Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރުގެ ޚަރަދުތައް

ބިން ހިއްކަން ސަރުކާރުތަކުން 1.52 ބިލިއަން ރުފިޔާ ޚަރަދުކޮށްފި ފައިދާ އެއް ނުވޭ - ސިޔާމް

ސިޔާމް ވިދާޅުވީ، ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރެވޭނީ ސަރުކާރަށް ފައިދާ ވާ މަޝްރޫއުތައް ހިންގައިގެން ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 ނޮވެމްބަރު 2023 | އާދީއްތަ 11:09
މެމްބަރު ސިޔާމް

މެމްބަރު ސިޔާމް

ބިން ހިއްކަން 1.52 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވީ ނަމަވެސް އެކަމުގެ ފައިދާ ނުލިބޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ވިދާޅުވެއްޖެއެވެ.

އަންނަ އަހަރުގެ ބަޖެޓާއި މެދު ވާހަކަދައްކަވަމުން ސިޔާމް ވަނީ ރާއްޖެއިން ކުރަން ޖެހޭ ޚަރަދަކީ ލިބޭ އާމްދަނީ އަށް ވުރެ ބޮޑު އަދަދެއް ކަމަށް ސިޔާމް ވިދާޅުވިއެވެ. ދައުލަތަށް ލިބޭ އާމްދަނީން ދެކޮޅުނުޖެހޭ ކަމަށް ފާހަގަކުރައްވާ ސިޔާމް ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ އޭގެ ރަނގަޅު ގޮތުގައި ހޭދަކުރާ ނަމަ އެހެން ނުވާނެ ކަމަށެވެ. އޭރުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ނުޖެހޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ސަރުކާރުން ކުރާ ޚަރަދުތަކަށް ވެސް އޭނާ ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން ފާއިތުވި ސަރުކާރުތަކުން ރަށްރަށުގެ ބިން ހިއްކުމަށް 1.52 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ޚަރަދު ކުރި ފައިސާ ގާވެފައިވާ ކަމަށް އޭނާ ވަނި ސިފަކުރައްވާފައެވެ. ސަރުކާރުތަކުން ހިއްކާ ބިންތަކުން ރައްޔިތުންނާއި، ސަރުކާރު އަދި ދައުލަތަށް ވެސް ވާ ފައިދާ އެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރުތަކުން ހިއްކާ ބިމުގެ ފައިދާ ވާނެ ގޮތް ސަރުކާރުން ހޯދަން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އިތުރަށް އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރަން ބޭނުން ނަމަ ފުރަތަމަ ސަރުކާރުން ކުރާ ވައްކަންތައް ހުއްޓުވެން ޖެހޭ ކަމަށެވެ. ސަރުކާރުން ހިންގާ މަޝްރޫޢުތަކުން ފައިދާ ނުލިބޭ ނަމަ ރާއްޖެ ފަގީރުވެގެން ދާނެ ކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ. ސިޔާމް ވިދާޅުވީ، ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރެވޭނީ ސަރުކާރަށް ފައިދާ ވާ މަޝްރޫއުތައް ހިންގައިގެން ކަމަށެވެ. ސިޔާމް ވަނީ ޓެކްސްގެ ފައިދާ އާއްމުންނަށް ނުލިބޭ ކަމަށް ވެސް ފާހަގަކުރައްވާފައެވެ. އަދި އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަަމަށް ސިޔާމް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި

19 ފެބުރުއަރީ 2017
ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
11 ފެބުރުއަރީ 2017

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

11 ފެބުރުއަރީ 2017
ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
06 ފެބުރުއަރީ 2017

4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން
04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު