Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޕޯޓޯ މެޗަށް ކުރިމަތިލާއިރު، ޒަވީ އެދެނީ ކެތްތެރިވާން

28 ނޮވެމްބަރު 2023 | އަންގާރަ 00:44

މަސައްކަތް ކުރަން ޖެހޭ ކަމަށާއި، އެ ނޫން އެހެން ގޮތެއް ވެސް ނެތް ކަމަށް ޒަވީ ވަނީ ބުނެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ނޮވެމްބަރު 2023 | އަންގާރަ 00:44
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި އެފްސީ ޕޯޓޯއާ ދެކޮޅަށް ނިކުންނައިރު، ކުޅުންތެރިން ކެތްތެރިވާން ޖެހޭ ކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ޒަވީ މިހެން ބުނީ ޕޯޓޯ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ، މެޗުގައި ރަނގަޅު ކުޅުމެއް ދައްކައިފި ނަމަ، ބާސެލޯނާ އިން ބޭނުންވާ ނަތީޖާ ނިކުންނާނެކަން ޤަބޫލު ކުރަން ޖެހޭ ކަމަށެވެ. މިއީ ކެތްތެރިކަމުގެ ސުވާލެއް ކުރިމަތީގައި އޮތް ވަގުތެއްކަން ފާހަގަކޮށް ޒަވީ ބުނީ، ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ޖާގަ ހޯދުމުގެ ފުރުސަތު ބާސެލޯނާ އަށް އޮތް ކަމަށެވެ. އެހެންކަމުން ވިސްނުމަށް އަންނަ ބަދަލެއްގެ ސަބަބުން ބާސެލޯނާ ދެރަ ނުކުރެވޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އޭނާ ސިފަ ކުރި ގޮތުގައި ޕޯޓޯ މެޗަކީ ބާސެލޯނާ އަށް ފައިނަލެކެވެ. އެހެންކަމުން މަސައްކަތް ކުރަން ޖެހޭ ކަމަށާއި، އެ ނޫން އެހެން ގޮތެއް ވެސް ނެތް ކަމަށް ޒަވީ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޒަވީ ވަނީ އަނިޔާގެ ސަބަބުން އެންމެ ފަހު މެޗުގައި ނުކުޅެވުނު، އެއް ނަންބަރު ގޯލު ކީޕަރު ޓާ ސްޓެެގެންގެ ވާހަކަ ވެސް ދައްކައިފަ އެވެ. އޭނާ ބުނީ ޕޯޓޯ މެޗުގައި ސްޓެގެން ކުޅެން މަސައްކަތް ކުރާނެ ކަމަށާއި، ނަމަވެސް އެކަން ނިންމާނީ އަނިޔާ އަށް ބެލުމަށްފަހު، އެންމެ ފައިދާވާ ގޮތަށް ކަމަށް ވެސް ޒަވީ ބުންޏެވެ. ޒަވީ ބުނީ އަނިޔާވުމުގެ ސަބަބުން ސްޓެގެން ޓީމާއެކު ފަރިތަކުރުން ކުރިއަށް ނުގެންދާ ކަމަށާއި، ނަމަވެސް ފަރިތަކުރުންތަކަށް އޭނާ ހާޒިރުވާ ކަމަށެވެ. އެހެންކަމުން ޕޯޓޯ މެޗުގައި އޭނާ ލައްވާ ކުޅުވުމާމެދު ގޮތެއް ނިންމާނީ މެޗުގެ ކުރިން ބައެއް ކަންކަމަށް ބެލުމަށްފަހު ކަމަށް ޒަވީ ބުންޏެވެ.

ޕޯޓޯ މެޗަށް ކުރިމަތިލާއިރު، ގްރޫޕް އެޗުގެ އެއް ވަނައިގައި ބާސެލޯނާ އޮތީ ލަނޑުގެ ތަފާތުންނެވެ. މިހާތަނަށް ކުޅުނު ހަތަރު މެޗުން ބާސެލޯނާ އަދި ޕޯޓޯ އަށް ވެސް ލިބެނީ ނުވަ ޕޮއިންޓެވެ. އެހެންކަމުން އަންގާރަ ދުވަހުގެ ރޭ ކުޅޭ މެޗުން މޮޅުވާ ޓީމަކަށް، ގަދަ 16 ވަނަ ބުރުގެ ޖާގަ ކަށަވަރުވާނެ އެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2017

ފަލަސްތީން މެޗަށް އަންގާރަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަނީ!

15 މާރިޗު 2017
ފަލަސްތީން މެޗަށް އަންގާރަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަނީ!
11 މާރިޗު 2017

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު
10 މާރިޗު 2017

ދެ މެޗަށް ފަހު އީގަލްސް އަތުން ވިކްޓްރީއަށް ޕޮއިންޓެއް

10 މާރިޗު 2017
ދެ މެޗަށް ފަހު އީގަލްސް އަތުން ވިކްޓްރީއަށް ޕޮއިންޓެއް
07 މާރިޗު 2017

އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި

07 މާރިޗު 2017
އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި
04 މާރިޗު 2017

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
19 ފެބުރުއަރީ 2017

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ
16 ފެބުރުއަރީ 2017

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ
10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް