Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރާއި ހަށިހެޔޮކަމޭ ބެހޭ ވުޒާރާ

ކުޅިވަރު ވުޒާރާ އިން ރިބަން ކެނޑި ހުރިހާ މަޝްރޫޢުތަކަކީ ކުރީގެ ސަރުކާރުން ފަށާފައިވާ މަސައްކަތްތަކެއް

މަޚްލޫފް ވިދާޅުވީ އެ ހުރިހާ މަސައްކަތްތަކަކީ ވެސް ރާއްޖޭގެ އެކި ރަށްރަށުގައި ކުޅިވަރު ވަސީލަތްތައް ތަރައްޤީ ކުރުމަށް ރައީސް ޞާލިޙުގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ އެތައް ސަތޭކަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނިގެން ފެށިފައިވާ މަސައްކަތްތަކެއްކަން އެ ރަށްތަކުގެ ރައްޔިތުންނަށް ނޯޅޭނެކަން ކަށަވަރު ކަަމަށެވެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2024 | ހޯމަ 05:37
ތުރާކުނުގައި ޤާއިމު ކުރި ފުޓުބޯޅަ ދަނޑު ރައީސް ޞާލިޙު ހުޅުވައި ދެއްވަނީ

ތުރާކުނުގައި ޤާއިމު ކުރި ފުޓުބޯޅަ ދަނޑު ރައީސް ޞާލިޙު ހުޅުވައި ދެއްވަނީ

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އިން މަސައްކަތް ނިންމައި ހުޅުވި މަޝްރޫއުތަކަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު (އިބޫ)ގެ ސަރުކާރުގައި ފަށާފައިވާ މަސައްކަތްތައް ކަމަށް، އެ ސަރުކާރުގެ ކުޅިވަރު ވަޒީރު އަޙުމަދު މަޚްލޫފް ވިދާޅުވެއްޖެ އެވެ.

މަޚްލޫފް މިހެން ވިދާޅުވީ އެކަމާ ގުޅިގެން އާދީއްތަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ. އެގޮތުން ފާއިތުވި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކުޅިވަރު ވުޒާރާ އިން ބައެއް މަޝްރޫއުތައް ރަސްމީކޮށް ހުޅުވި މަންޒަރުތައް ސޯޝަލް މީޑިއާ އިން ފެނިފައިވާ ކަމަށާއި، އެއީ ކޮންއިރަކު ފަށާފައިވާ މަސައްކަތްތަކެއްތޯ ގިނަ ފަރާތްތަކުން ސުވާލު ކުރަމުން އަންނަ ކަމަށް މަޚްލޫފް ވަނީ ވިދާޅުވެފަ އެވެ. އަދި މަޚްލޫފް ވަނީ މަޝްރޫތަކުގެ ތަފްސީލުތައް ވެސް ހިއްސާކޮށްފަ އެވެ.

މަޚްލޫފް ވިދާޅުވީ އެ ހުރިހާ މަސައްކަތްތަކަކީ ވެސް ރާއްޖޭގެ އެކި ރަށްރަށުގައި ކުޅިވަރު ވަސީލަތްތައް ތަރައްޤީ ކުރުމަށް ރައީސް ޞާލިޙުގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ އެތައް ސަތޭކަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނިގެން ފެށިފައިވާ މަސައްކަތްތަކެއްކަން އެ ރަށްތަކުގެ ރައްޔިތުންނަށް ނޯޅޭނެކަން ކަށަވަރު ކަަމަށެވެ. އެކަން ފާހަގަ ކުރައްވައި މަޚްލޫފް ވިދާޅުވީ މިހާރުފެ ސަރުކާރުން މަސައްކަތްތައް އެއްކޮށް ފުރިހަމަ ކޮށްދެއްވައި، ރައްޔިތުންނަށް ބޭނުން ކުރަން ފެށިފައިވާތީ ވަރަށް އުފާކުރާ ކަމަށެވެ.

އެ ޕޯސްޓުގައި މަޚްލޫފް ވިދާޅުވީ އއ.އުކުޅަހު ފުޓުބޯޅަ ދަނޑަކީ ސަބްބޭސް، ޓާފް އަދި ލައިޓިންގެ މަސައްކަތްތައް ވެސް ރައީސް ޞާލިޙުގެ ސަރުކާރުގައި ކޮންޓްރެކްޓު ކުރެވިފައިވާ މަޝްރޫއެއް ކަމަށެވެ. އަދި އެ މަޝްރޫއުގެ ބައެއް އަމަލީ މަސަކަތް ވެސް އޭރު ފެށިފައިވާ ކަމަށާއި، ދަނޑު ނިންމާލުން ލަސްވެގެން ދިޔައީ ކޯވިޑު 19 ގެ ބަލި މަޑު ކަމުގެ ސަބަބުން އަދި މަސައްކަތްތައް ގިނަވުމުގެ ސަބަބުން ކަމަށް މަޚްލޫފް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ހދ.ނޮޅިވަރަމް ފުޓުބޯޅަ ދަނޑަކީ ވެސް ރައީސް ޞާލިޙުގެ ސަރުކާރުގައި މަސައްކަތް ފަށާފައިވާ ދަނޑެއް ކަމަށް މަޚްލޫފް ވިދާޅުވި އެވެ. އަދި އެ ދަނޑުގައި ޓާފް އެޅުމަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޓާފްގައި އަލިފާން ރޯކޮށްލުމުން މަސައްކަތް ނިންމާނުލެވި އޮތް ދަނޑެއްކަން ވެސް މަޚްލޫފް ފާހަގަ ކޮށްފައިވެ އެވެ. ތަފާތު ސަބަބުތަކާ ހެދި އެ ރަށުގެ މަސައްކަތް ލަސްވެގެން ދިޔަ ކަމަށާއި، ފަހުން ޓާފު އިއުލާންކޮށް ގެނެސްފައި ވަނީ މި ސަރުކާރުން ކަމަށް ވެސް މަޚްލޫފް ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން އެ ރަށުގެ ވޮލީ ކޯޓަކީ ވެސް ރައީސް ޞާލިޙުގެ ސަރުކާރުގައި ކޮންޓްރެކްޓު ކުރެވި، އަމަލީ މަސައްކަތް ފެށިފައިވާ މަޝްރޫއެއް ކަމަށް ވެސް މަޚްލޫފް ވިދާޅުވެފައިވެ އެވެ.

ހަމައެހެން ގދ.ފިޔޯރީ ވޮލީ ކޯޓުގެ މަޝްރޫއަކީ ރައީސް ޞާލިޙުގެ ސަރުކާރުގައި އެ ރަށުގެ ކައުންސިލާ ހަވާލުކޮށްގެން ކުރިއަށް ގެންދެވުނު މަސައްކަތެއް ކަމަށް ވެސް މަޚްލޫފްގެ ޕޯސްޓުގައި ވަނީ ވިދާޅުވެފަ އެވެ. އަދި ދ.ރިނބުދޫ އައުޓް ޑޯ ޖިމް އަކީ ވެސް ރައީސް ޞާލިޙުގެ ސަރުކާރުގައި އިއުލާންކޮށް، ރާއްޖެ ގެނެވިފައިވާ ޖިމް ސާމާނު ކަމަށް ވެސް މަޚްލޫފް ވަނީ ވިދާޅުވެފަ އެވެ. ޕޯސްޓު ނިންމާލަމުން މަޚްލޫފް ވިދާޅުވެފައި ވަނީ އެފަދަ އެތައް މަޝްރޫއުތަކެއް، އެކި ރަށް ރަށުގައި ކުރިއަށް ގެންގޮސް ނިންމާ، އަދި ފެށިފައިވާތީ އުފާ ކުރާ ކަމަށެވެ.

ނިމިދިޔަ ރައީސް ޞާލިޙުގެ ސަރުކާރުގައި ވަނީ ރާއްޖޭގެ އެކި ރަށްތަަކުގައި ބޮޑު ފުޓުބޯޅަ ދަނޑު ޤާއިމު ކުރުމުގެ އިތުރުން، ޒަމާނީ ފެންވަރުގެ އައުޓް ޑޯ ވޮލީ ކޯޓުތައް ޤާއިމު ކުރުމާއި، ފުޓްސަލް ދަނޑުތައް ޤާއިމު ކުރުމާއި، އައުޓް ޑޯ ޖިމް ޤާއިމު ކުރުމުގެ އިތުރުން ކުޑަކުދިންގެ ޕާކު ޤާއިމު ކުރުމުގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއަހުމަދު މަހުލޫފު

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި

ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި

04 ޑިސެމްބަރު 2025
މި ސަރުކާރަކީ މަގާމުތަކަށް މީހުން އައްޔަނު ކުރާއިރު ކުލަ އަކަށް ނަސަބަކަށް ހަސަބަކަށް ބަލާ ސަރުކާރެއް ނޫން: މެންބަރު ފަލާހު

މި ސަރުކާރަކީ މަގާމުތަކަށް މީހުން އައްޔަނު ކުރާއިރު ކުލަ އަކަށް ނަސަބަކަށް ހަސަބަކަށް ބަލާ ސަރުކާރެއް ނޫން: މެންބަރު ފަލާހު

03 ޑިސެމްބަރު 2025
ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
މަރާމާތަށް ހޭންޑު ބޯޅަ ކޯޓު ބަންދު ކުރިތާ ދިހަ މަސް، މިހާރު އޮތީ ބޯ ގަސް ހެދިފައި

މަރާމާތަށް ހޭންޑު ބޯޅަ ކޯޓު ބަންދު ކުރިތާ ދިހަ މަސް، މިހާރު އޮތީ ބޯ ގަސް ހެދިފައި

27 ނޮވެމްބަރު 2025
ޕީއެންސީއަށް ބަދަލުވުމުން މަހުލޫފަށް ދިން ހަދިޔާއަކީ ޖަޕާން ސަފީރުކަން

ޕީއެންސީއަށް ބަދަލުވުމުން މަހުލޫފަށް ދިން ހަދިޔާއަކީ ޖަޕާން ސަފީރުކަން

26 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު