Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގައްޒާގެ ރައްވެހިކަން

"މި ބުނަނީ ހަނދު ނަގާފައި ދޭށެކޭ ނޫން ވިއްޔާ!"

އެންމެ މަދުވެގެން އަދި 2 މަހެއްހާ ދުވަހަށް ޙަމަލާތައް ދޭނެ ކަމަށް އިޒްރޭލުން މިހާރުވެސް ވަނީ ބުނެފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 25 ނޮވެމްބަރު 2023 | ހޮނިހިރު 13:51
ގެދޮރު ގެއްލިފައިވާ ކުއްޖަކު އުރާލައިގެން އެކުއްޖާގެ މަންމަ

ގެދޮރު ގެއްލިފައިވާ ކުއްޖަކު އުރާލައިގެން އެކުއްޖާގެ މަންމަ

ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ އިސްތިޢުމާރީ އިޒްރޭލާއި މިޞްރާ ދެމެދުން، މެޑިޓަރޭނިއަން ކަނޑުގެ އައްސޭރިފަށާ ގުޅިފައި އޮތް ޣައްޒާއަށް މި ދުވަސްވަރަކީ ފިނި މޫސުމުގެ ދުވަސްވަރެވެ. ޣައްޒާ ކޮންޓްރޯލް ކުރަމުންދާ ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލާނެ ކަމަށް ބުނެ، މީގެ 50 އަކަށް ދުވަސް ކުރިން ޔަހޫދީން ހިންގަން ފެށި ޤަތުލުޢާންމުގައި މުޅި ރަށް އޮތީ ސުންނާފަތި ކޮށްފައެވެ. 4 ދުވަހުގެ މުއްދަތަށް ޙަމަލާތައް ހުއްޓާލާ، ޤައިދީންނާއި އަސީރުން ބަދަލު ކުރުމުގެ އެއްބަސްވުމަކަށް އާދެވިފައި އޮތެއް ކަމަކު، އެ މުހުލަތު ހަމަވުމާއެކު، އެންމެ މަދުވެގެން އަދި 2 މަހެއްހާ ދުވަހަށް ޙަމަލާތައް ދޭނެ ކަމަށް އިޒްރޭލުން މިހާރުވެސް ވަނީ ބުނެފައެވެ.

އެއްގަމާއި، ކަނޑާއި ވައިގެ މަގުން، އެޔެއް މިޔެއް ބެލުމެއް ނެތި އިޒްރޭލުން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި ދިފާޢުވާނެ އެއްވެސް މަގެއް ފެންނަން ނެތް ޣައްޒާގެ ވަޒަންވެރިން މި ދުވަސްތައް ގުނަމުން ދަނީ ޖެހެމުންދާ ފިނިވައިގެ ތެރޭގައެވެ. ވެހެންޏާ ވެހޭހާ ވާރޭއެއްގައެވެ. ކާނެ އެއްޗެއް، ބޯލާނެ ސާފު ފެންފޮދެއްގެ މިންވަރުވެސް ނެތެވެ. ކަރަންޓެއް، ތެލެއް ހަކަތައެއް ނެތެވެ. ޣައްޒާގެ މަސްރަޙު އޮތީ، އިންސާނަކު ދިރިއުޅެން ހެޔޮ ވާ ވަރަށް ވުރެ އިންތިހާ ދެރަކޮށެވެ. ހުޅަނގުގެ ކައްޓާއިން އިންސާނީ ޙައްޤުތައް ވަޒަން ކުރާ ބަޔަކަށް، މި މަންޒަރުތައް ނުވެސް ފެންނަނީއެވެ. ހުރިހާ ވެނަކާއި ތަކުލީފެއް އުފުލަމުން ދަނީ ޣައްޒާގެ ވަޒަންވެރިންނެވެ. އަމިއްލަ ފަސްގަނޑުގައި ބަޔަކު ނިކަމެތި ކޮށްލެވޭނީ އެހާކަންވަރަށެވެ.

ޣައްޒާގެ ކޮންމެ ވަޒަންވެރިއަކުވެސް މިއަދު މަސައްކަތް ކުރަމުން ދަނީ، އެމީހަކަށް ވީ ގޮތަކުން ސަލާމަތާއި ރައްކާތެރިކަން ހޯދޭ ތޯއެވެ. ޣައްޒާގެ އުތުރުން މީހުން ހުސް ކުރުމަށް އިޒްރޭލުން ދިން އިންޒާރާއެކު އެތައް ސަތޭކަ ހާސް ބަޔަކު ބަދަލުވީ ޣައްޒާގެ ދެކުނަށެވެ. ދެކުނުގެ އަވަށެއް ކަމަށްވާ ޚާން ޔޫނިސްއަށް ބަލާލުމުންވެސް ފެންނަނީ މި ދެންނެވި މަންޒަރެވެ. ޖަހާފައިވާ ފެލިގެތަކުން ހިޔާވަހިކަމެއް ލިބޭތޯ މަސައްކަތް ކުރާ މީހުންނެވެ. ފޭލިގެތަކުގެ ބޭރުގައި ދަރުޖައްސައިގެން، ކޮންމެވެސް އެއްޗެއް ރޯފިލުވާލެވޭތޯ މަސައްކަތް ކުރާ މީހުންނެވެ. ތަރައްޤީއާއި ތަހުޒީބުގެ ރޭހުގައި ރޮކެޓް ދުވެލީގައި ކުރިއަރާ ދާ ކަމަށް ވަކާލާތު ކުރާ އަދުގެ ދުނިޔޭގައި، ބިކަކޮށް ހަވާސާކޮށްފައި ވާ ޣައްޒާގައިވެސް ދިރިއުޅެމުން އެ ދަނީ ހަމަ އިންސާނުންނެވެ.

ރާންދާ ޙަމޫދަކީ ޖަބާލިއާ ރެފިއުޖީ ކޭމްޕުގައި އުޅުނު މީހެކެވެ. އޭނާ ބުނި ގޮތުގައި އެ ދުވަހަކީ އެމީހުންނަށް އިންތިހާއަށް ދަތި ދުވަހެކެވެ. މޫސުން ހުރި ގޮތުންނެވެ. ގަދަ ވަޔާއި ވިއްސާރަގަނޑުގެ ތެރޭގައި ޓެންޓުތައް ވިއްސައިގެންގޮސް، ގަދަ ފިނީގައި އެންމެން ތެމި ފޯވީއެވެ.

ރޮއިޓާޒްއާ ވާހަކަދައްކަމުން ރާންދާ ބުނީ، އޭނާ އެދުނުހާވެސް ކަމަކީ ހަނގުރާމަ ހުއްޓި، އިހު އުޅުނު ޢާންމު ދިރިއުޅުމަށް ރުޖޫޢަވެވޭނެ ގޮތް ވުމަށެވެ. ރަޙުމެއް ނެތް އިސްތިޢުމާރީ އިޒްރޭލުގެ ޔަހޫދީން، ފައިބައިގެން ދިއުމަށެވެ.

ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން އޮކްޓޯބަރ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ޙަމަލާއެއްގެ ރައްދުގައި ކަމަށް ބުނެ، އެންމެ ވަރުގަދަ އަސްކަރީ ބާރުވެރިކަމާއެކު އިޒްރޭލުގެ ޔަހޫދީން ޣައްޒާ ހަފުސް ކުރަން ފެށި ފަހުން، އެ ރަށުގެ ޙާލަތު ވަނީ ގޯހުން ގޯހަށް ގޮސްފައެވެ. މިދިޔަ 16 ވަރަކަށް އަހަރު ދުވަހުވެސް އިންތިހާ ދަތި ޙާލުގައި، ފިތިގެން އޮތް ޣައްޒާގެ ރަށްވެހިންނާ ދެކޮޅަށް އިޒްރޭލުން ފެށި ޤަތުލުޢާންމަށް 2 މަސްވާން ގާތް ވެފައި ވާ އިރު، 2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާގެ އާބާދީގެ 3 ބައިކުޅަ 2 ބައި މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. ފުރާނަ ގެއްލިދިޔަ މީހުންގެ ކަށަވަރު ޢަދަދުތައް ލިބެން ނެތެއް ކަމަކު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމީ އޮޅުވާލެވެން ނެތް ޙަޤީޤަތެކެވެ. ޓެރަރިސްޓުންތަކެއް ނައްތާލުމަށް ކަމަށް ބުނެ ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމުގައި ޣައްޒާއިން މަރުވި ކުޑަކުދިންގެ ޢަދަދު މިހާރު 6000 އަށް އަރަނީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މި ވީގޮތަކީ ދެ ބުޅާ އަރައިރުމުގައި ވަނިކޮށް ރާމާމަކުނު ބޯކިބާ ކާލީ ނޫންތޯއެވެ؟

މި ވީގޮތަކީ ދެ ބުޅާ އަރައިރުމުގައި ވަނިކޮށް ރާމާމަކުނު ބޯކިބާ ކާލީ ނޫންތޯއެވެ؟

24 މެއި 2017
އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

16 މާރިޗު 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު