Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަޖެޓް ބަހުސް

ބަޖެޓު ބަހުސް: ސަރުކާރުން ފައިނޭންސް މެނޭޖްކުރާ ގޮތާއި ޕްރޮޖެކްޓްތައް ކުރިއަށް ގެންދާ ގޮތަށް މެމްބަރުންގެ ފާޑުކިޔުން

26 ނޮވެމްބަރު 2023 | އާދީއްތަ 14:17

ސަރުކާރުން ޢަމަލުކުރާ ގޮތުން ސަރުކާރުގެ ނިޔަތާއި މެދު ސުވާލު އުފެދޭ ކަމަށް މެމްބަރުން ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 ނޮވެމްބަރު 2023 | އާދީއްތަ 14:17
މަޖިލީހުގެ ޖަލްސާ އެއްގެ ތެރެއިން

މަޖިލީހުގެ ޖަލްސާ އެއްގެ ތެރެއިން

ސަރުކާރުން ފައިނޭންސް މެނޭޖްކުރާ ގޮތާއި ޕްރޮޖެކްޓްތައް ކުރިއަށް ގެންދާ ގޮތަށް މެމްބަރުންގެ ފާޑުކިޔުން އަމާޒުކޮށްފިއެވެ.

މެމްބަރުން އެފަދައިން ކަންބޮޑުވުން ފާޅުކުރެއްވީ އާދިއްތަ ދުވަހު ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ބަޖެޓް ބަހުސް މަރުހަލާގައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވީ ދައުލަތުގެ ކުންފުނިތައް ސަރުކާރުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ބަދަލުކުރަން ޖެހޭ ކަަމަށެވެ. އަދި ކޮވިޑަށް ފަހު އެ ހާލަތު ބަދަލުނުވާ ކަމަށާއި ޕްރައިވެޓް ސެކްޓަރ އަށް މިހާރު ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ ރާއްޖޭގެ އިގްތިސާދީ ހަރަކާތް ދެމެހެއްޓެނެވި ގޮތަކަށް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވީ މި ސަރުކާރުން އަމަލުކުރާ ގޮތުން ސަރުކާރަށް ލިބެންވާ ފައިސާ ގެއްލިފައިވާ ކަމަށެވެ. އެގޮތުން ވީއައިއޭގެ މަސައްކަތް ކުރުމަށް ޗައިނާ ހާބަރ ކުންފުންޏަށް ދީފައިވާ މަސައްކަތް ހަވާލުކޮށްފައި ވަނީ 360 މިލިއަން ރުފިޔާ އަށް ކަމަށްވާއިރު އެ މަސައްކަތް ދިގުދަންމާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 2025 އާއި ހަމައަށް ޑިއުޓީ ނުދައްކާގޮތަށް މަސައްކަތް ދިގުދަންމާލާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ދައުލަތަށް ލިބެން ޖެހޭ ލާރި ނުލިބިވާ ކަމަށް ވެސް ސަނީފް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝާޒް އާއި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓެ) އާއި ދެ ބޭފޫލުންގެން ވެސް ވަނީ މަޝްރޫޢު ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ޒިންމާ އެއް ކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް ގޮސްގޮސް ހުރި ކަންކަން ހުއްޓާލުމަށް ސަރުކާރުން ވަކާލާތުކުރާ ކަމަށް ވިދާޅުވެ އެކަމަށް އެ މެމްބަރުން ވަނީ ފާޑުކިޔުން އަމާޒުކުރައްވާފައެވެ. މެމްބަރުން ވަނީ ސަރުކާރުން އަތޮޅުތެރޭގެ މަޝްރޫޢުތަކަށް އިސްކަން ނުދޭ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ދަރަނި ބޮޑުވާ ކަމަށް ވިދާޅުވުމަށް ފަހު މި ސަރުކާރުން ޢަމަލުކުރާ ގޮތުން ސަރުކާރުގެ ނިޔަތާއި މެދު ސުވާލު އުފެދޭ ކަމަށް މެމްބަރުން ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް