Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް ވީއޭއެމްގެ ކުރީގެ ރައީސް ރިޔާޟް

ރިޔާޟް ވަނީ ވީއޭއެމްގެ ރައީސްކަމުގެ އިތުރުން، ޖެނަރަލް ސެކްރެޓަރީގެ މަޤާމު ވެސް އަދާކުރައްވާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2023 | ބުދަ 03:07
ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް ޢައްޔަން ކުރެއްވި، ވީއޭއެމްގެ ކުރީގެ ރައީސް މުޙައްމަދު ރިޔާޟް

ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް ޢައްޔަން ކުރެއްވި، ވީއޭއެމްގެ ކުރީގެ ރައީސް މުޙައްމަދު ރިޔާޟް

އައު ސަރުކާރުން އުފެއްދި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް، ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ކުރީގެ ރައީސް، މުޙައްމަދު ރިޔާޟް ޢައްޔަން ކުރައްވައިފި އެވެ.

އެ މަގާމަށް ރިޔާޟް އައްޔަން ކުރައްވާފައި ވަނީ އަންގާރަ ދުވަހު، ރައީސުލްޖުމްޙޫރިއްޔާގެ އޮފީހުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. ރިޔާޟަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. ރިޔާޟް އަކީ ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް ޢައްޔަން ކުރެއްވި ދެ ވަނަ ފަރާތެވެ. ހޯމަ ދުވަހު ރައީސުލްޖުމްޙޫރިއްޔާ ވަނީ ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް، ފުޓުބޯޅައިގެ ޚިދުމަތްތެރިޔާ އިބްރާހީމް އާމިރު (ސަލްސާ) ޢައްޔަން ކުރައްވައިފަ އެވެ.

ސްޓޭޓް މިނިސްޓަރުގެ މަޤާމަށް ރައީސުލްޖުމްޙޫރިއްޔާ ޢައްޔަން ކުރެއްވި ރިޔާޟް އަކީ، އިންޓަނޭޝަނަލް ވޮލީ ބޯޅަ ރެފްރީ އެކެވެ. މީގެ އިތުރުން ރިޔާޟް ވަނީ ވީއޭއެމްގެ ޖެނަރަލް ސެކްރެޓަރީގެ މަޤާމު ދެ ދައުރެއްގައި އަދާ ކުރައްވައިފަ އެވެ. އޭގެ ފަހުން، ވީއޭއްމެގެ ރައީސްކަމުގެ މަޤާމަށް ވެސް ރިޔާޟް ވަޑައިގެން ވަނީ، ވޮލީ އަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވައިފަ އެވެ.

ވީއޭއެމްގެ ރައީސްކަމުގެ މަޤާމު އަދާކުރެއްވުމަށް ފަހު ވެސް، ރިޔާޟް ވަނީ ވޮލީގެ މަސައްކަތުގައި އުޅުއްވައިފަ އެވެ. ޚާއްސަކޮށް ވޮލީ ބޯޅަ އަށް ދިމާވަމުން އަންނަ ގޮންޖެހުންތަކުގެ ވާހަކަ އާއި، ދިމާވާ މައްސަލަތަކުގެ ވާހަކަ ދައްކަވައިފައިވެ އެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާމުޙައްމަދު ރިޔާޒް (ވޮލީ)

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

މަރާމާތަށް ހޭންޑު ބޯޅަ ކޯޓު ބަންދު ކުރިތާ ދިހަ މަސް، މިހާރު އޮތީ ބޯ ގަސް ހެދިފައި

27 ނޮވެމްބަރު 2025
މަރާމާތަށް ހޭންޑު ބޯޅަ ކޯޓު ބަންދު ކުރިތާ ދިހަ މަސް، މިހާރު އޮތީ ބޯ ގަސް ހެދިފައި
04 އޮކްޓޯބަރު 2025

ދޮޅު އަހަރު ފަހުން ވެސް ރައީސް ވިދާޅުވީ، ފެންވަރު ރަނގަޅު ދަނޑެއް ހެދުމުގެ މަސައްކަތް ކުރައްވާ ކަމަށް

04 އޮކްޓޯބަރު 2025
ދޮޅު އަހަރު ފަހުން ވެސް ރައީސް ވިދާޅުވީ، ފެންވަރު ރަނގަޅު ދަނޑެއް ހެދުމުގެ މަސައްކަތް ކުރައްވާ ކަމަށް
15 ސެޕްޓެމްބަރު 2025

ސަރުކާރުން ފައިސާ ނުދިނުމުގެ ސަބަބުން، ސްޕެޝަލް އޮލިމްޕިކްސް ކުޅިވަރު ހުއްޓުމަކަށް

15 ސެޕްޓެމްބަރު 2025
ސަރުކާރުން ފައިސާ ނުދިނުމުގެ ސަބަބުން، ސްޕެޝަލް އޮލިމްޕިކްސް ކުޅިވަރު ހުއްޓުމަކަށް
03 ސެޕްޓެމްބަރު 2025

ފަލަސްޠީނުގެ ޒުވާން ޓީމު ރާއްޖޭގައި ކޭމްޕު ކުރުމުގެ ފުރުސަތު ދޭން ނިންމައިފި

03 ސެޕްޓެމްބަރު 2025
ފަލަސްޠީނުގެ ޒުވާން ޓީމު ރާއްޖޭގައި ކޭމްޕު ކުރުމުގެ ފުރުސަތު ދޭން ނިންމައިފި
17 ޖުލައި 2025

ކުރީ ސަރުކާރުން އުތީމުގައި މަސައްކަތް ފެށި ބޮޑު ފުޓުބޯޅަ ދަނޑު ނިންމައިފި

17 ޖުލައި 2025
ކުރީ ސަރުކާރުން އުތީމުގައި މަސައްކަތް ފެށި ބޮޑު ފުޓުބޯޅަ ދަނޑު ނިންމައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު