Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

އެއްވެސް އެސޯސިއޭޝަނެއް ހިންގުމުގެ ތެރެއަށް ސަރުކާރަކުން ނުވަންނާނެ: މިނިސްޓަރު ރާފިޢު

ވަޒީރު ދެކިލައްވާ ގޮތުގައި އެސޯސިއޭޝަންތަކަށް ދިމާވެގެން އުޅޭ މައްސަލަތައް ޙައްލު ކުރުމަށްޓަކައި، އެންމެ މުހިންމު އެއް ކަމަކީ، ރަނގަޅަށް ވާހަކަ ދައްކައި، މަޝްވަރާ ކުރުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ނޮވެމްބަރު 2023 | އަންގާރަ 00:46
ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު މަގާމުގެ ފަތް ކޮޅާ ހަވާލުވެލައްވަނީ

ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު މަގާމުގެ ފަތް ކޮޅާ ހަވާލުވެލައްވަނީ

ރާއްޖޭގެ އެއްވެސް ކުޅިވަރު އެސޯސިއޭޝަނެއްގެ ހިންގުމުގެ ތެރެއަށް މިހާރުގެ ސަރުކާރުން ނުވަންނާނެ ކަމަށް، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހިންގުމުގައި ކަންތައްތައް ބޮއްސުން ލައިގެން ގޮސް، ދިވެހި ފުލުހުން ވަނީ އެ އިދާރާ އަށް ވަދެ، ބަލައި ފާސް ކުރުމަަށްފަހު، ތަޙުގީގަށް ބޭނުންވާ ސާމާނު ގެންގޮސްފަ އެވެ. އެއާ ވިދިގެން، ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ހިންގުމުގައި ވެސް މައްސަލަތަކެއް ވަނީ ދިމާވެފަ އެވެ. މި ދެ ކުޅިވަރަކީ ރާއްޖޭގެ އެންމެ ބޮޑު ދެ ކުޅިވަރު ކަަމަށްވާއިރު، އެ ކުޅިވަރުގެ އެސޯސިއޭޝަންތަކަށް ދިމާވެފައިވާ މައްސަލަ ޙައްލު ކުރަން ކުރައްވާނީ ކޮން ކަމެއްތޯ ސުވާލު ކުރުމުން، ވަޒީރު ވިދާޅުވީ، އެސޯސިއޭޝަންތަކާ ކޮމިއުނިކޭޓު ކޮށްގެން މައްސަލަތައް ޙައްލު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެހެން ނަމަވެސް، ހުރިހާ ކުޅިވަރެއް ހިމެނޭހެން، އެއްވެސް ކުޅިވަރު އެސޯސިއޭޝަނެއްގެ ހިންގުމުގެ ތެރެއަށް ސަރުކާރުން ނުވަންނާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

އޭގެ ބަދަލުގައި އެސޯސިއޭޝަންތަކާ ގުޅުން ހުރި އިދާރާތަކުން، އެސޯސިއޭޝަންތަކާ އެކު ވާހަކަަ ދައްކައި، މަޝްވަރާ ކުރާނެ ކަމަށް ވިދާޅުވި އެވެ. ވަޒީރު ދެކިލައްވާ ގޮތުގައި އެސޯސިއޭޝަންތަކަށް ދިމާވެގެން އުޅޭ މައްސަލަތައް ޙައްލު ކުރުމަށްޓަކައި، އެންމެ މުހިންމު އެއް ކަމަކީ، ރަނގަޅަށް ވާހަކަ ދައްކައި، މަޝްވަރާ ކުރުން ކަމަށެވެ. އެގޮތުން އެ މައްސަލަތައް ދިމާވަން ޖެހޭ މައިގަނޑު ސަބަބަކީ ކޮބައިތޯ ބަލައި، އެކަންކަމަށް ޙައްލު ގެންނަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެސޯސިއޭޝަންތަކުގެ ކަންކަން ބަލަހައްޓައި، އެސޯސިއޭޝަންތަކަށް ލަފާދޭ މުޢައްސަސާއެއް (ކޮމިޝަނަރ އޮފް ސްޕޯޓްސް) އޮންނަކަން ފާހަގަކުރައްވައި ރާފިޢު ވިދާޅުވީ، އޮންނަ ތަރަހައިގެ ތެރެއިން ކަންކަން ކުރިއަށް ގެންދިޔުމަށް އެ މުޢައްސަސާ އިން މަޝްވަރާ ކުރާނެ ކަމަށެވެ.

އެފްއޭއެމަށް މިހާރު ދިމާވެގެން އުޅޭ މައްސަލައިގައި ކުޅިވަރުގެ އެކި އެކި ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން، އެ އިދާރާ ހިންގުމުގައި މިހާރު ތިއްބެވި އިސް ފަރާތްތައް ފެއިލްވެފައިވާ ކަމަށް ފުޓުބޯޅަ އަށް ލޯބި ކުރާ ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެހެންކަމުން، އެފްއޭއެމްގެ މިހާރުގެ އިސްވެރިން މަގާމުންް ދުރަށް ދިޔުމަށް ވެސް ގިނަ ބަޔަކު ގޮވާލަ އެވެ.

އެފްއޭއެމްގެ މާލީ މައްސަލަތައް އިންތިހާ އަށް ބޮޑުވެފައިވާއިރު، އެ އިދާރާގެ އިސްވެރިންނާ ދެކޮޅަށް ދަނީ ޖިނާއީ ތަހުގީގެއް ވެސް ހިންގަމުންނެވެ. އެފްއޭއެމްގެ ވެރިންނާ ދެކޮޅަށް ކުރަނީ މަނީ ލޯންޑަރިންގެ ތުހުތަމެވެ. އެ މައްސަލައިގެ ތެރޭގައި، އެފްއޭއެމަށް އެކި އިދާރާތަކުން ލިބެމުން އަންނަ ފައިސާ، އެ އިދާރާގެ އިސްވެރިންގެ އަމިއްލަ އެކައުންޓާއި، އިސް ވެރިންނާ ގާތް ގުޅުން އޮންނަ ފަރާތްތަކުގެ އެކައުންޓުތަކަށް ޖަމާވެފައިވާ ކަމުގެ ހެކި އެބަ ހުރި ކަމަށް ދިވެހި ފުލުހުން ވަނީ ބުނެފަ އެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާޢަބްދުﷲ ރާފިޢު (ކުޅިވަރު ވަޒީރު)

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

މަރާމާތަށް ހޭންޑު ބޯޅަ ކޯޓު ބަންދު ކުރިތާ ދިހަ މަސް، މިހާރު އޮތީ ބޯ ގަސް ހެދިފައި

27 ނޮވެމްބަރު 2025
މަރާމާތަށް ހޭންޑު ބޯޅަ ކޯޓު ބަންދު ކުރިތާ ދިހަ މަސް، މިހާރު އޮތީ ބޯ ގަސް ހެދިފައި
04 އޮކްޓޯބަރު 2025

ދޮޅު އަހަރު ފަހުން ވެސް ރައީސް ވިދާޅުވީ، ފެންވަރު ރަނގަޅު ދަނޑެއް ހެދުމުގެ މަސައްކަތް ކުރައްވާ ކަމަށް

04 އޮކްޓޯބަރު 2025
ދޮޅު އަހަރު ފަހުން ވެސް ރައީސް ވިދާޅުވީ، ފެންވަރު ރަނގަޅު ދަނޑެއް ހެދުމުގެ މަސައްކަތް ކުރައްވާ ކަމަށް
15 ސެޕްޓެމްބަރު 2025

ސަރުކާރުން ފައިސާ ނުދިނުމުގެ ސަބަބުން، ސްޕެޝަލް އޮލިމްޕިކްސް ކުޅިވަރު ހުއްޓުމަކަށް

15 ސެޕްޓެމްބަރު 2025
ސަރުކާރުން ފައިސާ ނުދިނުމުގެ ސަބަބުން، ސްޕެޝަލް އޮލިމްޕިކްސް ކުޅިވަރު ހުއްޓުމަކަށް
03 ސެޕްޓެމްބަރު 2025

ފަލަސްޠީނުގެ ޒުވާން ޓީމު ރާއްޖޭގައި ކޭމްޕު ކުރުމުގެ ފުރުސަތު ދޭން ނިންމައިފި

03 ސެޕްޓެމްބަރު 2025
ފަލަސްޠީނުގެ ޒުވާން ޓީމު ރާއްޖޭގައި ކޭމްޕު ކުރުމުގެ ފުރުސަތު ދޭން ނިންމައިފި
17 ޖުލައި 2025

ކުރީ ސަރުކާރުން އުތީމުގައި މަސައްކަތް ފެށި ބޮޑު ފުޓުބޯޅަ ދަނޑު ނިންމައިފި

17 ޖުލައި 2025
ކުރީ ސަރުކާރުން އުތީމުގައި މަސައްކަތް ފެށި ބޮޑު ފުޓުބޯޅަ ދަނޑު ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު