Advertisement
ކ. މާލެ
|
25 ޖުލައި 2017 | އަންގާރަ 19:48
މެންބަރު ސައުދު
މެންބަރު ސައުދު
މުހައްމަދު ޝަރުހާން
ސައުދު ހައްޔަރުކުރުން
މެމްބަރު ސައުދު ހައްޔަރުކޮށްފި
ސައުދު ހައްޔަރުކޮށްފައިވަނީ ކުނޫޒްގައި ހުއްޓާ
ސައުދު ހުސައިން ހައްޔަރުކުރީ ކޯޓު އަމުރު ދެއްކުމަށްފަހު
ސައުދުގެ ގޮނޑި ގެއްލުނުކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ

ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސަައިން ހައްޔަރުކޮށްފި އެވެ.

 ސައުދު ހުސައިން ހައްޔަރުކޮށްފައިވަނީ، މ. ކުނޫޒް އިންނެވެ. ފުލުހުން ސައުފު ހައްޔަރު ކުރީ ކޯޓު އަމުރު ދެއްކުމަށްފަހު އެވެ.

ސައުދު ހައްޔަރުކޮށްފައިވާ އިރު ޕީޕީއެމްއިން ވަކިކުރި މެމްބަރުންގެ ގޮނޑީ ގެއްލުމާ ގުޅޭ ގޮތުން މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުވާފައިވެ އެވެ. އެ މެމްބަރުންގެ ގޮނޑީ ގެއްލޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ނަމަވެސް، އެ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނުނިންމަ އެވެ. އެ މައްސަަލަ ސުޕްރީމް ކޯޓުން ވަނީ ބަލައިގަނެފަ އެވެ.

ސައުދު ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ސައުދު ހައްޔަރުކުރުމަށް އަމުރުކޮށްފައިވަނީ  ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީޙުންކަނޑައަޅާފައިވާ ބަޔަކު،ފުލުހުންގެ ސަފުތައް ފަޅާލައިރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާތީ އެވެ.

އެހެން ނަމަވެސް މި އަުމރުގައި ހައްަޔރުކުރުމަށް  ބޭނުންވާ ސަބަބުގެ ގޮތުގައި ހިމަނާފައިވާ ބައިގައި ވަނީ މުހައްމަދު އަމީތު އަހްމަދު މަނިކުގެ ނަމެވެ.

މި އަމުރުގައި ހައްޔރުކުރަންޖެހޭ ސަބަބުގެ ގޮތުގައި ލިޔެފައިވަނީ "  ޖުލައި 24 ވަނަ ދުވަހު މަޖިލީހުގެ އިދާރާ ސަރަހައްދު ފުލުހުން ބަންދުކޮށްފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ބައެއް  ފުލުހުންގެ ސަފުތައް ފަޅާލާއި ރައްޔިތުންގެ މަޖިލީޙުގެ އިދާރާއަށް ވަދެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަގައި މުހައްމަދު އަމީތު އަހްމަދު މަނިކު ހައްޔަރު ނުކޮށް ބަހައްޓައިފި ނަމަ މީނާގެ ފުށުން މުޖުތަމައުގެ ސަލާމަތައް ނުރައްކާ ވެދާނެތީ އާއި މައްސަލައިގެހެއްކަށް ނުފޫޒު ފޯރުވެދާނެކަމަށް ފެންނާތީ." މިހެން ވަނީ ހިމަނާފަ އެވެ.

ސައުދު ހައްޔަރުކޮށްފައިވަނީ،ގާނޫނު އަސާސީގެ 532  ވަނަ މާއްދާ އާއި 615 ވަނަ މާއްދާއާއި ހަވާލާދެއްވާފަ އެެވެ. މި މައްސަލައިގައި ހެކީގެ ގޮތުގަިއ ހިމަނާފައިވަނީ ރައްޔިތުންގެ މަޖިލީޙުގެ އިދާރާގެ ސީޓީއާއި ހެކިންގެ ހެކިބަހެވެ.

ސައުދު ހައްޔަރުކޮށްފައިވާ އިރު، ހޯމަ ދުވަހުގެ ރޭ ވަނީ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް މިއަދު ޖަހާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް