Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމީން އަލަށް އުފައްދަވާ ޕާޓީގެ މަސައްކަތް

ޔާމީން އަލަށް އުފައްދަވާ ޕާޓީ، ޕީއެންއެފްގެ އިސް މުއައްސިސެއްގެ ގޮތުގައި ދަރިކަލުން ޒޭން

26 ނޮވެމްބަރު 2023 | އާދީއްތަ 08:17

އަމާޒަކީ ރާއްޖޭގައި އެންމެ އަވަހަށް އުފައްދާ ސިޔާސީ ޕާޓީގެ ރިކޯޑު ގާއިމު ކުރުން

އަމްނާ އިމާދު
އަމްނާ އިމާދު | 26 ނޮވެމްބަރު 2023 | އާދީއްތަ 08:17
އިލެކްޝަންސް ކޮމިޝަން (އީސީ) މެންބަރުންނާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން

އިލެކްޝަންސް ކޮމިޝަން (އީސީ) މެންބަރުންނާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަލަށް އުފައްދަވާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ އިސް މުއައްސިސެއްގެ ގޮތުގައި ދަރިކަލުން ޒޭން އަބްދުﷲ ޔާމީން ހަމަޖައްސައިފިއެވެ.

އާދިއްތަ ދުވަހު ހެނދުނު މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅުން ވަނީ އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެން، ކޮމިޝަނުގެ މެންބަރުންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވަވާފައެވެ. މި ބައްދަލުވުމަށްފަހު ނުކުމެވަޑައިގަންނަވާ މީޑީއާތަކަށް މައުލޫމާތު ދެއްވަމުން ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ، ކުރީގެ ރައީސް ޔާމީންގެ ނަންފުޅުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ޔާމީން އެ ނިންމެވުން ނިންމަވާފައިވަނީ އެ މަނިކުފާނު ވަރަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ޕާޓީ، ބަޔަކު މީހުން ފޭރިގަނެފައިވާތީ ކަމަށް މަލީހު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އައު ޕާޓީ އުފެއްދުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭގޮތުން މަލީހު ވިދާޅުވީ ޕާޓީގެ މުއްސިސުންގެ ގޮތުގައި ޖުމްލަ އަށް ބޭފުޅަކު ހިމަނުއްވަން ނިންމަވާފައިވާ ކަމަށެވެ. އެއީ ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން، ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު، ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު، ކުރީގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ، އަދްލީ އިސްމާއިލް، ޑރ. އަބްދުﷲ ޖިހާދު އަދި އަލީ އާދަމް އެވެ. ނަމަވެސް ކޮމިޝަނުގެ ގަވާއިދު އޮންނަ ގޮތުން ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދެނީ އެންމެ ބޭފުޅަކަށް ކަމަށްވާތީ، ޕާޓީގެ މުއައްސިސްކަން ޒޭނަށް ދިނުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި އެ ގޮތަށް ނިންމެވީ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް މަލީހު ވިދާޅުވިއެވެ.

މީގެ އިތުރުން މަލީހު ވިދާޅުވީ އަމާޒަކީ ރާއްޖޭގައި އެންމެ އަވަހަށް އުފައްދާ ސިޔާސީ ޕާޓީގެ ރިކޯޑު ގާއިމު ކުރުން ކަމަށެވެ. އަދި ޕާޓީ އުފެއްދުމުގެ މަސައްކަތް ފަށައިގަންނަން ހުއްދަ ލިބުނުހާ އަވަހަކަށް ގާނޫނުގައި ބަޔާންކުރާ 3،000 މެންބަރުން ހަމަކޮށް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ޕީއެންއެފް ހައްދަވާނެ ކަމަށް މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ ކުރިއަށް އޮތް މާލޭ ސިޓީގެ މޭޔަރުކަމުގެ ބައި އިލެކްޝަނުގައާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގަައި ހުރިހާ ދާއިރާއަކަށް ޕާޓީގެ ފަރާތުން ކެންޑިޑޭޓުން ވާދަކުރާނެ ކަމަށެވެ. އަދި ބޮޑު އަގުލަބިއްޔަތެއް ލިބޭނެކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ ޔާމީނަށް ތާއިދުކުރާ ހުރިހާ މެންބަރުން ވެސް ޕީއެންއެފްއާއި ގުޅުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް