Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ސިޔާސީ ހައިޖާނުގަނޑާއެކު މަތިބަރު ސަރުކާރަކާ ދިމާލަށް

މިނިސްޓަރުންގެ ނައިބުންގެ ގޮތުގައި އެކި ވުޒާރާތަކަށް 61 ބޭފުޅަކު އައްޔަނުކުރައްވައިފި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 2 ޑިސެމްބަރު 2023 | ހޮނިހިރު 03:13
ކުރީގެ ރައީސް ޔާމީނާއި ރައީސް ޑރ. މުއިއްޒު

ކުރީގެ ރައީސް ޔާމީނާއި ރައީސް ޑރ. މުއިއްޒު

އަލަށް އުފެދިފައިވާ ޕީޕީއެމް/ޕީއެންސީގެ ސަރުކާރަށް ދެ ހަފްތާ ވެގެންދިޔައިރު މިވަނީ ސިޔާސީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. ޕީޕީއެމްގެ ކުރީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޮޑު ފޮޓޯފުޅު ބޭނުންކުރައްވައިގެން ވެރިކަމަށް ޑރ މުހައްމަދު މުއިއްޒު ވަޑައިގެންނެވިއިރު ވެރިކަމުގެ ހުވާކުރެއްވިތާ ހަފްތާއެއްވީ ތަނާއި ޔާމީން މިވަނީ ޕީޕީއެމް/ޕީއެންސީ އާ ދުރަށް ޖެހިވަޑައިގަންނަވާފައެވެ. ޔާމީން ޕީޕީއެމް/ޕީއެންސީ އާ ދުރަށް ޖެހިވަޑައިގެން އަމިއްލަ ޕާޓީއެއް އުފައްދަވާނެކަން ހާމަކުރެއްވިއިރު ހުރިހާ މަގާމުތަކަށް އަދި މީހުން އައްޔަނުކޮށް ސަރުކާރު ރަނގަޅަށް ހިނގައިގަންނަންވެސް ނުފަށައެވެ. ޔާމީން އައު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ހަލުވިކަމާއެކު އަންނަނީ ކުރައްވަމުންނެވެ. ހަފްތާއެއް ތެރޭ ޕީޕަލްސް ނޭޝަނަލް ފްރަންޓް(ޕީއެންއެފް)ގެ ނަމުގައި އައު ޕާޓީއެއް އުފެއްދުމުގެ ހުއްދަ ހޯދާ ޕާޓީއަށް މެމްބަރުން ހޯދަން ފަށައިފިއެވެ. ސުވާލަކީ ރައީސް ޔާމީންގެ ޕާޓީއާ ގުޅޭނީ ކޮންބަޔެއްތޯއެވެ. ޖަވާބަކީ ޔާމީނަށް ސަޕޯޓްކުރާ މީހުންނެވެ. އެމީހުން ތިބީ ކޮންތާކު ހެއްޔެވެ؟ ޖަވާބަކީ ޕީޕީއެމް/ޕީއެންސީ ގައެވެ.

ޔާމީން މަސައްކަތްކުރައްވާނީ ވީހާވެސް ގިނަ ޕީޕީއެމް/ޕީއެންސީ ސަޕޯޓަރުން އެމަނިކުފާނު އަލަށް އުފައްދަވާ ޕާޓީއާ ގުޅުމަށެވެ. ރައީސް މުއިއްޒު މަސައްކަތްކުރައްވާނީ ވީހާވެސް ގިނަ މެމްބަރުން ޕާޓީގައި ބޭތިއްބުމަށެވެ. އެކަން ކުރާނީ ކޮން ގޮތަކަށް ހެއްޔެވެ؟ ދެ ބޭފުޅުންނަށްވެސް ސަޕޯޓަރުން ވަރަށް މުހިންމެވެ. ކުރިޔަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެވެ. އެއިންތިޚާބުން ގިނަ ގޮނޑި ތަކެއް ކާމިޔާބުކުރުމަކީ ރައީސް މުއިއްޒަށް ސަރުކާރު ހިންގުމަށް ވަރަށް މުހިންމު ކަމެކެވެ. އަނެއްކޮޅުން ޔާމީންގެ ސިޔާސީ ކުރިމަގަށްވެސް ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ވަރަށް މުހިންމެވެ. ވީހާވެސް ގިނަ ގޮނޑި ކާމިޔާބުކުރުމަކީ ދެ ބޭފުޅުންނަށްވެސް މުހިންމު ކަމެކެވެ.

މިހުރިހާ ކަމެއް ހިނގަމުން މިދަނީ ސަރުކާރު އެކުލަވާލުމުގެ މަސައްކަތްކުރަމުންދާ ދަނޑިވަޅުގައެވެ. ސަރުކާރު ގެންނަން މަސައްކަތްކުރި އަދި ސަރުކާރަށް ތާއީދުކުރާ ބަޔަކު އެންމެ ފަސޭހައިން ސަރުކާރަށް ތާއީދުކުރުން މަތީ ބޭތިއްބޭނީ ސަރުކާރު ތެރެއިން ކޮންމެސް މަގާމެއް ދިނީމައެވެ. މަގާމެއް ނުވަތަ ކޮންމެސް ފައިދާއެއް ނުވާހާ ހިނދަކު އެމީހުން ކުސްތަޅާނެއެވެ. އެފަދަ ފައިދާއެއް ނުލިބޭ މީހާ ވަރަށް ފަސޭހައިން އެހެން ދިމާލަކަށް ދާނެއެވެ. އެމަގު އޮތީ ނިކަން ސާފުކޮށް ފެންނާށެވެ.

ވެރިކަމާ ހަވާލުވުމުގެ ކުރިން ރައީސް ޑރ. މުއިއްޒުގެ ފަރާތްޕުޅުން އިންތިގާލީ މަރުހަލާގެ ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވެފައި ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރަން ނިންމާފައިވާ ކަމަށެވެ. "މި އަދަދު ނިންމާފައި މިވަނީ ސަރުކާރުގެ ވުޒާރާތަކާއި ރައީސް އޮފީހާއި ރައީސްގެ ގެކޮޅާއި ނައިބު ރައީސްގެ ގެކޮޅުގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނޭހެން،" ފިރުޒުލް އޮކްޓޫބަރު މަހު ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވެއެވެ. ސަރުކާރެއް ހިންގުމަށް ސިޔާސީ މަގާމުތަކަށް މީހުން ލުމަކީ މައްސަލައެއް ނޫނެވެ. އެވެރިޔަކަށް އިތުބާރު ކުރެވޭ ސިޔާސީ މީހުން މަގާމުތަކަށް ލާންވީއެވެ. ބޭނުން މަގާމަކަށް ލާންވީއެވެ. ނަމަވެސް އެކަމަށް ރައްޔިތުން ފާޑުކިޔަން ފަށަނީ ނުކަތާ ވަރަށް ސިޔާސީ މަގާމުތައް އުފައްދާ ސިޔާސީ މަގާމުތައް ބަހާލާތީއެވެ. ތަންތަން ހިންގުމަށް ގާބިލު މީހުން ނުލާތީއެވެ. ސަރުކާރަށް ދެ ހަފްތާވީއިރު ސިޔާސީ މަގާމުތަކުގެ އަދަދު 200އާ ގާތްކުރަނީއެވެ.

މިސަރުކާރުގައި 22 މިނިސްޓަރުން އެބަތިއްބެވިއެވެ. ރައީސް އޮފީހުގެ ވެބްސައިޓްގައި ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާލާއިރު މިނިސްޓަރުން ފެންވަރުގައި ރައީސް އޮފީހުގައި 13 ބޭފުޅަކު މިހާރު އެބަތިއްބެވިއެވެ. ދެ އެޑްވައިޒަރުން އެބަތިއްބެވިއެވެ. 4 ވުޒާރާއެއްގައި މިނިސްޓަރުން ފެންވަރުގެ 4 ބޭފުޅުން އެބަތިއްބެވިއެވެ. މިނިސްޓަރުންގެ ނައިބުންގެ ފެންބަރުގައި ރައީސް އޮފީހުގައި 7 ބޭފުޅުން އެބަތިއްބެވިއެވެ. މިނިސްޓަރުންގެ ނައިބުންގެ ގޮތުގައި އެކި ވުޒާރާތަކަށް 61 ބޭފުޅަކު އައްޔަނުކުރައްވައިފިއެވެ. ސްޓޭޓް މިނިސްޓަރުން ފެންވަރުގައި ރައީސް އޮފީހުގައި 5 ބޭފުޅަކު އެބަތިއްބެވިއެވެ. އެކި ވުޒާރާތަކުގައި 44 ބޭފުޅަކު ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި އެބަތިއްބެވިއެވެ. މިއީ ދެހަފްތާވީއިރު އަދަދުތައް ހުރި ގޮތެވެ. މީގެއިތުރުން ސަރުކާރު ހިއްސާވާ 20 ކުންފުންޏަކަށް މެނޭޖިންގ ޑިރެކްޓަރުން ވަނީ އައްޔަނުކުރައްވާފައެވެ. ފަތުއަޑުކިޔާފައި މިހާ އަވަހަށް ސިޔާސީ މަގާމުތަކަށް ގިނަ އަދަދެއްގެ ބަޔަކު އައްޔަނުކުރާ ސަބަބަކީ ކޮބައިހެއްޔެވެ؟

ޖަވާބު ވަރަށް ސާފެވެ. ކުރިންވެސް ބުނިހެން ވީހާވެސް ގިނަ ޕީޕީއެމް/ޕީއެންސީ ސަޕޯޓަރުން ސަރުކާރު ފަޅީގައި ބޭތިއްބުމަކީ ރައީސަށް ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން ސިޔާސީ މަގާމުތައް ގިނަނުކުރާނެކަމަށް ކުރިން ބުނިނަމަވެސް މިހާރު މަންޒަރު ފެންނަ ގޮތުން މިއަދަދު އަދިވެސް ދާނީ އިތުރުވަމުންނެވެ. ރާއްޖޭގެ އިގްތިޞާދު ކިތަންމެ ބޮޑަށް އަޑިއަޅާލާފައި އޮތްނަމަވެސް މިވަގުތަށް ރައީސަށް މުހިންމީ ވީހާވެސް ގިނަ އަދި ސިޔާސީ ގޮތުން "މުހިންމު" މީހުންނަށް ކޮންމެސް މަގާމެއް ދީގެން އެމީހުންގެ ތާއީދު ދެމެހެއްޓުމެވެ. އެމީހުން ޔާމީން ފަޅިއަށް ނުދާނެ ގޮތްތަކެއް ރައީސް މުއިއްޒަށް ވަނީ ހޯދަން ޖެހިފައެވެ. އެގޮތަކީ ސަރުކާރުގެ ތެރެއިން ވަޒީފާތައް ދިނުމެވެ. ނެތް މަގާމުތައް އުފައްދައިގެންވިއަސް، އެއް މަގާމަކަށް އެތައް ބަޔަކު ލައިގެން ކަމުގައިވީނަމަވެސް އެވެ. އިގްތިޞާދު ހަމައަކަށް އަޅުވާނީ ފަހުންނެވެ.

ރައީސް އޮފީސްރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

28 ޖޫން 2025
އަސްކަރީ އެއްބަސްވުންތައް ހާމަކުރަން ޖެހޭނެ ކަމަށް ވަކާލާތު ކުރައްވަމުން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު، އަސްކަރީ އެއްބަސްވުންތައް ހާމަ ކުރެވެން ނެތް ކަމަށް އެއްބަސްވެވަޑައިގެންފި

އަސްކަރީ އެއްބަސްވުންތައް ހާމަކުރަން ޖެހޭނެ ކަމަށް ވަކާލާތު ކުރައްވަމުން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު، އަސްކަރީ އެއްބަސްވުންތައް ހާމަ ކުރެވެން ނެތް ކަމަށް އެއްބަސްވެވަޑައިގެންފި

03 މެއި 2025
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

20 މާރިޗު 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

26 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު