Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ބިންހެލުމުގައި އެހީތެރިކަން ފޯރުކޮށްދިނުން

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

އަނެއްކާ އެތަނުން ސަލާމަތްވި އާއިލާ މީހުން އެބަތިބޭ ބިލްޑިންގ ކައިރީގައި، ވަރަށް ބޮޑު ޕްރެޝަރގައި ޓީމްތައް މަސައްކަތް ކުރަނީ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2023 | ހޯމަ 02:15
ކިލިސް ގައި ހުންނަ ޕަރޓްނަރ ޖަމިއްޔާ ކަމަށްވާ އީހާހާ ގެ ލޮޖިސްޓިކް ސެންޓަރުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާނެ ޒަރޫރީ ކާބޯތަކެތި ފޯރުކޮށްދިނުމުގައި ޑރ. މުހައްމަދު އަލީ ހަރަކާތްތެރިވަނީ

ކިލިސް ގައި ހުންނަ ޕަރޓްނަރ ޖަމިއްޔާ ކަމަށްވާ އީހާހާ ގެ ލޮޖިސްޓިކް ސެންޓަރުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާނެ ޒަރޫރީ ކާބޯތަކެތި ފޯރުކޮށްދިނުމުގައި ޑރ. މުހައްމަދު އަލީ ހަރަކާތްތެރިވަނީ

ބިން ހެލުމުގައި ތުރުކީގައި ޒަހަމްވި މީހުންނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން ޓީމުގެ ފަރާތުން އެ ޤައުމަށް ދިޔައީ މީގެ ދެ ދުވަސްކުރިންނެވެ. ކިލިސް ގައި ހުންނަ ޕަރޓްނަރ ޖަމިއްޔާ ކަމަށްވާ އީހާހާ ގެ ލޮޖިސްޓިކް ސެންޓަރުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާނެ ޒަރޫރީ ކާބޯތަކެތި ފޯރުކޮށްދިނުމުގައި ވެސް ޓީމުން ވަނީ ހަރަކާތްތެރިވެފައެވެ. އެގޮތުން ހޯޓް މީލްސް ބެހުމާއި ތަކެތި އުފުއްލުމުގައި ވެސް އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. ތުރުކީގެ އިތުރުން ސީރިޔާއަށް ވެސް ދުވާލެއްގެ މައްޗަށް 50،000 ހޮޓް މީލްސް ވަނީ ފޯރުކޮށްދީފައެވެ.

ރާއްޖެއެމްވީއަށް ޑރ. މުހައްމަދު އަލީ ވިދާޅުވީ ސާރޗް އެންޑް ރެސްކިއު ޓީމްތަކުގެ ބައެއް ބޭފުޅުންނާއި ދިމާވެ ވާހަކަ ދައްކާލަން ފުރުސަތު ލިބުނު ކަމަށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ތުރުކީއަށް މީހުން އެހީ ފޯރުކޮށްދިނުމަށް ގޮސްފައިވާއިރު އޭގެ ތެރޭގައި 70ށް ވުރެން ގިނަ އެކްސްޕާޓުން ހިމެނޭ ކަމަށް ވެސް ވިދާޅުވިއެވެ. މި މީހުންނަކީ ނޭޕާލް ބިންހެލުން، އިންޑަނޭޝިޔާ ބިންހެލުމުގައި ވެސް އަމަލީ ގޮތުން މަސައްކަތް ކޮށްފައި ތިބި މީހުންނެވެ.

ސިންގަޕޫރު ޓީމު ތުރުކީއަށް ގޮސްފައިވާއިރު މީހުން ހޯދުމުގެ އެންމެ ޒަމާނީ މޮޅު ވަސީލަތްތައް ވެސް ހުރީ އެމީހުންގެ އަތުގައެވެ. އެގޮތުން އިމާރާތުގައި އަޑީގައި އޮތްނަމަ މީހަކު ކުޑަ އަޑެއް ލެއްވިޔަސް އަޑުއިވޭވަރަށް ސައުންޑް ނެގޭ އިކުއިޕްމަންޓްތައް ހުރިކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.  

އެގޮތުން އެހީތެރިކަން ސަރޗް އެންޑް ރެސްކިއު ޓީމުގެ ދެ މީހުންނާ ވާހަކަ ދައްކާލެވުނު ކަމަށް ވިދާޅުވިއެވެ. އެންމެ ހަށިގަނޑެއް ނަގަން ވެސް 6 ގަޑި އިރު ނުވަތަ 7 ގަޑި އިރު މަސައްކަތް ކުރާ ކަމަށް އެމީހުން ބުންޏެވެ.

ސަރޗް އެންޑް ރެސްކިއު ޓީމުގައި އުޅޭ މީހުންނަށް ނަފްސާނީ ގޮތުން ވެސް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަމަށް ވިދާޅުވިއެވެ. ތަނުގައި މިހާ ހާލަތު ގޯސްވެފައިވާއިރު ގެތަކުގެ ތެރޭގައި ހުންނަ މުދާ ވެސް ވަގަށް ނެގުމަށް ބައެއް މީހުން މަސައްކަތްކުރާ ކަމަށާއި އެމީހުން ފަހަތުން އާއިލާ މީހުން އުޅެންޖެހޭ ކަމަށް މައުލޫމާތު ދިނެވެ.

ކަހަރަމަންމަރަސްގައި ސީޓީ އޭރިއާ ސެންޓަރު ކައިރީގައި ކުނި ވަސް ދުވާއިރު ބެލެވެނީ މީހުން މަރުވެގެން ދުވާ ވަސްތައް ކަމަށް ވިދާޅުވިއެވެ.

ތަނުގެ ހާލަތު ސިފަކޮށްދެއްވަމުން ޑރ. މުހައްމަދު އަލީ ވިދާޅުވީ އިމާރާތްތަކުގެ އަޑީގައި ތާށިވެފައިވާ އާއިލާ މީހުން ދެކޮޅަށް ހިނގާ، ރޮއެ ހަދާ ކަމަށެވެ. އަދި ބައެއް އާއިލާ މެމްބަރުން ނުފެނިގެން ވެސް ގޮތް ހުސްވެގެން އުޅޭކަމަށެވެ. މިއީ ބަލަން ވަރަށް ހިތްދަތި މަންޒަރެކެވެ.

ވެހިކަލްތައް ހުއްޓަސް އަޑީގައި އޮންނަ މީހުންނަށް އަނިޔާވެދާނެ ކަމަށް އެތަކެތި ބޭނުންކުރަން ތުރުކީގައި ބޭނުމެއް ވެސް ނުކުރެއެވެ. މިހާރު ދިރިހުރުމުގެ ހަށިގަނޑެއް ނެގުމުގެ ފުރުސަތު ކުޑަވެފައިވާއިރު ގެއްލިފައި ތިބި މީހުންގެ ހަށިގަނޑުތައް ފެނޭތޯ ބެލުމުގެ މަސައްކަތް އެތަނުގައި ކުރިއަށްދާ ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުން ބުނީ ހީކުރި ވަރަށް ވުރެން ވެސް ބޮޑަށް ދިވެހިންގެ ފަރާތުން އެހީތައް ލިބެމުންދާ ކަމަށެވެ. އަދިވެސް ބިންހެލުމުގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން އިންޓަރނޭޝަނަލް އެއިޑް ކެމްޕޭންގެ ބީއެމްއެލް އިސްލާމިކް އެކައުންޓް ނަމްބަރު: 7770000062741 އަށް ފައިސާ ޖަމާ ކުރެވޭނެއެވެ.  

މި ހިނގާ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ތުރުކީވިލާތާއި ސީރިޔާއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 30،000ށް ވުރެ މައްޗަށް މިހާރު ވަނީ އަރާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުހައްމަދު އަލީ: 20 ވަނަ ގަރުނުގެ އެންމެ ވަރުގަދަ ޝަހްސިއްޔަތު

މުހައްމަދު އަލީ: 20 ވަނަ ގަރުނުގެ އެންމެ ވަރުގަދަ ޝަހްސިއްޔަތު

08 ޖެނުއަރީ 2018
ރައީސް ޔާމީނު ކަންފަތުން އަސްލު ވެސް މަޑު ނަގަން ޖެހޭ، ބައެއް ވާހަކަތައް އިވޭ ކަމަކަށް ނުވޭ!

ރައީސް ޔާމީނު ކަންފަތުން އަސްލު ވެސް މަޑު ނަގަން ޖެހޭ، ބައެއް ވާހަކަތައް އިވޭ ކަމަކަށް ނުވޭ!

01 ޖެނުއަރީ 2018
ގާރީގެ މަޖުބޫރީ ހާލާތު ޝާފިއުގެ ދުލުން: ފާރިސް ގޮޅިއަކަށް ފެއްތުން!

ގާރީގެ މަޖުބޫރީ ހާލާތު ޝާފިއުގެ ދުލުން: ފާރިސް ގޮޅިއަކަށް ފެއްތުން!

09 ނޮވެމްބަރު 2017
ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........

ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........

29 އޮކްޓޯބަރު 2017
 ރަޝީދުގެ އަންހެނުންގެ ދުލުން: ފިރިމީހާ ނިޔާވެގެންދިޔައީ ނަޖިސް މުންޑާއެކު

ރަޝީދުގެ އަންހެނުންގެ ދުލުން: ފިރިމީހާ ނިޔާވެގެންދިޔައީ ނަޖިސް މުންޑާއެކު

12 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު