Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

މައިގަނޑު ސަސްޕެކްޓަކީ ބައްސާމް، ދައުވާ ކުރެވޭނެ ހެކި އެބަހުރި: ޕީޖީ ޝަމީމް

ޝަމީމް ވިދާޅުވީ ކުރިއަށް އޮތް ހަފްތާ ނުވަތަ ދެ ހަފްތާއެއްގެ ތެރޭގައި ޝަރީއަތަށް މައްސަލަ ފޮނުވޭ ވަރަށް ހެކި ހޯދިދާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ނޮވެމްބަރު 2023 | ބުރާސްފަތި 09:39
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އެ އިދާރާގެ އެހެނިހެން އިސްވެރިންނާ ދެކޮޅަށް ދައުވާކުރެވޭ ވަރަށް ހެކި ލިބޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ޙުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ ޝަމީމް މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. ޝަމީމް ވިދާޅުވީ އެ މައްސަލައިގައި އެ އޮފީހަށް ވަރަށް ގިނަ މައުލޫމާތު ލިބިފައިވާ ކަމަށެވެ. މިހާތަނަށް އައިއިރު، ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވެސް ލިބޭ މައުލޫމާތާއެކު، ތަހުގީގު އިތުރަށް ކުރިއަށް ދާ ކަމަށް ވިދާޅުވި އެވެ. ޝަމީމް ވިދާޅުވީ ކުރިއަށް އޮތް ހަފްތާ ނުވަތަ ދެ ހަފްތާއެއްގެ ތެރޭގައި ޝަރީއަތަށް މައްސަލަ ފޮނުވޭ ވަރަށް ހެކި ހޯދިދާނެ ކަމަށެވެ.

އެފްއޭއެމަށް ލިބޭ ފައިސާ އަށް އެ އިދާރާގެ އިސްވެރިން ޚިނާނާތްތެރިވާކަމަށް ކުރެވޭ ތުހުމަތު އެންމެ ބޮޑަށް ރައްދުވާ ފަރާތަކީ، އެފްއޭއެމްގެ ރައީސް ބައްސާމް ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ. އެގޮތުން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން އެފްއޭއެމަށް ފޮނުވާ ފައިސާ، ރާއްޖޭގެ ޤާނޫނާއި ޤަވާއިދުތަކާ ޚިލާފަށް އެކި ކަންކަމަށް ބޭނުން ކުރާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ޝަމީމް ވަނީ ވިދާޅުވެފަ އެވެ. އިތުރަށް ޝަމީމް ވިދާޅުވީ އިދާރާތަކަށް ލިބެމުން އަންނަ ފައިސާ ބޭނުން ކުރާނެ ގޮތުގެ ޤަވާއިދުތަކެއް ހަދާފައިވާ ކަމަށެވެ.

މީގެ އިތުރުން ޝަމީމް ވިދާޅުވީ އެފްއޭއެމްގެ މައްސަލައިގައި އިތުރަށް ބަލަން ޖެހޭ ކަންކަން ހުރި ކަމަށެވެ. ސަބަބަކީ ބައެއް ކަހަލަ ލިޔެކިޔުންތައް ބަލަހައްޓާފައި ހުރި، އާންމު ގޮތެއްގައި އިންސާނުން ލިޔުން ބަލަހައްޓާ ގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެތަކެތި ހޯދައި، އެއްކޮށް ނިއުޅުވައި ހަދަން ދަތިތަކެއް ހުންނާނެ ކަމަށް ވެސް ޝަމީމް ވަނީ ވިދާޅުވެފަ އެވެ. އެކަން އެއްކޮށް ބަލައި ކުރިއަށްދާން ވަގުތު ނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެފްއޭއެމާ ދެކޮޅަށް ކުރާ ތުހުމަތުގައި ދިވެހި ފުލުހުން ވަނީ އެ އިދާރާ އަށް ވަދެ ބަަލައި ފާސް ކުރުން ވެސް ކުރިއަށް ގެންގޮސްފަ އެވެ. އެއަށްފަހު ފުލުހުން ބުނީ، އެފްއޭއެމަށް ލިބެމުން އަންނަ ފައިސާއަށް އެ އިދާރާގެ އިސްވެރިން ޚިޔާނާތްތެރިވެފައިވާ ކަމުގެ ސާފު ހެކި ފެންނަން ހުރި ކަމަށެވެ. ނަމަވެސް އެފްއޭއެމާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ ތުހުމަތުތަކަށް، އެ އިދާރާއިން ވަނީ އިންކާރުކޮށްފަ އެވެ.

އެފްއޭއެމްގެ މާލީ މައްސަލަ ބޮޑުވެފައިވާއިރު، އެ އިދާރާ އަށް ލިބޭ ފައިސާއަށް އިސްވެރިން ޚިޔާނާތްތެރިވާކަމުގެ ތުހުމަތު މީގެ ކުރިން ވެސް ވަނީ ކޮށްފަ އެވެ. މާލީ ގޮތުން އެފްއޭއެމްގެ ވަނީ ބޮޑު އަނދަވަޅަކަށް ވެއްޓިފަ އެވެ. އެގޮތުން ތަންތަނުން ޚިދުމަތް ހޯދުމަށްފަހު، ދައްކަން ޖެހޭ ފައިސާ ވެސް އޮތީ ނުދައްކަ އެވެ. އެކަމާ ގުޅިގެން ޝަރުއީ މަރުހަލާގެ ތެރެއިން އެފްއޭއެމާ ދެކޮޅަށް ޙުކުމްތައް ވެސް އައިސްފައި އެބަހުއްޓެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ބައްސާމް އަދީލް ޖަލީލްޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
20 ނޮވެމްބަރު 2025

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި
16 ނޮވެމްބަރު 2025

ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

16 ނޮވެމްބަރު 2025
ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ
05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
30 އޮކްޓޯބަރު 2025

މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

30 އޮކްޓޯބަރު 2025
މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު