Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބަޔާން މިއުނިކް

ބަޔާންގައި މުލާ އަކީ އާދައިގެ ކުޅުންތެރިޔެއް ނޫން: ފްރެއުންޑް

ފެރެއުންޑް ވިދާޅުވީ، މުލާ އާއެކު ވަރަށް ބޮޑަށް މަޝްވަރާ ކުރަން ބޭނުންވާ ކަމަށާއި، ސަބަބަކީ އޭނާ އަކީ އެހެން ކުޅުންތެރިންނާ ތަފާތު ކުޅުންތެރިޔަކަށްވުން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ނޮވެމްބަރު 2023 | އާދީއްތަ 00:34
ބަޔާން މިއުނިކަށް ކުޅެމުން އަންނަ ތޯމަސް މުލާ

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ތޯމަސް މުލާ

ޖަރުމަނު ލީގުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ފޯވާޑު، ތޯމަސް މުލާ އަކީ އެ ކުލަބުގައި އާދައިގެ ކުޅުންތެރިޔެއް ނޫން ކަމަށް، ބަޔާންގެ ޑައިރެކްޓަރު ފްރެއުންޑް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ބަޔާންގައި މުލާގެ މުސްތަޤުބަލާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ. ބަޔާނާއެކު މުލާ ހަދާފައި އޮތް އެއްބަސްވުން މިދިޔަ އަހަރުގެ މެއި މަހު އޭނާ ވަނީ އައު ކޮށްފަ އެވެ. އެފަހަރު އޭނާ އެއްބަސްވުން އައު ކުރީ ދެ އަހަރު ދުވަހަށެވެ. އެ އެއްބަސްވުމުގެ މުއްދަތު އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެ އެވެ.

އެކަމާ ގުޅޭ ގޮތުން ޖަރުމަނުގެ މީޑިއާ އަކުން ކުރި ސުވާލަކަށް ޖަވާބު ދެމުން ފްރެއުންޑް ވިދާޅުވީ، މުލާ އާއެކު އަންނަ ހަފުތާގައި މަޝްވަރާ ކުރުންތައް ފަށާނެ ކަމަށާއި، އޭނާ ނިސްބަތް ވަނީ ބަޔާނަށް ކަމަށެވެ. އިތުރަށް ފެރެއުންޑް ވިދާޅުވީ، މުލާ އާއެކު ވަރަށް ބޮޑަށް މަޝްވަރާ ކުރަން ބޭނުންވާ ކަމަށާއި، ސަބަބަކީ އޭނާ އަކީ އެހެން ކުޅުންތެރިންނާ ތަފާތު ކުޅުންތެރިޔަކަށްވުން ކަމަށެވެ. ބަޔާނާ، މުލާއާ ދެމެދު އޮތީ ވަރަށް ޚާއްސަ ވާހަކަތަކެއް އަދި ތާރީޚެއްކަން ފާހަގަކޮށް އޭނާ ވިދާޅުވީ، މުލާ އަކީ ބަޔާނަށް މުހިންމު ކުޅުންތެރިޔެއް ކަމަށެވެ.

އުމުރުން 34 އަހަރުގެ މުލާގެ އެއްބަސްވުން އައު ކުރުމަށް ބަޔާނުން ބޭނުންވާ ކަމަށް ޖަރުމަނުގެ މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އެގޮތުން ބަޔާނުން އޭނާ އަށް ހުށަހަޅާނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް، މުލާ އެކަމަށް އެއްބަސްނުވެއްޖެ ނަމަ، އިތުރު އެއް އަހަރަށް ނަމަވެސް އޭނާ ބަހައްޓަން އެ ކުލަބުން މަސައްކަތް ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

މުލާ އޭނާގެ ސީނިއާ ކެރިއަރު ފެށީ ވެސް ބަޔާނުންނެވެ. މިހާތަނަށް އެ ކުލަބުގައި ހޭދަކުރި 16 ސީޒަންގައި މުލާ ވަނީ، ބަޔާނަށް 680 މެޗު ކުޅެދީ 237 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ 32 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޖަރުމަނު ލީގު، ޖަރުމަނު ކަޕް، ޖަރުމަނު ސުޕަ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސުޖަން އަކީ ދިވެހި ކުޅުންތެރިއެއް، ބޭރު ކުޅުންތެރިއެއްގެ ގޮތުގައި ނުދެކެން: ސާންތި

ސުޖަން އަކީ ދިވެހި ކުޅުންތެރިއެއް، ބޭރު ކުޅުންތެރިއެއްގެ ގޮތުގައި ނުދެކެން: ސާންތި

22 އެޕްރީލު 2017
ޔޫވީ އަކީ މުޅިން ތަފާތު ޓީމަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ: ނަޒީހު

ޔޫވީ އަކީ މުޅިން ތަފާތު ޓީމަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ: ނަޒީހު

14 އެޕްރީލު 2017
ފްރެންޗް އޯޕަންއަކީ އެންމެ ފަހު ކްލޭ ކޯޓު މުބާރާތް: ފެޑަރާ

ފްރެންޗް އޯޕަންއަކީ އެންމެ ފަހު ކްލޭ ކޯޓު މުބާރާތް: ފެޑަރާ

08 އެޕްރީލު 2017
ޔޫވީއަކީ ކައުންޓަ އެޓޭކްގައި ނުރައްކާ ކުރާ ޓީމެއް، ސަމާލުވާންޖެހޭ: ނިޒާމްބެ

ޔޫވީއަކީ ކައުންޓަ އެޓޭކްގައި ނުރައްކާ ކުރާ ޓީމެއް، ސަމާލުވާންޖެހޭ: ނިޒާމްބެ

06 އެޕްރީލު 2017
ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް، އެހެނަސް ޖެހިލުމެއް ނުވޭ: ސެކުލޮސްކީ

ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް، އެހެނަސް ޖެހިލުމެއް ނުވޭ: ސެކުލޮސްކީ

03 އެޕްރީލު 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު