Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިސް އިންތިޚާބު

މަޖިލިސް އިންތިޚާބަށް ނަގާ އޮފިޝަލުންގެ އެލަވަންސް ބޮޑުވާނެ: ހަބީބު

22 ނޮވެމްބަރު 2023 | ބުދަ 17:01

އޮފިޝަލުންގެ އެލަވަންސް ބޮޑު ކުރަން ނިންމީ ޤާނޫނުގައި މަޖިލިސް އިންތިޚާބު ބާއްވާ ތާރީޚު ދިމާވާނީ ރޯދަމަހަށް ކަމަށްވުމުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 22 ނޮވެމްބަރު 2023 | ބުދަ 17:01
އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް ހަބީބު

އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް ހަބީބު

މަޖިލިސް އިންތިޚާބަށް ނަގާ އޮފިޝަލުންގެ އެލަވަންސް ބޮޑުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ހަބީބު ވިދާޅުވީ އޮފިޝަލުން ލިބުމަށް ދަތިވާ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގައި އޮފިޝަލުންނަށް ދިނީ، ލޯކަލް ކައުންސިލް އިންތިޚާބުގައި ދިންވަރަށް ވުރެން ކުޑަ އެލަވަންސެއް ކަމަށް ވިދާޅުވިއެވެ.

އެ އެލަވަންސް ދީގެން އޮފިޝަލުން ލިބިދާނެކަމަށް ޤަބޫލުފުޅު ނުކުރައްވާކަން ފާހަގަކުރައްވާ ހަބީބު ވިދާޅުވީ ޤާނޫނުގައި މަޖިލިސް އިންތިޚާބު ބާއްވާ ތާރީޚު ދިމާވާނީ ރޯދަމަހަށް ކަމަށްވުމުން، އޮފިޝަލުންނަށް ދޭ އެލަވަންސް ބޮޑު ކުރައްވާނެ ކަމަށެވެ.

ހަބީބު ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގޮތަކީ ރަސްމީ ގަޑީގައި ވަޒީފާގައި އުޅުމަށްފަހު ޑިއުޓީ ނިމުމުން، އޮފިޝަލުނަށް ޓްރެއިނިންގ ފައްޓަނީ ރޭގަނޑާއެކު ކަމަށާއި ރޯދަ މަހަށް ބަލާނަމަ އެއީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތް ދުރާލާ ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރައްވަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމިޝަންގެ ވިސްނުމަކީ ރައްޔިތުންގެ ބައިވެރިވުން ވޯޓުގައި އޮންނާނެ ގޮތެއް ހޯދުން ކަަމަށާއި ރޯދަ މަހު އިންތިޚާބު އޮންނަނަމަ ވޯޓްލާ މީހުންގެ އަދަދު މަދުވާނެ ކަމަށް ހަބީބު ވިދާޅުވިއެވެ. ކޮންމެ އިރެއްގައި ވޯޓްލިނަމަވެސް ކޮމިޝަން އޮތީ އެކަމަށް ތައްޔާރަށް ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.

އީސީން އިތުރަށް ބުނީ ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން މަޖިލިސް އިންތިހާބު ބާއްވަން ޖެހޭ ކަމަށެވެ. ޤާނޫނު ބުނާ ގޮތުން މަޖިލިސް އިންތިހާބާ ގުޅޭ އެންމެހާ ކަންތައްތައް ނިންމަންޖެހޭ އެންމެ ފަހު ތާރީޚަކީ އޭޕްރީލް 28، 2024 އެވެ.

އިލެކްޝަންސް ކޮމިޝަންއިސްމާއީލް ހަބީބު

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
18 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟

18 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް