Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުދީ ޕްރޯ ލީގު

ގަލާޑޯ އިރުޝާދު ދިން ފުރަތަމަ މެޗުން އަލް އިއްތިހާދު އެއްވަރުވެއްޖެ

މެޗުން މޮޅުވެ، ތިން ވަނަ އަށް ޖެހިލުމުގެ ފުރުސަތު ވެސް އަލް އިއްތިހާދަށް އޮތް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ނޮވެމްބަރު 2023 | ހޮނިހިރު 04:56
އަލް އިއްތިހާދުން ކުޅުނު މެޗުގެ ތެރެއިން

އަލް އިއްތިހާދުން ކުޅުނު މެޗުގެ ތެރެއިން

ސައުދީ ޕްރޯ ލީގުގައި އަލް އިއްތިފާގާ ދެކޮޅަށް ކުޅުނު މެޗުން، އަލް އިތިހާދު އެއްވަރު ވެއްޖެ އެވެ.

ލީގުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. މިއީ، ދާދި ފަހުން އެ ޓީމުގެ ކޯޗުކަމާ ހަވާލުވި އާޖެންޓީނާގެ މާސެލޯ ގަލާޑޯގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗެވެ. އެ ޓީމުގެ ކުރީގެ ކޯޗު، ޕޯޗުގަލްގެ ނޫނޯ އެސްޕިރިޓޯ ސަންޓޯ މަގާމުން ވަކު ކުރީ ނަތީޖާ ނުނެރެވޭތީ އެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އަލް އިއްތިފާގުންނެވެ. މެޗުގެ 41 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ނެދަލެންޑްސްގެ ޖޯޖީނިއޯ ވައިނަލްޑަމް އެވެ. އަލް އިއްތިހާދުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން ނުވަ ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ، ޙަމަދުﷲ އެވެ. އޭގެ ފަހުން އެ ޓީމަށް ލީޑު ނަގައިދޭން ކެޕްޓަން ކަރީމް ބެންޒެމާ އަށް ވަނީ ރަނގަޅު ފުރުސަތު ލިބި، ބޭކާރުވެފަ އެވެ.

މި ނަތީޖާ އާއެކު އެންމެ ފަހުގެ ޗެމްޕިއަން އިލް އިއްތިހާދު އޮތީ ލީގު ތާވަލްގެ ހަތަރު ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު 14 މެޗުން 25 ޕޮއިންޓު ހޯދައިގެންނެވެ. އަލް އިއްތިފާގު އޮތީ 14 މެޗުން 23 ޕޮއިންޓާއެކު ހަތް ވަނައިގަ އެވެ. މެޗުން މޮޅުވެ، ތިން ވަނަ އަށް ޖެހިލުމުގެ ފުރުސަތު ވެސް އަލް އިއްތިހާދަށް އޮތެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު