Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ރާފިޢުގެ އަމާޒަކީ ކުޅިވަރު އެސޯސިއޭޝަންތައް އަމިއްލަ ފައި މައްޗަށް ތެދުވެވޭ ވަރު ކޮށްދިނުން

އެންމެ ބޮޑު އެއް މަސައްކަތަކީ އެސޯސިއޭޝަންތަކަށް މާލީ ގޮތުން އެހީތެރިކަން ދިނުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ނޮވެމްބަރު 2023 | އަންގާރަ 00:41
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަކަށް ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު ވަޑައިގަންނަވަނީ

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަކަށް ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު ވަޑައިގަންނަވަނީ

ރާއްޖޭގައި ހިމެނޭ އެންމެހައި ކުޅިވަރު އެސޯސިއޭޝަންތަކަށް ބޭނުންވާ އެހީތެރިކަން ދެއްވައި، އެސޯސިއޭޝަންތައް އަމިއްލަ ފައި މައްޗަށް ތެދުވެވޭ ވަރު ކޮށްދެއްވާނެ ކަމަށް، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީ އަށް ދެއްވި ޚާއްސަ އިންޓަވިޔުއެއްގައި ރާފިޢު ވިދާޅުވީ، ކުޅިވަރު އެސޯސިއޭޝަންތައް ހަރުދަނާ ކުރަން ޖެހޭ ކަމަށާއި، އެއީ ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެގޮތުން އެސޯސިއޭޝަންތަކަށް ދޭންވާ އެހީތެރިކަން ފޯރު ކޮށްދޭނެ ނިޒާމެއް ކަނޑަ އަޅަން ޖެހޭ ކަމަށް ރާފިޢު ދެކިލައްވަ އެވެ. އެކަމުގެ ތެރެއިން މަސައްކަތްކޮށް، އެސޯސިއޭޝަންތައް އަމިއްލަ ފައި މައްޗަށް ތެދުވެވޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށް ރާފިޢު ވަނީ ވިދާޅުވެފަ އެވެ. އެކަމަށްޓަކައި، ކުރަން ޖެހޭ އެންމެ ބޮޑު އެއް މަސައްކަތަކީ އެސޯސިއޭޝަންތަކަށް މާލީ ގޮތުން އެހީތެރިކަން ދިނުންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މިއަދު އެސޯސިއޭޝަންތަކަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވެސް މާލީ ގޮންޖެހުން ކަމަށެވެ.

އެގޮތުން މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި އެސޯސިއޭޝަންތައް ބާރުވެރި ކުރުވުމަށް ވެސް ގިނަ ކަންކަން ކުރައްވަން ހިމަނުއްވާފައި ވާނެ ކަމަށް ރާފިޢު ވިދާޅުވި އެވެ. މާލީ ގޮތުން އެސޯސިއޭޝަންތައް ބާރުވެރި ކުރުވުމަކީ، ޤާނޫނީ ގޮތުން ކުރަން ޖެހޭ ކަމަކަށް ވެއްޖެ ނަމަ، އެ މަގުން މަސައްކަތް ކުރައްވައިގެން ވެސް، އެކަމަށް ނިޒާމެއް ޤާއިމު ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ރާފިޢު ވަނީ ވިދާޅުވެފަ އެވެ.

ކުޅިވަރު އެސޯސިއޭޝަންތަކަށް ބާރުވެރިކަން ދިނުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަބަދު ވެސް ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ވެސް، މާލީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކެވެ. އެކަން ޙައްލު ކުރުމަށް ސަރުކާރުތަކުން އަންނަނީ އަބަދު ވެސް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، ކުޅިވަރުގެ ޤައުމީ ކައުންސިލަކީ ވަރަށް މުހިންމު ތަނެއް ކަމަށެވެ. އެހެންކަމުން، އެމަނިކުފާނުގެ ވަޒީރު ކަމުގައި ކުޅިވަރުގެ ޤައުމީ ކައުންސިލް އިތުރަށް ހަރުދަނާކޮށް، މަސައްކަތްތައް މިހާރަށްވުރެ ބާރު ދުވެލީގައި ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެ ކައުންސިލްގެ މަސައްކަތް، މެދު ކެނޑުމެއް ނެތި، ދާއިމަށް ކުރިއަށް ގެންދެވޭނެ ގޮތްތަކަކަށް ކަންތައް އިންތިޒާމު ކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާޢަބްދުﷲ ރާފިޢު (ކުޅިވަރު ވަޒީރު)

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

މަރާމާތަށް ހޭންޑު ބޯޅަ ކޯޓު ބަންދު ކުރިތާ ދިހަ މަސް، މިހާރު އޮތީ ބޯ ގަސް ހެދިފައި

27 ނޮވެމްބަރު 2025
މަރާމާތަށް ހޭންޑު ބޯޅަ ކޯޓު ބަންދު ކުރިތާ ދިހަ މަސް، މިހާރު އޮތީ ބޯ ގަސް ހެދިފައި
04 އޮކްޓޯބަރު 2025

ދޮޅު އަހަރު ފަހުން ވެސް ރައީސް ވިދާޅުވީ، ފެންވަރު ރަނގަޅު ދަނޑެއް ހެދުމުގެ މަސައްކަތް ކުރައްވާ ކަމަށް

04 އޮކްޓޯބަރު 2025
ދޮޅު އަހަރު ފަހުން ވެސް ރައީސް ވިދާޅުވީ، ފެންވަރު ރަނގަޅު ދަނޑެއް ހެދުމުގެ މަސައްކަތް ކުރައްވާ ކަމަށް
15 ސެޕްޓެމްބަރު 2025

ސަރުކާރުން ފައިސާ ނުދިނުމުގެ ސަބަބުން، ސްޕެޝަލް އޮލިމްޕިކްސް ކުޅިވަރު ހުއްޓުމަކަށް

15 ސެޕްޓެމްބަރު 2025
ސަރުކާރުން ފައިސާ ނުދިނުމުގެ ސަބަބުން، ސްޕެޝަލް އޮލިމްޕިކްސް ކުޅިވަރު ހުއްޓުމަކަށް
03 ސެޕްޓެމްބަރު 2025

ފަލަސްޠީނުގެ ޒުވާން ޓީމު ރާއްޖޭގައި ކޭމްޕު ކުރުމުގެ ފުރުސަތު ދޭން ނިންމައިފި

03 ސެޕްޓެމްބަރު 2025
ފަލަސްޠީނުގެ ޒުވާން ޓީމު ރާއްޖޭގައި ކޭމްޕު ކުރުމުގެ ފުރުސަތު ދޭން ނިންމައިފި
17 ޖުލައި 2025

ކުރީ ސަރުކާރުން އުތީމުގައި މަސައްކަތް ފެށި ބޮޑު ފުޓުބޯޅަ ދަނޑު ނިންމައިފި

17 ޖުލައި 2025
ކުރީ ސަރުކާރުން އުތީމުގައި މަސައްކަތް ފެށި ބޮޑު ފުޓުބޯޅަ ދަނޑު ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު