Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިންޑިއާ ސިފައިން- ރާއްޖެ

އޮޅުވާލައްވަނީ ކާކަށްތޯ؟ އެމީހުން އެބަތިބިތޯ؟

އެއްވެސް ގައުމެއްގެ އަސްކަރިއްޔާއެއް މި ގައުމުގެ ފަސްގަނޑުގައި ތިބެން ބޭނުމެއް ނުވާކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2023 | އާދީއްތަ 08:01
ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު، ޑރ މުޢިއްޒު ދެއްވި ފުރަތަމަ ތަޤުރީރުގެ ތެރެއިން

ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު، ޑރ މުޢިއްޒު ދެއްވި ފުރަތަމަ ތަޤުރީރުގެ ތެރެއިން

ޑރ މުހައްމަދު މުއިއްޒު ކެމްޕޭނުގައި ވިދާޅުވަމުން ގެންދެވީ ރާއްޖެއަށް ހަގީގީ މިނިވަންކަން ހޯދައިދިނުމަށްޓަކައި ވެރިކަން ބަދަލުކުރަންޖެހޭ ކަމަށެވެ. ދިވެހިންގެ ރާއްޖެ ދިވެހިންނަށް ހޯދައިދެއްވާނީ ތިމަން މަނިކުފާނޭވެސް މުއިއްޒު ވިދާޅުވަމުން ގެންދެވިއެވެ.

ސަރުކާރުން ޤައުމުގެ މިނިވަންކަން ނަގާލައި، އެހެން ބައެއްގެ އަޅުވެތިކަމަށް ޤައުމު ވައްޓާލާފައިވާކަމަށް ބުނެ އޭރު ވެރިކަން ބަދަލުކުރަން ނުކުތް މީހުންވެސް ބުނަމުންދިޔައީ،  ގައުމު ވެއްޓިފައިވާ އަޅުވެތިކަމުން މިނިވަންކޮށް، ގައުމު ކޮޅަށް ޖެހޭނީ ޑރ މުޙައްމަދު މުއިއްޒަށް ކަމަށެވެ.

އެއާއެކު، އެންމެންވެސް އިންތިޒާރު ކުރަމުންދިޔައީ ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު، ރާއްޖޭގައި ހާހުން ތިބިކަމަށް ބުނާ އިންޑިއާ ސިފައިން ބޭރުކުރާ މަންޒަރު ބަލާށެވެ.

ހަމައެއާއެކު، އުތުރުތިލަފަޅުގެ އެއްބަސްވުމެއްގައި ޖެހި ނިމިދިޔަ ސަރުކާރު ބަދަލުކޮށްލަން މަޖުބޫރުވި އެއްބަސްވުން ރަސްމީކޮށް ހާމަ ކުރައްވާ މަންޒަރުވެސް ލަސްތަކެއް ނުވެ ފެންނާނެކަމަށް މީހުން ތިބީ ދެކިގެންނެވެ.

ސަބަބަކީ ނިމިދިޔަ ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނި އެއް ސަބަބަކީވެސް އެ އެއްބަސްވުން ހާމަ ނުކުރަން ނިންމީމައެވެ.

އިދިކޮޅުގައި އޮތް ޕީޕީއެމް ޕީއެންސީން އެކަން ސިފަ ކުރަމުންދިޔައީ އެއީ ޤައުމުގެ މިނިވަންކަން ނަގާލާވަރުގެ އަޑިނޭނގޭ އެއްބަސްވުންތަކެއްގެ ގޮތުގައެވެ. ވޯޓު ހޯދީވެސް އެ ވާހަކަ ރައްޔިތުންގެ ބޮލަށް ވައްދައިގެންނެވެ.

ވީއިރު، އެފަދަ އަޑިނޭނގޭ، ޤައުމަށް އެހާ ބޮޑު ނުރައްކަލެއް އޮތް އެއްބަސްވުމެއް ހާމަ ކުރައްވަން ޑރ މުއިއްޒު ޖެހިލުންވެވަޑައިގެން ނުވާނެއެވެ. ނަމަވެސް އަދި ފެންނަމުން މިދަނީ އެ މަންޒަރެއް ނޫނެވެ.

އެންމެ ފަހުން އިވިގެން ދިޔަ ޚަބަރަކީ ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިން އަނބުރައި އެގައުމަށް ގެންގޮސްދެއްވުމަށް އެދި އިންޑިޔާގެ ސަރުކާރުގައި ރަސްމީގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންނެވި ޚަބަރެވެ.

ކަންވީ ގޮތް އޮޅުން ފިލުވާލިއިރު، ރައީސް މިފަދައިން އެދިވަޑައިގެންނެވީ އިންޑިއާގެ މިނިސްޓަރ އޮފް އާތް ސައިންސެސް ކިރެން ރިޖިޖޫއާއެކު ބޭއްވެވި ޚާއްސަ ބައްދަލުކުރެއްވުމުގައެވެ.

އެހިސާބުން އެންމެންވެސް އުފައްދަމުންދާ ސުވާލަކީ، ވެރިކަން ލިބި، ބާރުތައް ލިބުމުން، މި ފެންނަނީ ކޮން މަންޒަރެއްބާއެވެ؟

މިނިވަންކަމުގެ ރަތް ރޮނގު ފަލަކޮށް ފަވާލެއްވުމަކީ މިނިވަންކަމަށް އޮތް ކޮންމެ ހުރަހެއް ވަގުތުން ވަގުތަށް ނައްތާލުން ނޫންބާއެވެ؟ އެވަރުގެ ކަމެއްގައި ސަރުކާރުން އެހާ ބޮޑަށް ފަހަތު ފަޔަށް މި ބުރަވަނީ ކީއްވެބާއެވެ؟

ރާއްޖޭގެ ގައުމީ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ މިންވަރަށް އިންޑިއާ ސިފައިން ހަތިޔާރާއެކު އުޅެމުންދާނަމަ، އެކަން ދަންނަވާނީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި އާތު މިނިސްޓަރުގެ އަރިހުގައިބާއެވެ؟

އެވަރުގެ ހައްސާސް ކަމެއްގައި ވަގުތުން އިންޑިއާ ސަރުކާރާއި، ދިފާއީ ވުޒާރާ، އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އިސް ކޮމާންޑަރުންނަށްވެސް އަންގަންޖެހޭ އެންގުންތައް އަންގައި، މި ޤައުމުގައި ތިބި ސިފައިން ބޭރުކުރަންވާނެނޫންތޯއެވެ؟

ވެރިކަން ބަދަލުކުރަން ދެއްކި މައިގަނޑު އެއް ސަބަބަކީ ހަނިމާދޫއާއި، އައްޑޫއާއި، ދެންވެސް އެކި ކަންކޮޅުތަކުގައި އުޅެނީ ހަތިޔާރާއެކު ޙަރަކާތްތެރިވާ އިންޑިއާ ސިފައިންކަމެވެ.

އެހެންކަމަށްވާނަމަ، އެ ވާހަކަ ދެއްކި ބައެއްގެ އަތްމައްޗަށް ވެރިކަން އައުމުން، ފުރަތަމަވެސް ކުރައްވާނެ ކަމަކީ އެކި ކަންކޮޅުތަކުގައި ތިބި އެ ބުނާ ހަތިޔާރު އެޅި ސިފައިންނެއް ވަގުތުން ވަގުތަށް ޤައުމުން ފޮނުވާލުންތާއެވެ.

ފުރަތަމަ ދުވަހު ކުރައްވާނެކަމަށް ހީކުރި މި މުހިއްމު މަސައްކަތް ހަފްތާއަކަށް ބަދަލުވެ، އެކަން މަސްތަކަކަށްވެ، އަހަރުތަކަކަށްވާތަން ބަލާކަށް ރައްޔިތުންނެއް ބޭނުމެއް ނުވާނެއެވެ.

ހަގީގަތަކީ، ގައުމީ ސަލާމަތާއި މިނިވަންކަމާ ގުޅުވައި އޭރު ދެއްކެވިހާ ވާހަކަތައް އަދިވެސް ދިވެހިންގެ ހަނދާނުގައި އެބަހުއްޓެވެ. އެކަންކަމަށް މިއަދުގެ ސަރުކާރުން ސާފުކޮށް ޖަވާބުދާރީވާންޖެހޭނެއެެވެ.

އޮޅުވާލައްވަނީ ކޮން ބަޔަކަށްތޯއެވެ؟ މިނިވަންކަމަށް ނުރައްކާވާ ގޮތަކަށް ހަގީގަތުގައިވެސް އަސްކަރީ އެއްބަސްވުންތަކެއް ހެދިފައިވޭތޯއެވެ؟ ވާނަމަ އެ އެއްބަސްވުންތައް އުވާލައްވަން އެހާ ވަގުތު ނަންގަވައިގެން ނުވާނެ ނޫންތޯއެވެ.  

ކޮމެންޓް

އިތުރަށް ކިޔާލަން

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

13 ފެބުރުއަރީ 2023
ޖަޕާނުގެ ހިތްވަރާއި ފެންވަރު، ވޯލްޑް ކަޕްގައި އޭޝިއާގެ އުއްމީދު އޮތީ އެމީހުންނާއެކު

ޖަޕާނުގެ ހިތްވަރާއި ފެންވަރު، ވޯލްޑް ކަޕްގައި އޭޝިއާގެ އުއްމީދު އޮތީ އެމީހުންނާއެކު

05 ޑިސެމްބަރު 2022
ގަތަރުން ނެގީ ވަރުގަދަ ޗެލެންޖެއް، ބޭނުމަކީ އެމީހުންގެ ކުޅަދާނަކަން ސާބިތުކޮށްދިނުން

ގަތަރުން ނެގީ ވަރުގަދަ ޗެލެންޖެއް، ބޭނުމަކީ އެމީހުންގެ ކުޅަދާނަކަން ސާބިތުކޮށްދިނުން

03 ނޮވެމްބަރު 2022
ޔޫކްރެއިންގެ އާއިލާއަކުން އެމީހުންގެ ޕެޓު ބުޅަލަށް ކީ އަސަރުގަދަ އަލްވަދާއުއެއް

ޔޫކްރެއިންގެ އާއިލާއަކުން އެމީހުންގެ ޕެޓު ބުޅަލަށް ކީ އަސަރުގަދަ އަލްވަދާއުއެއް

11 މާރިޗު 2022
އެއިޑްސް ޖެހެނީ ވަކި ބަޔަކަށް ނޫން، އެމީހުން ބާކީ ނުކުރޭ!

އެއިޑްސް ޖެހެނީ ވަކި ބަޔަކަށް ނޫން، އެމީހުން ބާކީ ނުކުރޭ!

01 ޑިސެމްބަރު 2021

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު