Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވަގުތީ ގޮތުން ހަމަލާތައް ހުއްޓާލުން

ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ހުކުރުދުވަހު ހެނދުނު ހުއްޓާލާނެ

23 ނޮވެމްބަރު 2023 | ބުރާސްފަތި 19:00

މި އެއްބަސްވުމުގެ ދަށުން މިސުރާއި ޣައްޒާއާއި ގުޅޭ ރަފާހް ބޯޑަރުވެސް ހުޅުވާލަން ވަނީ ހަމަޖެހިފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 23 ނޮވެމްބަރު 2023 | ބުރާސްފަތި 19:00
ހަނގުރާމަ މެދުކަނޑާލަންއިސްރާއީލުން އެއްބަސްވެފައިވާއިރު، މުޅި ޣައްޒާވަނީ ބިމާހަމަވެފައި

ހަނގުރާމަ މެދުކަނޑާލަންއިސްރާއީލުން އެއްބަސްވެފައިވާއިރު، މުޅި ޣައްޒާވަނީ ބިމާހަމަވެފައި

އިސްރާއީލާއި ހަމާސްއާއި ދެމެދު، ޤައިދީން ބަދަލުކުރުމުގެ އެއްބަސްވުމަށް ހުކުރު ދުވަހު ޢަމަލުކުރަން ފަށާއިރު ހަމަލާތައް ދިނުންވެސް ހެނދުނު 7:00 އިން ފެށިގެން ހުއްޓާލާނެކަމަށް ޤަތަރުން ބުނެފިއެވެ.   

ގަތަރުގެ މެދުވެރިއެއްގެ ރޯލް އަދާކުރި، އިސްރާއީލާއި ހަމާސްއާއި ދެމެދު ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމަށް އަމަލު ކުރުމުގެ މަސައްކަތް ހުކުރު ދުވަހުގެ ހެނދުނު ފަށާނެ ކަމަށް ޤަތަރުގެ ޚާރިޖީ ވުޒާރާއިން ވަނީ ކަށަވަރު ކޮށްދީފައެވެ.

އެ މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ ޣައްޒާއަށް އިސްރާއީލުން ދެމުންދިޔަ ހަމަލާތައް ހަތަރު ދުވަހުގެ މުއްދަތަށް މެދުކަނޑާލާނީ ހުކުރު ދުވަހުގެ ހެނދުނު 7:00 އިން ފެށިގެން ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން، އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ 50 މީހަކު ދޫކޮށްލުމަށް އިސްރާއީލުން ވަނީ އެއްބަސްވެފަ އެވެ. 

މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ޣައްޒާގައި ބަންދުކޮށްފައި ތިބި އިސްރާއީލްގެ 13 އާންމުން ހުކުރު ދުވަހުގެ ހަވީރު 4:00 އެހާއިރު ޣައްޒާއިން ދޫކޮށްލާނެ އެވެ. އަދި މިސްރާއި އެކު އޮންނަ ރަފާހް ބޯޑަރު ހުރަސްކޮށް އެހީގެ ޓްރަކްތަކަށް ވެސް ޣައްޒާއަށް ވަނުމުގެ ހުއްދަ ދޭނެ އެވެ.

މި އެއްބަސްވުމަށް އަމަލު ކުރަން ފަށާއިރު، ޣައްޒާގައި އިސްރާއީލާއި ހަނގުރާމަވެރިންނާ ދެމެދު ހަ ހަފުތާއަށް ވުރެ ގިނަ ދުވަހު ހިނގި ވަރުގަދަ ކުރިމަތިލުންތަކުގައި ފަލަސްތީނުގެ 14،800 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި ހަމާސްގެ ރޮކެޓް ހަމަލާތަކުގައި އިސްރާއިލްގެ 1200 މީހުންވެސް މަރުވެފަ އެވެ.

އިސްރާއީލުން، ދާދި ފަހުން ޣައްޒާގެ އައްޝިފާ ހޮސްޕިޓަލްގެ ޑިރެކްޓަރު ހައްޔަރުކުރުމާ ގުޅިގެން ޣައްޒާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ ބަލި މީހުން އެ ސަރަހައްދުން ބޭރަށް ފަރުވާ އަށް ގެންދިއުމުގައި ޑަބްލިއުއެޗްއޯއާ ގުޅިގެން މަސައްކަތް ކުރުން ހުއްޓާލާނެ ކަމަށެވެ.  

ފަހަކަށް އައިސް ޤަތަރުން ދަނީ، އިސްރާއީލު ސިފައިންނާއި ޣައްޒާއާ ދެމެދު ކުރިން ހަދާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުންތަކަށް އަމަލީ ސިފަ ގެނައުމުގައި މެދުވެރި އެއްގެ ރޯލް އަދާކުރަމުންނެވެ. ނަމަވެސް މިފަދަ އެއްބަސްވުންތައް އެކުލަވާލި ނަމަވެސް ގިނަ ފަހަރަށް އޮންނަނީ އިސްރާއީލުން އެއްބަސްވުންތަކާއި ޚިލާފުވެ އިސްވެ ހަމަނުޖެހުން ހިންގާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2017

އިރުމަތީ ޤުދުސްގައި އިސްރާއީލުން އަނެއްކާ ވެސް 3 ލައްކަ ގެ އަޅަނީ

25 ޑިސެމްބަރު 2017
އިރުމަތީ ޤުދުސްގައި އިސްރާއީލުން އަނެއްކާ ވެސް 3 ލައްކަ ގެ އަޅަނީ
23 ޑިސެމްބަރު 2017

ދެކުނު ސޫދާނުގެ ހަނގުރާމަވެރި ގްރޫޕުތަކުން ހަމަލާތައް މެދުކަނޑާލަން އެއްބަސްވެއްޖެ

23 ޑިސެމްބަރު 2017
ދެކުނު ސޫދާނުގެ ހަނގުރާމަވެރި ގްރޫޕުތަކުން ހަމަލާތައް މެދުކަނޑާލަން އެއްބަސްވެއްޖެ
31 އޮކްޓޯބަރު 2017

އިސްރާއީލުން ވައިގެމަގުން ދިން ހަމަލާގެ ބަދަލު ހިފާނެކަމަށް ޣައްޒާއިން ބުނެފި

31 އޮކްޓޯބަރު 2017
އިސްރާއީލުން ވައިގެމަގުން ދިން ހަމަލާގެ ބަދަލު ހިފާނެކަމަށް ޣައްޒާއިން ބުނެފި
12 އޮކްޓޯބަރު 2017

ބަންގްލަދޭޝްގައި ރޮހިންޖާ މުސްލިމުންނަށް އެހީ ފޯރުކޮށްދެމުންދާ ތިން އެންޖީއޯއެއްގެ މަސައްކަތް ހުއްޓުވައިފި

12 އޮކްޓޯބަރު 2017
ބަންގްލަދޭޝްގައި ރޮހިންޖާ މުސްލިމުންނަށް އެހީ ފޯރުކޮށްދެމުންދާ ތިން އެންޖީއޯއެއްގެ މަސައްކަތް ހުއްޓުވައިފި
07 އޯގަސްޓު 2017

އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި

07 އޯގަސްޓު 2017
އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި
18 ޖޫން 2017

ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ

18 ޖޫން 2017
ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ
11 މާރިޗު 2017

މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން

11 މާރިޗު 2017
މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
07 ޖެނުއަރީ 2017

އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ

07 ޖެނުއަރީ 2017
އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް