Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ ޤައުމީ މަޖިލިސް

ވަޒީރުންނަށް ރުހުންނުދޭ ނަމަ ޕާޓީގެ މީހުންގެ ފަހަތުން ދާނެކަމުގެ އިންޒާރު ދިން - ފައްޔާޒް

24 ނޮވެމްބަރު 2023 | ހުކުރު 04:00

ވަޒީރުން އައްޔަންކުރުމަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީ އަށް ވަނީ ފޮނުއްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 24 ނޮވެމްބަރު 2023 | ހުކުރު 04:00
އެމްޑީޕީގެ 4 ވަނަ ދައުރުގެ ނުވަ ވަނަ ޤައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން

އެމްޑީޕީގެ 4 ވަނަ ދައުރުގެ ނުވަ ވަނަ ޤައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ވަޒީރުންނަށް މަޖިލީހުން ރުހުން ނުދޭ ނަމަ ޕާޓީގެ މީހުންގެ ފަހަތުން ދާނެ ކަމަށް ބުނެ، މި ސަރުކާރަށް ނިސްބަތްވާ އިސް މީހަކު އިންޒާރު ދީފައިވާ ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މި ފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ.

Advertisement - newsAdvertisement

ފައްޔާޒް ވިދާޅުވީ މި ސަރުކާރުގެ އިސް މީހަކު އޭނާ އަށް ގުޅައި، ވަޒީރުންނަށް ރުހުން ނުދޭ ނަމަ އެމްޑީޕީގެ މީހުންގެ ފަހަތުން ދާނެ ކަަމަށް ބުނި ކަމަށެވެ. ވަޒީރުންނަށް ރުހުން ނުދޭ ކަމަށް ވާނަމަ އެމްޑީޕީގެ މީހުންގެ ފަހަތުން ދާނެ ކަަމަށް ބުނެ މަޖިލީހުގެ ބައެއް މެންބަރުންނަށް ވެސް މި ސަރުކާރުގެ އިސް މީހަކު ގުޅާފައިވާ ކަަމަށާއި، މަޖިލީހުގެ މެންބަރުން ވެސް އެމަނިކުފާނާއި އެކަން ހިއްސާ ކުރެއްވި ކަަމަށް ފައްޔާޒް ވިދާޅުވިއެވެ. ނަމަވެސް އެކަހަލަ ކަންކަމާ މެދު ކުޑަކޮށް ވެސް ނުވިސްނުމަށް ފައްޔާޒް އެދިވަޑައިގެންނެވިއެވެ.

އެމްޑީޕީގެ ސަރުކާރުގައި ކަމެއް ގޯސްކޮށް ހިނގާފައިވާ ނަމަ އެކަމުގެ ޒިންމާ ނަގަން ތައްޔާރަށް ހުންނެވި ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ. ނަމަވެސް އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ބަލައިގެން އެމްޑީޕީ ސަރުކާރުގެ ބޮލުގައި އެޅުވޭނެ ކަމެއް ނުއޮންނާނެ ކަމަށާއި ނުހައްގުން ޖަލުގައި ކިތަންމެ ދުވަހަކު ތިބެން ޖެހުނަސް އެކަމަށް އެމްޑީޕީ އޮތީ ތައްޔާރަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެހެންކަމުން ވަޒީރުންނަށް ރުހުން ދިނުމުގައި މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް އަމަލުކުރެއްވުމަށް ފައްޔާޒް އިރުޝާދުދެއްވިއެވެ.

މި ބައްދަލުވުމުގައި ވަޒީރުންނަށް ރުހުން ދިނުމާއި މެދު ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ ވަޒީރުންގެ ތެރޭގައި ރުހުން ދޭން އެކަށީގެން ނުވާ ފަދަ ބޭބޭފުޅުންގެ ނަންތައް އެބަހުރި ކަމަށެވެ. ނަމަވެސް އެއީ ކޮންބޭފުޅުންނެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

ވަޒީރުން އައްޔަންކުރުމަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީ އަށް ވަނީ ފޮނުއްވާފައެވެ. މި ސަރުކާރުގެ ވަޒީރުންގެ ގޮތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ 22 ބޭފުޅުން އައްޔަންކުރައްވާފައެވެ.

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

ދ.މީދޫގައި ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ބޮޑު ސްކްރީންގައި ދެއްކުމަށް ކުރި މަސައްކަތަށް ހުރަސްއަޅައިފި، ޕީއެންސީ ޓިކެޓުގައި އިންތިޚާބުވި ކައުންސިލު ރައީސް އެންގެވީ ޕްރޮގްރާމް ދެއްކުމަކީ މަސްލަހަތު ނަގާލުންކަމަށް!

3

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

4

"ޖާގަ ދެއްކުމަށް ފަހު ނޫނީ ސްޓިކަރ ނުޖަހާނެ" ކަމަށް ވިދާޅުވި ރައީސްގެ ވައުދު ބަދަލުވެ، ޖޫރިމަނާ ފީތަކުގެ ވެސް އަގު ބޮޑުކޮށްފި!

5

ޗައިނާގެ އިންޒާރުތަކަށް ބެލުމެއްނެތި އެމެރިކާއިން ޓައިވާނަށް އާ އަސްކަރީ މަތިންދާބޯޓުތައް ފޮނުވަން ފަށައިފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް