Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޗައިނާގައި ރޯގާ ފެތުރުން

ޗައިނާއިން އަނެއްކާވެސް ކޮވިޑް 19 ކަހަލަ ބައްޔެއް ؟

ކުޑަކުދިންގެ ހޮސްޕިޓަލް ތަކަށް ޑަކްޓަރަށް ދެއްކުމަށްޓަކާ ދުވާލަކު ހަތްހާއެއްހާ ކުދިން ގެންދާކަމަށްވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 25 ނޮވެމްބަރު 2023 | ހޮނިހިރު 14:51
ޗައިނާ ގައި ކުޑަކުދިން ޑަކްޓަރަށް ދައްކަން ކިއު ހަދާފައި

ޗައިނާ ގައި ކުޑަކުދިން ޑަކްޓަރަށް ދައްކަން ކިއު ހަދާފައި

ޗައިނާގެ ވެރިރަށް ބޭޖިންގ އަދި އުތުރު ޗައިނާގެ އެކިހިސާބު ތަކުގައި ކުޑަކުދިންނަށް އާންމު އަރިދަފުސް ރޯގާ ޖެހުން އާދަޔާ ޚިލާފަށް އިތުރު ވަމުންދާތީ ޑަބްލިއު.އެޗް. އޯ އިން އެކަމުގެ ކަންބޮޑުވުން ފާޅު ކޮށްފިއެވެ. އަދި މިހާރު ފެތުރެމުން މިދާ ބައްޔާބެހޭ ތަފްސީލްތައް ވީހާވެސް އަވަހަށް ހިއްސާކުރަމުން ގެންދިއުމަށް ޗައިނާގެ ކަމާބެހޭ އިދާރާތަކަށް ވަނީ ރަސްމީކޮން އަންގާފައެވެ.

ޚަބަރުލިބޭ ގޮތުގައި ކުޑަކުދިންގެ ހޮސްޕިޓަލް ތަކަށް ޑަކްޓަރަށް ދެއްކުމަށްޓަކާ ދުވާލަކު ހަތްހާއެއްހާ ކުދިން ގެންދާކަމަށް މީޑިޔާ އައުޓްލެޓްތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ބޭޖިންގ ޗިލްރަންސް ހޮސްޕިޓަލް ގެ އޮފިޝަލަކު މައުލޫމާތު ދީފައިވާ ގޮތުގައި އެހޮސްޕިޓަލަށްވެސް ދުވާލަކު ހަތްހާސް ކުދިން ދައްކަން ގެންދެއެވެ. މިއީ ހޮސްޕިޓަލްގެ ކެޕޭސިޓީ އަށް ވުރެ މާމަތީ އަދަދެކެވެ. އެހެން ކަމުން ޑޮކްޓަރަށް ނުދެއްކި ކިއުގައި އެތައްގަޑިއެއް ހޭދަކުރަން ޖެހެއެވެ. ބޭޖިންގ ޗިލްރަންސް ހޮސްޕިޓަލްގެ އިތުރުން ޓިއަންޖިންގެ އެންމެ ބޮޑު، ކުޑަކުދިންގެ ހޮސްޕިޓަލަށް ހޮނިހިރު ދުވަހު 13 ހާހެއްހާކުދިން ދައްކާ ރެކޯޑެއް ގާއިމް ކޮށްފައިވާކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.

ނޭވާލާ ނިޒާމަށް ޖެހޭބަލިތައް ކުޑަކުދިންނަށް ޖެހުން މިހާބޮޑަށް އިތުރު ވެފައިވާތީ ޑަބްލިއު އެޗް އޯ އިންވަނީ ބައްޔާބެހޭ މެޑިކަލް ތަފްސީލްތައް ހިއްސާ ކުރަމުން ގެންދިއުމަށް ޗައިނާގެ ކިބައިން އެދި، އަދި އެކަން އާންމުކޮން އިއުލާން ކޮށްފައެވެ. މިއާއެކު ޗައިނާއިން ބުނެފައިވަނީ އާދަޔާޚިލާފް، އަދި ނުވަތަ އައު ބައްޔެއްގެ "ޕެތޯޖަން" އަދި މިހާތަނަށް ފެނިފައި ނުވާކަމުގައެވެ. ޗައިނާގެ އެންއެޗްސީން ބުނެފައިވަނީ ކުދިންނަށް ޖެހޭ ބަލިތަކުގެ ތެރޭގައި ހިމެނެނީ ކުރިންވެސް ޖެހޭ އިންފްލުއެންޒާ، ކޮވިޑް، މައިކޯޕްލަސްމާ، ނިއުމޯނިޔާ އަދި ރެސްޕިރޭޓަރީ ވައިރަސް އަކުން ޖެހޭ އާރުއެސްވީ އެވެ. މީގެ ތެރެއިން ބެކްޓީރިއާއަކުން ފެތުރޭ ނިއުމޯނިޔާ ގެ އަސަރު ބޮޑަށް ފެންނަނީ އެންމެ ކުޑަކުދިންގެ ކިބައިން ކަމަށް ހެލްތު އޮފިޝަލުން މައުލޫމާތު ދީފައި ވެއެވެ.  

ޗައިނާގައި މިވަގުތުވަނީ މިއަހަރުގެ ފިނި މޫސުން ފެށިފައެވެ. މިއީ ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް އެޅިފިޔަވަޅުތައް މީގެ އަހަރެއްހާދުވަސް ކުރިން އުވާލިފަހުން އައި ފުރަތަމަ ފިނި މޫސުމެވެ.

ފިނިމޫސުމުގެ ފެށުމާ ދިމާކޮށް ޗައިނާގެ އިތުރުން އިގިރޭސި ވިލާތް އަދި އެމެރިކާގައިވެސް ކުޑަކުދިންނަށް ރޯގާ ޒާތުގެ، ނޭވާލާނިޒާމަށް ޖެހޭ ބަލިތައް ޖެހުން އިތުރު ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗައިނާގައި ފެތުރެމުން ދާ ބައްޔާބެހޭގޮތުން ޔުނިވަރސިޓީ އޮފް އީސްޓް އެންގްލިއާގެ ޕްރޮފެސަރ ޕޯލް ހަންޓަރ ވިދާޅުވީ ކުދިންނަށް ޖެހޭ އިންފެކްޝަން ގެ ފުރިހަމަ ޑައެގްނޯސިސް އެއް ހެދޭ ވަރަށް އަދި މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. އެއާއެކުވެސް މިއީ ކޮވިޑް 19 ފަދަ އެޕިޑެމިކް އެއްކަމަށް އަދި ނުބެލެވޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އެޕިޑެމިކް އެއްނަމަ ބަލިޖެހޭ ބޮޑެތި މީހުންވެސް މިހާރަށް ވުރެ ގިނަ ވާނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

މިބަލި އެހެން ގައުމުތަކަށްވެސް ފެތުރުމުގެ ފުރުސަތު އޮތުމާއެކު މިވަގުތު ކުރެވެން އޮތް އެންމެ ބޮޑުކަމަކީ އެހެން މީހުން ކެއްސާ ކިބިހި އަޅާއިރު އެކަމުން ރައްކާތެރިވުމެވެ. އަދި ތިމާވެސް ކެއްސާ ކިބިހި އަޅާނަމަ އަގަޔާ ނޭފަތް ނިވާ ކުރުމެވެ. މީގެ އިތުރުން ކޮވިޑްގެ ދުވަސްވަރު އުޅުނު ގޮތަށް ގެއިން ބޭރުގައި އުޅޭއިރު މާސްކް އެޅުމަށް ޚާއްސަ ސަމާލުކަމެއް ދިނުމާއި، ފަސޭހައިން ބަލިޖެހިދާނެ ކަމަށް ބެލެވޭ މީހުންނަށް ވެކްސިން ދިނުމާއި ، ބޭރުގައި އުޅޭއިރު އެހެން މީހުންނާ ދެމެދު 3 ފޫޓުގެ ދުރުމިނެއް ބެހެއްޓުމާ، ބޭރުން އައިސް އަދި މަސައްކަތެއްގައި އުޅުނު ނަމަވެސް ގިނަ ގިނައިން އަތް ދޮވުމާއި އަދި ރޯގާ ޖެހިފައިވާ މީހުން އެކަހެރި ކުރުން ހިމެނެއެވެ.   

ކޮމެންޓް

އިތުރަށް ކިޔާލަން

ހަޖަމް ނުވި އަމުރާއެކު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތަށް މަހެއް، ސުޕްރީމް ކޯޓް އަނެއްކާވެސް ސަރުކާރަށް ފަރިވެފައި!

ހަޖަމް ނުވި އަމުރާއެކު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތަށް މަހެއް، ސުޕްރީމް ކޯޓް އަނެއްކާވެސް ސަރުކާރަށް ފަރިވެފައި!

05 މާރިޗު 2018
މިއީ އަޖައިބެއް ކަހަލަ އިންސާފެއް، ރިޝްވަތު ހިފާ މީހާ ދައުލަތުގެ ވަރައިގެ ދަށުގައި ހިމާޔަތް ކުރެވިފައި!

މިއީ އަޖައިބެއް ކަހަލަ އިންސާފެއް، ރިޝްވަތު ހިފާ މީހާ ދައުލަތުގެ ވަރައިގެ ދަށުގައި ހިމާޔަތް ކުރެވިފައި!

06 ޖެނުއަރީ 2018
ޗައިނާއިން އިންވެސްޓްކުރަނީ ދުރު މުސްތަޤްބަލަށް ވިސްނައިގެން!

ޗައިނާއިން އިންވެސްޓްކުރަނީ ދުރު މުސްތަޤްބަލަށް ވިސްނައިގެން!

13 ޑިސެމްބަރު 2017
ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

11 ސެޕްޓެމްބަރު 2017
ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރިކަމަށް ބުނާ ލިޔުމަށް ވީގޮތެއް ނޭނގެ، އަނެއްކާވެސް މަޝްވަރާއަށް!

ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރިކަމަށް ބުނާ ލިޔުމަށް ވީގޮތެއް ނޭނގެ، އަނެއްކާވެސް މަޝްވަރާއަށް!

02 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު