Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޗް ލީގް

ސަޕޯޓަރުން ގައު އުކައިފި، ކޯޗު ވެސް ވަކިކޮށްފި

ސަޕޯޓަރުން ގައު އުކުމުން އޭނާ އަށް އަނިޔާވި

ރާއްޖެ އެމްވީ | 1 ޑިސެމްބަރު 2023 | ހުކުރު 06:33
ލިއޯންގެ ކޯޗުކަމުން ވަކިކުރި ފަބިއޯ ގްރޯސޯ

ލިއޯންގެ ކޯޗުކަމުން ވަކިކުރި ފަބިއޯ ގްރޯސޯ

ލިއޯންގެ ކޯޗުކަމާ ހަވާލުވިތާ އެންމެ ތިން މަސް ތެރޭގައި ކޯޗު ފަބިއޯ ގްރޮސޯ މަގާމުން ވަކިކޮށްފި އެވެ.

ލިއޯންގެ ކުރީގެ ކުޅުންތެރިޔާ މަގާމުން ވަކިކުރި އިރު ޓީމު އޮތީ ފްރާންސް ލީގު ޓޭބަލުގެ ފުލުގަ އެވެ. ސެޕްޓެމްބަރު މަހު ލިއޯންގެ ކޯޗުކަން ދިން ގްރޯސޯގެ އިރުޝާދުގެ ދަށުން އެ ޓީމަށް މެޗުތަކުން މޮޅެއްނުވެވުނެވެ. މިހާތަނަށް ކުޅުނު 12 މެޗުން އެންމެ މެޗަކުން މޮޅުވެ، ލިބިފައިވަނީ ހަތް ޕޮއިންޓެވެ.

ފްރެންޗް ލީގުގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދި ޓީމުގެ ކޯޗަށް ވަނީ ދާދި ފަހުން އަނިޔާވެސް ވެފަ އެވެ. އެއީ ލިއޯން ޓީމު ދަތުރުކުރި ބަހަށް ސަޕޯޓަރުން ގައު އުކުމުގެ ސަބަބުންނެވެ.

އިޓަލީ އަށް 2006ގެ ވޯލްޑްކަޕް ކާމިޔާބުކޮށްދިން ޑިފެންޑަރު ގްރޮސޯ އެއް އަހަރު ދުވަހަށް ކޯޗުކަމާ ހަވާލުވިއިރު އޭނާ އަކީ ކޯޗިންގައި މާބޮޑު ތަޖުރިބާއެއް ނެތް މީހެކެވެ. އޭނާ ކޯޗަކަށް ގެނައީ ފްރާންސްގެ ކުރީގެ ޑިފެންޑަރު ލޯރަން ބްލޮންކްގެ ކޯޗުކަމުގައި މާބޮޑު ކާމިޔާބީތަކެއް ހާސިލްނުކުރެވި ޓީމު އަޑިއަޅާލުމުންނެވެ.

ލިޔޯންފްރެންޗް ލީގު

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2024

ލެންސް ބަލިކޮށް، ޕީއެސްޖީ އަށް ހަ ޕޮއިންޓުގެ ލީޑެއް

03 ނޮވެމްބަރު 2024
ލެންސް ބަލިކޮށް، ޕީއެސްޖީ އަށް ހަ ޕޮއިންޓުގެ ލީޑެއް
28 އޮކްޓޯބަރު 2024

މާސޭ ބަލިކޮށް، ޕީއެސްޖީން މަގާމު ދަމަހައްޓައިފި

28 އޮކްޓޯބަރު 2024
މާސޭ ބަލިކޮށް، ޕީއެސްޖީން މަގާމު ދަމަހައްޓައިފި
22 ސެޕްޓެމްބަރު 2024

ރެއިމްސް ކައިރިން ޕީއެސްޖީ ސަލާމަތްކޮށްދިނީ ޑެމްބެލޭ

22 ސެޕްޓެމްބަރު 2024
ރެއިމްސް ކައިރިން ޕީއެސްޖީ ސަލާމަތްކޮށްދިނީ ޑެމްބެލޭ
13 މެއި 2024

އަމިއްލަ ދަނޑުގައި އެމްބާޕޭގެ ފަހު މެޗު، ޕީއެސްޖީ އަށް ބައްޔެއް

13 މެއި 2024
އަމިއްލަ ދަނޑުގައި އެމްބާޕޭގެ ފަހު މެޗު، ޕީއެސްޖީ އަށް ބައްޔެއް
29 އެޕްރީލު 2024

މޮނާކޯ ބަލިވުމުން، ލީގު ޗެމްޕިއަންކަން ޕީއެސްޖީ އަށް ކަށަވަރުވެއްޖެ

29 އެޕްރީލު 2024
މޮނާކޯ ބަލިވުމުން، ލީގު ޗެމްޕިއަންކަން ޕީއެސްޖީ އަށް ކަށަވަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު