްޖޭގައި ތިބީ އިންޑިއާގެ 77 ސިފައިންނެވެ. އޭގެކުރިން އެމްޑީޕީ ސަރުކާރުން ބުނެފައިވަނީ ރާއްޖޭގައި ތިބީ 75 އިންޑިޔާ ސިފައިންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުދިވެހި ރާއްޖެ-އިންޑިއާގެ ގުުޅުން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

28 ޖޫން 2025

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

28 ޖޫން 2025
ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު
20 މާރިޗު 2025

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

20 މާރިޗު 2025
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
26 ފެބުރުއަރީ 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

26 ފެބުރުއަރީ 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ
05 ފެބުރުއަރީ 2025

އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް

05 ފެބުރުއަރީ 2025
އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް
03 ފެބުރުއަރީ 2025

ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި

03 ފެބުރުއަރީ 2025
ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި
02 ފެބުރުއަރީ 2025

ރައީސް މުއިއްޒު އުޅުއްވަނީ މުޅި ގައުމު އަޅުވެތި ކުރުމުގެ މަސައްކަތުގައި: މާރިޔާ

02 ފެބުރުއަރީ 2025
ރައީސް މުއިއްޒު އުޅުއްވަނީ މުޅި ގައުމު އަޅުވެތި ކުރުމުގެ މަސައްކަތުގައި: މާރިޔާ
01 ފެބުރުއަރީ 2025

މި ސަރުކާރަށް ވަގުތުދޭ ކަމަށްވާނަމަ ރައްޔިތުން އިތުރަށް ބިކަވާނެ: ކުރީގެ ނައިބު ރައީސް ފައިސަލް

01 ފެބުރުއަރީ 2025
މި ސަރުކާރަށް ވަގުތުދޭ ކަމަށްވާނަމަ ރައްޔިތުން އިތުރަށް ބިކަވާނެ: ކުރީގެ ނައިބު ރައީސް ފައިސަލް
31 ޖެނުއަރީ 2025

ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަންނަން ޖެހޭ: ރައީސް މުއިއްޒު

31 ޖެނުއަރީ 2025
ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަންނަން ޖެހޭ: ރައީސް މުއިއްޒު
31 ޖެނުއަރީ 2025

ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ހުއްޓިފައިވާ މަޝްރޫތައް އަލުން ފެށުމަށް: ރައީސް މުއިއްޒު

31 ޖެނުއަރީ 2025
ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ހުއްޓިފައިވާ މަޝްރޫތައް އަލުން ފެށުމަށް: ރައީސް މުއިއްޒު
30 ޖެނުއަރީ 2025

ހޯރަފުށީ ރައްޔިތުންގެ އުންމީދުތަކުގައި އަމަލީ ސިފައެއްގައި ހަގީގީ ކުލަ މިއަހަރު ޖައްސައިދޭނަން: ރައީސް މުއިއްޒު

30 ޖެނުއަރީ 2025
ހޯރަފުށީ ރައްޔިތުންގެ އުންމީދުތަކުގައި އަމަލީ ސިފައެއްގައި ހަގީގީ ކުލަ މިއަހަރު ޖައްސައިދޭނަން: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް