Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
2024ގެ ބަޖެޓް

"ޑޮލަރުގެ އަގު ކުޑަކުރުމަށްޓަކައި އޯޕަން މާކެޓް އޮޕަރޭޝަންސް ފެށުމަށް މަޖުބޫރުވެދާނެކަމުގެ ބިރު އެބައޮތް"

ޚަރަދުތައް ހަމަޖެއްސުމަށް ދަރަނި ނެގުމަކީ ދެމެހެއްޓެނިވި ހައްލެއް ނޫންކަމަށް އެމްއެމްއޭ އިން ބުނޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2023 | ހޯމަ 09:51
ބަޖެޓް ކޮމިޓީގެ މަސައްކަތް

ބަޖެޓް ކޮމިޓީގެ މަސައްކަތް

ޑޮލަރުގެ އަގު ކުޑަކުރުމަށްޓަކައި އޯޕަން މާކެޓް އޮޕަރޭޝަންސް (އޯއެމްއޯ) ފެށުމަށް މަޖުބޫރު ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ބުނެފިއެވެ.

ހޯމަ ދުވަހު މަޖިލީހުގެ ބަޖެޓް ކޮމިޓީގައި އެމްއެމްއޭ އިން ވަނީ 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ލަފާދީފައެވެ.

Advertisement - newsAdvertisement

2024ވަނަ އަހަރުގެ ފައިނޭންސިން އަށް ބޭނުންވާ އަދަދުގެ ތެރޭގައި ބޭރުގެ ފައިސާ ހޯދަން ހުށަހަޅާފައިވާކަން އެމްއެމްއޭ އިން ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް ފާއިތުވި އަހަރުތަކުގައި ވެސް ބޭރުގެ ޤައުމުތަކުން ލިބޭނެ ކަމަށް ލަފާކުރާ އެހީ ނުލިބުމުން ޑޮމެސްޓިކް މާކެޓަށް ބަރޯސާވާ މިންވަރު އިތުރުވެގެންދާ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ. އެހެންކަމުން 2024 ވަނަ އަހަރު ތެރޭގައި ވެސް ޑޮމެސްޓިކް މާކެޓަށް ބަރޯސާވުމުގެ ހިރާސް ބޮޑުކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

އަންނަ އަހަރަށް ލަފާކުރާ އާމްދަނީ އިން 1.3 ބިލިއަން ރުފިޔާގެ ހިލޭ އެހީ ނުލިބުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ވެސް އެމްއެމްއޭ އިން ވަނީ ބުނެފައެވެ. އެހެންކަމުން ދަައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދާ ކޮންމެހެންކުރަން ޖެހޭ ޚަރަދުތައް ނޫނީ ނުކުރުމަށް އެމްއެމްއޭއިން ވަނީ ލަފާދީފައެވެ. މީގެ އިތުރުން ކުންފުނިތަކަކީ ފައިދާ ވާ ކުންފުނިތަކަށް ހަދާ، ކުންފުނިތަކަށް ފައިސާ ދޭ އިރު ދައުލަތަށް ބުރަ ނުވާނެ ގޮތެއް ހޯދުމަށް ވެސް ލަފާދީފައިވެއެވެ.

މީގެ އިތުރުން ކުރިއަށް އޮތް އަހަރުގައި ފައިސާ ޗާޕުކުރަން ޕްލޭނެއް ކޮށްފި ނަމަ ރާއްޖޭގެ އެކްސްޗޭންޖް ރޭޓަށް ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމަށް އޯއެމްއޯ އެއް ފެށުމަށް މަޖުބޫރުވެގެންދާނެ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ. ފޮރިން ރިޒަރވް އަށް ކުރާ އަސަރު ދެނެގަނެ އެކަމަށް އެކަށީގެންވާ ޕްލޭނެއް އެކުލަވާން ޖެހޭ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

ޚަރަދުތައް ހަމަޖެއްސުމަށް ދަރަނި ނެގުމަކީ ދެމެހެއްޓެނިވި ހައްލެއް ނޫންކަން ފާހަގަކޮށް އެމްއެމްއޭ އިން ބުނެފައި ވަނީ ފައިނޭންސިންގެ ގޮތުގައި އަންދާޒާ ކޮށްފައިވާ އަދަދުގެ ތެރެއިން 200 މިލިއަން ޑޮލަރު ނޮވެންބަރު މަހާއި ޑިސެމްބަރު މަހުގެ ތެރޭގައި ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލިސްއެމްއެމްއޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު