Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުދީ ޕްރޯ ލީގު

އަަލް އަހްލީ ސައުދީ އަދި އަލް ޝަބާބުގެ ކުރިމަތިލުން ހަމަހަމަ

ދެ ޓީމަށް ވެސް ވަނީ މެޗުގައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ނޮވެމްބަރު 2023 | ހޯމަ 00:25
އަލް އަހްލީ ސައުދީ އަދި އަލް ޝަބާބު ކުޅުނު މެޗުގެ ތެރެއިން

އަލް އަހްލީ ސައުދީ އަދި އަލް ޝަބާބު ކުޅުނު މެޗުގެ ތެރެއިން

ސައުދީ ޕްރޯ ލީގުގައި އަލް އަހްލީ ސައުދީ އާއި އަލް ޝަބާބު ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

މި ދެ ޓީމުގެ ކުރިމަތިލުން ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ. ނަމަވެސް، ދެ ޓީމަށް ވެސް ވަނީ މެޗުގައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިފަ އެވެ. މެޗު ފަށައިގެން ކުރީ ކޮޅު އަލް އަހްލީ ސައުދީގެ ރިޔާދު މާރޭޒް އަށް ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. އޭގެ ފަހުން އަލް ޝަބާބުގެ އޭރިޔާ ތެރެއިން ލިބުނު ބޯޅައެއް އެ ޓީމުގެ ގަބްރީ ވެއިގާ ފޮނުވާލިއިރު، އަލް ޝަބާބުގެ ގޯލް ކީޕަރު ވަނީ ކޯނަރަކަށް ބޯޅަ ބޭރުކޮށްލައިފަ އެވެ.

މެޗުގައި އަލް ޝަބާބުގެ ފެރެއިރާ ކަރަސްކޯ ފޮނުވާލި ބާރު ހަމަލާއެއް އަލް އަހްލީ ސައުދީގެ ގޯލް ކީޕަރު އެޑުއާޑް މެންޑީ ވަނީ މަތަަކޮށްފަ އެވެ. އޭގެ އިތުރުން އެ ޓީމުގެ ކާލޮސް ފޮނުވާލި ނުރައްކާތެރި ބޯޅަ ވެސް މެންޑީ މަތަކުރި އެވެ. ދެ ވަނަ ހާފުގައި ކާލޮސް ވަނީ ބާރު ހަމަލާއެއް ފޮނުވާލައިފަ އެވެ. ނަމަވެސް ގޯލާ އަމާޒު ނުވެ ބޯޅަ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުން ލިބުނު އެއް ޕޮއިންޓާއެކު އަލް އަހްލީ ސައުދީ އޮތީ ލީގު ތާވަލްގެ ތިން ވަނައިގަ އެވެ. އެއީ ލީގުގައި މިހާތަނަށް ކުޅުނު 14 މެޗުން 27 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން 16 ޕޮއިންޓާއެކު އަލް ޝަބާބު އޮތީ 11 ވަނައިގަ އެވެ.

އިތުރަށް ކިޔާލަން

03 ޖޫން 2017

ޑެނީ އަލްވޭޒް ހޯދުމަށް ޗެލްސީން މަސައްކަތް ފަށައިފި

03 ޖޫން 2017
ޑެނީ އަލްވޭޒް ހޯދުމަށް ޗެލްސީން މަސައްކަތް ފަށައިފި
30 މެއި 2017

އަގުއޭރޯ ސިޓީ ދޫކޮށް ނުދާނެ، އެއީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ: ޙަލްދޫން އަލް މުބާރަކް

30 މެއި 2017
އަގުއޭރޯ ސިޓީ ދޫކޮށް ނުދާނެ، އެއީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ: ޙަލްދޫން އަލް މުބާރަކް
29 މެއި 2017

އުމުރު ދުވަހު ޓޮރީނޯއަށް ސަޕޯޓަކުރާނެކަމަށް ބުނެ ހާޓް އެ ކްލަބަށް އަލްވަދާއުކިޔައިފި

29 މެއި 2017
އުމުރު ދުވަހު ޓޮރީނޯއަށް ސަޕޯޓަކުރާނެކަމަށް ބުނެ ހާޓް އެ ކްލަބަށް އަލްވަދާއުކިޔައިފި
19 އެޕްރީލު 2017

މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް

19 އެޕްރީލު 2017
މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް
15 އެޕްރީލު 2017

ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި

15 އެޕްރީލު 2017
ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު