Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ބޭނުންވަނީ ވަކި އުސޫލެއްގެ ދަށުން ކުޅިވަރު ކުރިއަށް ގެންދަން: މިނިސްޓަރު ރާފިޢު

ރާއްޖެ ހިމެނޭ އޭޝިއާ ސަރަހައްދުގައި ދިވެހި އެތުލީޓުންނަކީ މެޑަލް ކާމިޔާބު ކުރެވޭ ފެންވަރުގެ ބަޔަކަށް ހަދަން ބޭނުންވާ ކަމަށް ވެސް ރާފިޢު ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2023 | އަންގާރަ 00:37
މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ޢަބްދުﷲ ރާފިޢު، ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިޔުގެ ތެރެއިން

މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ޢަބްދުﷲ ރާފިޢު، ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިޔުގެ ތެރެއިން

ބޭނުންވަނީ ވަކި އުސޫލެއްގެ ދަށުން ދިވެހި ކުޅިވަރު ކުރިއަށް ގެންދަން ކަމަށް، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.

ރާފިޢު މިހެން ވިދާޅުވީ، ރާއްޖެ ޓީވީ އަށް ދެއްވި ޚާއްސަ އިންޓަވިޔުއެއްގަ އެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ކުޅިވަރު ވަކި ވުޒާރާއެއްގެ ގޮތުގައި ބޭއްވީ، ވަރަށް ގިނަ ކަންތައްތަކެއް ހާސިލު ކުރުމުގެ ނިޔަތުގައި ކަމަށް ވިދާޅުވި އެވެ. އެހެންކަމުން، އެ ވުޒާރާގެ އެންމެ ބޮޑު އެއް މެންޑޭޓަކީ، ވަކި އުސޫލެއްގެ ދަށުން ކުޅިވަރު ކުރިއަށް ގެންދިޔުން ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން، ބައިނަލްއަޤުވާމީ ފެންވަރުގައި ނުވަތަ ރާއްޖެ ހިމެނޭ އޭޝިއާ ސަރަހައްދުގައި ދިވެހި އެތުލީޓުންނަކީ މެޑަލް ކާމިޔާބު ކުރެވޭ ފެންވަރުގެ ބަޔަކަށް ހަދަން ބޭނުންވާ ކަމަށް ވެސް ރާފިޢު ވިދާޅުވި އެވެ. ހަމައެއާއެކު، އޮލިމްޕިކްސް ކުޅިވަރުތަކާއި، ނުވަތަ ވޯލްޑް ކަޕް ކަހަލަ މުބާރާތްތަކާ ހަމައަށް ދިޔުމަށް، ކޮށަން ޖެހޭ މަގާއި، ކުރަން ޖެހޭ ކަންތައްތަކުގެ ދިގު ރާސްތާ ޕްލޭނެއް އެކުލަވާލަން ބޭނުންފުޅުވާ ކަމަށް ރާފިޢު ވިދާޅުވި އެވެ. އެހާ ހިސާބަށް ދިވެހި އެތުލީޓުންނަށް ވާސިލުވެވޭނެ ގޮތް ކަނޑައަޅައި، އެކަންކަން ތަންފީޒު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން، އެއް އަހަރުން އަނެއް އަހަރަށް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވައިފަ އެވެ.

އެކަންކަމުގެ ތެރެއިން މަދަރުސާ ތަކުގެ މެދުގައި ކުޅިވަރުގެ ކަންކަން މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދަން ވެސް ރާފިޢު ބޭނުންވެލައްވަ އެވެ. އަނެއްކޮޅުން ރާއްޖޭގެ އެކި އެކި ކަންކޮޅުތަކުގައި ވީހާ ވެސް ގިނައިން ކުޅިވަރު ކުޅެވޭނެހެން މުބާރާތްތައް ބާއްވައި، ކުދިންގެ ހުނަރު އިތުރަށް ތަރައްޤީ ކުރުމަށް ވެސް ޚާއްސަ އަހަންމިއްޔަތު ކަމެއް ދިނުމަށް ވަނީ ނިންމަވައިފަ އެވެ. އެކަންކަމަށް ޓެކްނިކަލް އެހީތެރިކަން ބޭނުންވާނެކަން ފާހަގަކުރައްވައި ރާފިޢު ވިދާޅުވީ، އަވަށްޓެރި ޤައުމުތަކުގެ އެހީތެރިކަމާއެކު އެކަން ވެސް ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ދިވެހި އެތުލީޓުންގެ ފިޓްނަސް ރަނގަޅު ފެންވަރެއްގައި ބެހެއްޓުމަށް، އެންމެހާ ކުޅިވަރު އެސޯސިއޭޝަންތަކާއެކު މަސައްކަތް ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. އެގޮތުން، ކުޅުންތެރިންގެ ފިޓްނަސް ފެންވަރު ދެނެގަނެވޭނެ ގޮތްތަކާއި، އެކަންކަން ބެލެހެއްޓުމަށް އެކަށީގެންވާ ނިޒާމެއް އެކުލަވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. އެކަންކަމުގެ ތެރެއިން ކުޅިވަރުގެ ހައި ޕާފޮމަންސް ސެންޓަރެއް ޤާއިމު ކުރުމުގެ މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރައްވާނެ ކަމަށް ރާފިޢު ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ރެކްރިއޭޝަންގެ ތެރެއިން، ވެޓަރަންސް ނުވަތަ އިސް ރަށްވެހިންނަށް އަމާޒުކޮށްގެން ޚާއްސަ ކަންތައްތަކެއް ވެސް ކުރައްވަން ވަނީ ނިންމަވައިފަ އެވެ.

މީގެ ކުރިން ޒުވާނުން އަދި ކުޅިވަރު އެއްކޮށް ވުޒާރާ އޮތް ނަމަވެސް، އައު ސަރުކާރުން ނިންމަވާފައި ވަނީ އެ ދެ ބައި ވަކިކޮށްލުމަށެވެ. އެއީ، ދެ ބަޔަށް ވެސް ޚާއްސަ ސަމާލުކަމެއް ދެއްވަން ބޭނުންވާތީ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
މޮރީނޯ ބޭނުންވަނީ ރޫނީ އާއި އިބްރަހަމޮވިޗް މެންޔޫގައި މަޑުކުރުވަން

މޮރީނޯ ބޭނުންވަނީ ރޫނީ އާއި އިބްރަހަމޮވިޗް މެންޔޫގައި މަޑުކުރުވަން

04 މާރިޗު 2017
ލެސްޓަރ މެނޭޖަރުކަމުން ރެނީރީ ވަކިކޮށްފި

ލެސްޓަރ މެނޭޖަރުކަމުން ރެނީރީ ވަކިކޮށްފި

24 ފެބުރުއަރީ 2017
ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

15 ފެބުރުއަރީ 2017
ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު

ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު