Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުށިދިއްގަރުފަޅު ތަރައްޤީކުރުން

ފުށިދިއްގަރުފަޅު ހިއްކަނީ ފ. އަތޮޅު ވިއްކާލާ އެ އަތޮޅު ރައްޔިތުން ބަދަލުކުރަން

ފުށިދިއްގަރުފަޅު ތަރައްޤީކުރުމަކީ ފާފު އަތޮޅު ވިއްކާލުމުގެ ފެށުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 1 ޑިސެމްބަރު 2023 | ހުކުރު 09:16
ރައީސް ޔާމީންގެ ސަރުކާރުން ފ.އަތޮޅު ވިއްކާލުމަށް ރޭވި ރޭވުމާއި ދެކޮޅަށް އޭރު ކުރި މުޒާހަރާގެ ތެރެއިން

ރައީސް ޔާމީންގެ ސަރުކާރުން ފ.އަތޮޅު ވިއްކާލުމަށް ރޭވި ރޭވުމާއި ދެކޮޅަށް އޭރު ކުރި މުޒާހަރާގެ ތެރެއިން

ފުށިދިއްގަރުފަޅު ހިއްކަނީ ފ. އަތޮޅު ވިއްކާލާ އެ އަތޮޅު ރައްޔިތުން ބަދަލުކުރަން ކަމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޔައުގޫބު ވިދާޅުވީ އެ ޕްރޮޖެކްޓާއި މެދު ސުވާލު އުފެއްދޭއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފ. އަތޮޅު ވިއްކާލަން އުޅުއްވި ވާހަކައަކީ މަޝްހޫރު ވާހަކައެއް ކަމަށެވެ. އަދި އެއިރުގެ ވިސްނުމަކީ ހުޅުމާލެ ހިިއްކާފައި އެތަނަށް ފ. އަތޮޅުގެ ރައްޔިތުން ބަދަލުކުރުން ކަމަށެވެ.

Advertisement - newsAdvertisement

ޔައުގޫބް ވިދާޅުވީ އަނެއްކާ ވެސް ފ. އަތޮޅު ވިއްކާލާފައި ފުށިދިއްގަރުފަޅަށް ފ. އަތޮޅުގެ ހުރިހާ ރައްޔިތުން ބަދަލުކުރަން މި ސަރުކާރުން ރާވަމުންދާ ކަމަށެވެ. އަދި ފުށިދިއްގަަރުފަޅު ތަރައްޤީ ކުރުމަކީ އެކަމުގެ ފެށުން ކަމަށާއި، އެ ވާހަކަ އެހާ ފަލަކޮށް ރައީސުލްޖުމްހޫރިއްޔާ އަދި ބައެއް ވަޒީރުން ވެސް ދައްކަވަނީ އެހެންވެގެން ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށާއި، ދިވެހި ރައްޔިތުން ވެސް އެކަމާއި ކަންބޮޑުވާ ކަމަށެވެ. ނަމަވެސް ސަރުކާރު ބަދަލުވުމަކީ އެ މަސައްކަތް އަނެއްކާވެސް ކުރިއަށް ގެންދަންޖެހޭ ސަބަބެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

މެންބަރު ޔައުގޫބް ވިދާޅުވީ ފުށިދިއްގަރުފަޅު ތަރައްޤީ ކުރުމުގެ މަޝްރުއަކީ ގޮތް ނޭނގޭ މަޝްރޫއެއް ކަމަށާއި، ފުށިދިއްގަރުފަޅު ހިއްކާ ތަރައްގީކުރަން ދައުލަތުން ލޯ ލާރިއެއް ވެސް ހަރަދު ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ކަމަށެވެ. ނަމަވެސް ދައުލަތުގެ ބަޖެޓުގައި ފުށިދިއްގަރުފަޅަށް 400 މިލިއަން ރުފިޔާ ހަރަދުކުރަން ހިމަނާފައިވަނީ ކީއްކުރަންތޯ މެންބަރު ޔައުގޫބް ވަނީ ސުވާލު އުފައްދަވާފައެވެ.

ޔައުގޫބް ވިދާޅުވީ 400 މިލިއަން ރުފިޔާއިން ފުށިދިއްގަރުފަޅު ނުހިއްކޭނެ ކަމަށާއި، އެ ކުރައްވަން އުޅުއްވާ ކަމަކާއި މެދު ވިސްނާލަންޖެހޭ ކަމަށެވެ. ދައުލަތުގެ އެއްވެސް ފައިސާއަކުން ފުށިދިއްގަރުފަޅު ހިއްކަން ނުޖެހޭނެކަމަށް ވިދާޅުވުމަށްފަހުގައި އެތަން ހިއްކަން 400 މިލިއަން ރުފިޔާ ބަޖެޓުގައި ހިމެނުމަކީ ސުވާލު އުފެއްދޭ ކަމެއް ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

ޔައުގޫބް ވިދާޅުވީ ސަރުކާރުން ކުރަން އެ އުޅޭ ކަމަކީ، 400 މިލިއަން ރުފިޔާގެ ނަމުގައި އެތަން ބަޔަކަށް ދީގެން އެ ފައިސާ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ހަރަދުކުރުން ކަމަށެވެ. އަދި އެއީ ކަންބޮޑުވުމެއް ކަމަށް ވެސް ޔައުގޫބު ވިދާޅުވިއެވެ.

ޔައުގޫބް ވިދާޅުވީ ސަރުކާރު ޖަވާބުދާރީކުރާނަމަ، އެމްޑީޕީން އެ 400 މިލިއަން ރުފިޔާއާއި ދޭތެރޭގައި ވިސްނަން ޖެހޭ ކަމަށެވެ. އަދި އެއީ ބޭކާރު ގޮތުގައި ގެއްލިގެންދާ ފައިސާގެ ގޮތުގައި ނުވެ، ކުރީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ގެންދަންވެގެން ހިއްކަން ފަށާފައިވާ ތަންތަނުގައި އަސާސީ ހިދުމަތްތައް ގާއިމްކުރުން މުހިންމު ކަމަށެވެ.

ފ. އަތޮޅު ވިއްކާލުމުގެ މަސައްކަތް މީގެ ކުރިން، ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ކުރެއްވިއެވެ. ނަމަވެސް އެއިރު ސޭވް ފާފުގެ ނަމުގައި ކުރިއަށްގެންދިޔަ ކެމްޕޭނާއި އެކި ފަރާތްތަކުގެ ޕްރެޝަރާއެކު އެކަން ނުވިއެވެ. އެއިރުވެސް ފާފު އަތޮޅު ވިއްކާލުމަށް ޕީޕީއެމްގެ ސަރުކާރުން މަސައްކަތް ކުރީ ދުބާއީގެ މުއްސަންޖަކަށެވެ.

ފ. މަގޫދޫފ. ނިލަންދޫފ.ފީއަލިފ. ދަރަނބޫދޫފުށިދިއްގަރު ފަޅުދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ

ކޮމެންޓް

އިތުރަށް ކިޔާލަން

ފީއަލީގައި ކުރީ ސަރުކާރުން ހިއްކާފައި އޮތް 10 ހެކްޓަރުގެ ފަސްގަނޑު، ރިވެޓްމަންޓް ޖަހައި ނުލެވި ގިރަމުން ދަނީ

ފީއަލީގައި ކުރީ ސަރުކާރުން ހިއްކާފައި އޮތް 10 ހެކްޓަރުގެ ފަސްގަނޑު، ރިވެޓްމަންޓް ޖަހައި ނުލެވި ގިރަމުން ދަނީ

11 ޑިސެމްބަރު 2025
ފީއަލީގައި ކުރީ ސަރުކާރުން އަޅަން ފެށި ފެން ޕްލާންޓު، ވެރިކަން ބަދަލުވުމުން ބޯ ޖަންގައްޔަކަށް

ފީއަލީގައި ކުރީ ސަރުކާރުން އަޅަން ފެށި ފެން ޕްލާންޓު، ވެރިކަން ބަދަލުވުމުން ބޯ ޖަންގައްޔަކަށް

11 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ބިންގާ އެޅުއްވި ފީއަލީ ޕޮލިސް ސްޓޭޝަން، ތަނބުތައް ކޮޅަށް ޖެހުނު ގޮތަށް ހުއްޓިފައި

ރައީސް މުޢިއްޒު ބިންގާ އެޅުއްވި ފީއަލީ ޕޮލިސް ސްޓޭޝަން، ތަނބުތައް ކޮޅަށް ޖެހުނު ގޮތަށް ހުއްޓިފައި

10 ޑިސެމްބަރު 2025
ފީއަލީ ގައި އިމާރާތް ކުރާ ސައިންސް ލެބުގެ މަސައްކަތް ހުއްޓި، ކަރާ ހައްދަން ފަށައިފި

ފީއަލީ ގައި އިމާރާތް ކުރާ ސައިންސް ލެބުގެ މަސައްކަތް ހުއްޓި، ކަރާ ހައްދަން ފަށައިފި

10 ޑިސެމްބަރު 2025
ފީއަލީ ޞިއްޙީ މަރުކަޒު, ވެރިކަން ބަދަލުވީ ފަހުން މަސައްކަތް ހުއްޓުނު ގޮތަށް އަދިވެސް ހުއްޓިފައި

ފީއަލީ ޞިއްޙީ މަރުކަޒު, ވެރިކަން ބަދަލުވީ ފަހުން މަސައްކަތް ހުއްޓުނު ގޮތަށް އަދިވެސް ހުއްޓިފައި

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު