Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ނޫސްވެރިކަން

ނޫސްވެރިކަމުގެ ބާރު މިހާރު ވަނީ ގަދަވެފައި، އެއީ ޤައުމުގެ އެންމެ ގަދަ ބާރު - ނާއިބު ރައީސް

ދޮގު ޚަބަރު ނުފެތުރުމުގެ ޒިންމާ ނޫސްވެރިންގެ ގޮނޑުގައި އެޅިފައިވާ ކަމަށް ނާއިބު ރައީސް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 ނޮވެމްބަރު 2023 | އާދީއްތަ 02:22
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ނޫސްވެރިންގެ އިނާމް ދިނުމުގެ ހަފްލާގައި ވާހަކަފުޅުދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ނޫސްވެރިންގެ އިނާމް ދިނުމުގެ ހަފްލާގައި ވާހަކަފުޅުދައްކަވަނީ

21 ވަނަ ޤަރުނާއެކު ނޫސްވެރިކަމުގެ ބާރު މިހާރު ގަދަވެފައިވާ ކަމަށާއި، އެއީ ޤައުމުގެ އެންމެ ގަދަ ބާރު ކަަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްވަމުން އެމަނިކުފާނު ވަނީ ރާއްޖޭގައި ޚަބަރު ފެތުރުމާއި ނޫސްވެރިކަން އާއްމުވެގެން ގޮސްފައިވާއިރު ނޫސްވެރިން އަދާކުރަނީ ވަރަށް ބޮޑު ޒިންމާއެއް ކަމަށް ވިދާޅުވެފައެވެ. އަދި އެއީ އެންމެންނަށް ވެސް ބޭނުން ކުރެވޭނެ އެންމެ ބޮޑު ބާރު ކަމަށް ނާއިބު ރައީސް ވަނީ ވިދާޅުވެފައެވެ. ނާއިބު ރައީސް އިތުރަށް ވިދާޅުވީ ނޫސްވެރިކަމަކީ ޤައުމު ހަމަޖެހުމާއި، ޤައުމުގެ ކަންކަން ވަކި ގޮތަކަށް ނިންމުން އަދި ރައްޔިތުންގެ ވިސްނުން ވަކި ގޮތަކަށް ބައްޓަންކުރުމުގެ ކޮންޓްރޯލް އެކަމަކާއި ގުޅިފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން ނޫސްވެރިންގެ ޤައުމީ ޒިންމާ މިއަދު ބޮޑު ކަމަށާއި ތެދު ޚަބަރު ފޯރުކޮށްދިނުމަށް އިސްކަން ދޭން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދޮގު ޚަބަރު ނުފެތުރުމުގެ ޒިންމާ ނޫސްވެރިންގެ ގޮނޑުގައި އެޅިފައިވާ ކަމަށް ވެސް ނާއިބު ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ އެޖެންޑާގައި މީޑިއާއާއި ނޫސްވެރިކަން ކުރިއެރުވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާފައިވާކަމަަށް ވިދާޅުވިއެވެ. ދިވެހި މީޑިއާތަކަށާއި ދިވެހި ނޫސްވެރިކަމަށް، ކުރިއެރުމާއި ކާމިޔާބީގެ ރަން ޒަމާނެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ޒަޢާމަތުގައި ގެނެސްދެއްވާނެކަމަށް ވެސް ނާއިބު ރައީސް ވިދާޅުވިއެވެ. އަދި ނޫސްވެރިކަން ކުރިއެރުވުމަށް ކުރަން ނިންމާފައިވާ ބައެއް ކަންކަމަށް އެމަނިކުފާނު ވަނީ އަލިއަޅުވާލައްވާފައެވެ.

އޭގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ނޫސް މީޑިއާތަކަށް ފައިސާ ދިނުމާއި، އަމިއްލަ ފައިމައްޗަށް ތެދުވެ މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ މަގު ނޫސް މީޑިއާތަކަށް ފަހިކޮށްދިނުން ހިމެނެެއެވެ. އަދި އޮފީސް ޚަރަދުކުޑަކޮށް މީޑިއާ ހިންގޭނެ މީޑިއާ ވިލެޖެއް ޤާއިމުކޮށްދިނުމާއި، އެކި ދާއިރާތަކުން ނޫސްވެރިން ތަމްރީނުކޮށް، ތަޢުލީމު ދީ، ޤާބިލް ނޫސްވެރީން ބިނާކުރުމަށް ދައުލަތުން ހޭދަކުރުމާއި، ސަރުކާރުން ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްތަކުގެ މެދުގައި ތަފާތު ނުކުރުމާއެކު، ނޫސްވެރީންނަށް ޖަވާބުދާރީވެ ޒިންމާދާރުކަމާއެކު ކަންކަން ހާމަކުރުން ހިމެނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
14 ޖެނުއަރީ 2017

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު