Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއަރ ލީގު

ލީގުގެ ތިން ބުރު ކުޅުމުގެ ގާބިލްކަމެއް ކްލަބްތަކާއި އެފްއޭގައިވެސް ނެތް!

24 ނޮވެމްބަރު 2023 | ހުކުރު 00:32

ދެޓީމް މިހާރުވެސް ވަނީ ލީގުން ވަކިވެފަ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 24 ނޮވެމްބަރު 2023 | ހުކުރު 00:32
ލީގުގައި މާޒިޔާއާއި ޔޫވީ ދެވަނަ ބުރުގައި ވާދަކުރަނީ: ފޮޓޯ-އެފްއޭއެމް

ލީގުގައި މާޒިޔާއާއި ޔޫވީ ދެވަނަ ބުރުގައި ވާދަކުރަނީ: ފޮޓޯ-އެފްއޭއެމް

ބަނގުރޫޓް ވެފައިވާ އެފްއޭއެމްއިން ދިވެހި ޕްރިމިއަރ ލީގުގެ ތިންވަނަ ބުރު ނުކުޅެން ނިންމައިފިއެވެ.

ނަމަވެސް އެނިންމުން ނިންމާފައިވަނީ ފުރަތަމަ ޑިވިޝަންގެ ކްލަބްތައް ތަމްސީލްވާގޮތަށް އޮތް އެކްސްކޯއިން އެގޮތަށް ފާސްކޮށްގެންނެވެ. ލީގުގެ ދެވަނަ ބުރުގެ ތެރެއިން އެނިންމުން ނިންމީ އެފްއޭއެމް އިން ބުނި ގޮތުގައި ކްލަބްތަކާ މަޝްވަރާކޮށްފައެވެ. ތިން ބުރު ކުޅޭގޮތަށް ރާވާފައިވާ ލީގުގެ ފަހު ބުރު ނުކުޅެން ނިންމިއިރު, ދެ ޓީމެއް މިހާރުވެސް ވަނީ ލީގުން ވަކިވެފައެވެ. 80 ވަރަކަށް ދުވަހަށް ފަހު ލީގު އަލުން ފެށިއިރު ކްލަބް ވެލެންސިޔާއިން އޮތީ ލީގުގައި ވާދަކުރެވެން ނެތްކަން އަންފާގައެވެ. ލީގު ފެށިފަހުން ކްލަބް ގްރީން ސްޓްރީޓްސް އިންވެސް ލީގުގައި އިތުރަށް ވާދަކުރެވެން ނެތްކަން އަންގާ ލީގުން ވަކިވިއެވެ. ޔުނައިޓެޑް ވިކްޓްރީން ލީގުގައި ވާދަކުރިޔަސް ކިރިޔާ ޓީމް ހަމަވަނީއެވެ.

ކްލަބްތައް ލީގުން ވަކިވީ މާލީ ހާލަތު ތަންނުދޭތީއެވެ. އަދި ލީގުގައި ވާދަކުރަމުންދާ ގިނަ ޓީމްތައްވެސް އޮތީ މާލީ ގޮތުން އުނދަގޫ ހާލަތެއްގައެވެ. އެހާލަތަށް ކްލަބްތައް ދިއުމުގައި އެފްއޭއެމްއަށް ބަރޯސާވުމާއި, އެފްއޭއެމްއިން ދޭން އެއްބަސްވި ފައިސާ ނުދިނުން ހިމެނެއެވެ. އަދި ސަރުކާރުން ކްލަބްތަކަށް ދޭން ނިންމި ފައިސާ ދިނުމުގައިވެސް ތަފާތުކުރުންތައް ގެންގުޅެފައިވާކަމަށް ބައެއް ކްލަބްތަކުން ވަނީ ބުނެފައެވެ. އެންމެ ބޮޑު ސަބަބަކީ އެފްއޭއެމް ދަރަނިވެރިވެ ބަނގުރޫޓް ވެފައި އޮތުމެވެ. މުވައްޒަފުންނަށް މުސާރަ ނުދެވުމާއި, މީގެކުރިން އެއިދާރާއިން ގެނައި ކޯޗުންނަށް މުސާރަ ނުދީ އޮތް މައްސަލަތައް ބަލާ ފީފާއިން ޖޫރިމަނާއާއެކު މުސާރަތައް ދޭން އެންގުމެވެ. ރާއްޖޭގެ ބައެއް ކުންފުނިތަކަށްވެސް ދަރާފައި އޮތުމާއި, އެކުންފުނިތަކަށް ފައިސާ ދައްކަން ކޯޓްގެ ހުކުމްތައް އޮތުމެވެ.

ލީގު ދެބުރާ ހަމައިން ނިންމާލަން ނިންމިއިރު ލީގު ތާވަލްގެ އެއްވަނާގައި އޮތީ އީގަލްސް އެވެ. އެކަމަކު މެޗުގެ އަދަދު ހަމަކުރާއިރު ލީގު ދިފާއުކުރުމުގެ އަމިއްލަ ބާރު ޗެމްޕިއަން މާޒިޔާއަށް އެބައޮތެވެ. މީގެކުރިން 2021 ވަނަ އަހަރު ވެސް ލީގުގެ ތިންވަަނަ ބުރު ނުކުޅެ, ލީގު ނިންމާލިއެވެ. ނަމަވެސް އޭރު އެހާލަތު އައީ ކޮވިޑްގެ ސަބަބުންނެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް