Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީއަށް އާ ޕީއެސްއެއް

މުސްއަބު ކުރިންވެސް ވަނީ ސަރުކާރުގެ ގިނަ މަގާމްތަކެއް ފުރުއްވާފައި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 25 ޖުލައި 2017 | އަންގާރަ 14:09
 މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ އާ ޕީއެސް މުޞްޢަބު ޢަބްދުﷲ

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ އާ ޕީއެސް މުޞްޢަބު ޢަބްދުﷲ

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ޕީއެސްގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ފެށިގެން ހަމަޖައްސަވާފައި ވަނީ މުޞްޢަބު ޢަބްދުﷲ އެވެ. އޭނާ މި މަގާމަށް އައްޔަން ކުރައްވާފައިވަނީ އަންގާރަދުވަހު (މިއަދު) އެވެ.

Advertisement - newsAdvertisement

މުޞްޢަބު ޢަބްދުﷲ އަކީ ސަރުކާރުގެ އެކިއެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. މުޞްޢަބު ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 2008 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސީނިއަރ ރިސާޗް އޮފިސަރެއްގެ މަޤާމުންނެވެ.

އެއަށްފަހު 2009 ވަނަ އަހަރު ހަމަ އެ އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ މަޤާމު ލިބިވަޑައިގެންނެވިއެވެ. އަދި ޕްރައިވަޓައިޒޭޝަން ކޮމެޓީގެ ސެކެޓްރިއޭޓްކަން ވެސް ކުރެއްވިއެވެ. އޭގެ ފަހުން 2010 ވަނަ އަހަރު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިވަޑައިގެން ޕޮލިސް ސަރޖަންޓެއްގެ މަޤާމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގައި މަސައްކަތްކުރެއްވިއެވެ.

އޭގެފަހުން 2012 ވަނަ އަހަރު އެކުވެރި ޢަރަބި އިމާރާތުގައި ރާއްޖޭގެ އެމްބަސީއެއް އުފެދުމާއެކު އެމްބަސީގެ ފަސްޓް ސެކްރެޓަރީކަމުގެ މަޤާމާއި ޑެޕިއުޓީ ހެޑް އޮފް މިޝަން ގެ މަޤާމު ފުރުއްވިއެވެ.

މުޞްޢަބު ޢަބްދުﷲ ތައުލީމު ހާޞިލްކުރެއްވީ މިސްރުގެ އަލް އަޒްހަރު ޔުނިވަރސިޓީން ބެޗްލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިންނެވެ.

އިތުރަށް ކިޔާލަން

23 މެއި 2017

އަރަބް އިސްލާމިކް-އެމެރިކަން ސަމިޓްގައި ރައީސް ޔާމީންގެ ބަޔާން ރަސްމީ ލިޔުމެއްގެ ގޮތުގައި!

23 މެއި 2017
އަރަބް އިސްލާމިކް-އެމެރިކަން ސަމިޓްގައި ރައީސް ޔާމީންގެ ބަޔާން ރަސްމީ ލިޔުމެއްގެ ގޮތުގައި!
21 މެއި 2017

އަރަބް އިސްލާމިކް އެމެރިކަން ސަމިޓްގައި ރައީސް ތަގުރީރު ނުކުރައްވާ!

21 މެއި 2017
އަރަބް އިސްލާމިކް އެމެރިކަން ސަމިޓްގައި ރައީސް ތަގުރީރު ނުކުރައްވާ!
18 މެއި 2017

އުމުރާ ގުރޫޕްތައް ހެދުމުގައި އިސްލާމިކް މިނިސްޓްރީގެ އޮފިޝަލެއްގެ ނުފޫޒް ފޯރުވާކަން ދޭހަވާ އޯޑިއޯއެއް

18 މެއި 2017
އުމުރާ ގުރޫޕްތައް ހެދުމުގައި އިސްލާމިކް މިނިސްޓްރީގެ އޮފިޝަލެއްގެ ނުފޫޒް ފޯރުވާކަން ދޭހަވާ އޯޑިއޯއެއް
18 މެއި 2017

މުޖުތަބާ އިކޮނޮމިކް މިނިސްޓްރީއަށް، އައްޒާމު އެންސްޕާގެ ސީއީއޯއަށް ހަމަޖައްސައިފި

18 މެއި 2017
މުޖުތަބާ އިކޮނޮމިކް މިނިސްޓްރީއަށް، އައްޒާމު އެންސްޕާގެ ސީއީއޯއަށް ހަމަޖައްސައިފި
18 މެއި 2017

އެންސްޕާގެ ސީއީއޯ އިކޮނޮމިކް މިނިސްޓްރީއަށް ބަދަލުކޮށްފި

18 މެއި 2017
އެންސްޕާގެ ސީއީއޯ އިކޮނޮމިކް މިނިސްޓްރީއަށް ބަދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު