Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލް އިއްތިހާދު

އަލް އިއްތިހާދުގެ ކޯޗަކަށް ގަލާޑޯ ހަމަޖައްސައިފި

19 ނޮވެމްބަރު 2023 | އާދީއްތަ 05:27

އަލް އިއްތިހާދުގެ ކޯޗުކަމާ ގަލާޑޯ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ނޮވެމްބަރު 2023 | އާދީއްތަ 05:27
އަލް އިއްތިހާދުގެ ކޯޗަކަށް ހަމަޖެއްސި އާޖެންޓީނާގެ ގަލާޑޯ

އަލް އިއްތިހާދުގެ ކޯޗަކަށް ހަމަޖެއްސި އާޖެންޓީނާގެ ގަލާޑޯ

ހުސްވެފައިވާ އަލް އިއްތިހާދުގެ ކޯޗުކަމުގެ މަގާމަށް އާޖެންޓީނާގެ މާސެލޯ ގަލާޑޯ ހަމަޖައްސައިފި އެވެ.

އެ މަގާމަށް އުމުރުން 47 އަހަރުގެ ގަލާޑޯ ހަމަޖައްސާފައިވާކަން އަލް އިއްތިހާދުން ވަނީ ރަސްމީކޮށް ހާމަކޮށްފަ އެވެ. އަލް އިއްތިހާދުގެ ކޯޗުކަމާ ގަލާޑޯ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން، 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ކުލަބުގައި ހުންނާނެ އެވެ. އެ މުއްދަތު ހަމަވުމުން، އަލް އިއްތިހާދުން ބޭނުންވާ ހިނދެއްގައި، އިތުރު ދެ އަހަރަށް އެއްބަސްވުން އައު ކުރުމުގެ ފުރުސަތު ވެސް އެއްބަސްވުމުގެ ދަށުން އޮވެ އެވެ. އަލް އިއްތިހާދުގެ ކޯޗުގެ ގޮތުގައި ރަސްމީކޮށް ގަލާޑޯ ދައްކާލުން އޮންނާނީ މި ހަފްތާ ބަންދުގަ އެވެ.

ގަލާޑޯ އޭނާގެ ކޯޗިން ކެރިއަރު ފެށީ 2011 ވަނަ އަހަރު އުރުގުއޭގެ ނަސިއޯނެލް އިންނެވެ. އެ ކުލަބަށް އެއް އަހަރު ދުވަހު އިރުޝާދު ދިނުމަށްފަހު، އޭނާ ވަނީ އެ ކުލަބު ދޫކޮށްލައިފަ އެވެ. އޭގެ ދެ އަހަރު ފަހުން 2014 ވަނަ އަހަރު ގަލާޑޯ ހަވާލުވީ އާޖެންޓީނާގެ ރިވާ ޕްލޭޓަށެވެ. އެ ކުލަބު އޭނާ ދޫކޮށްލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އޭގެ ފަހުން ގަލާޑޯ ހުރީ ދުވަސްކޮޅަކަށް ބްރޭކަށް ނަގަައިގެންނެވެ.

އަލް އިއްތިހާދުގެ ކޯޗުކަމުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުރި ޕޯޗުގަލްގެ ނޫނޯ އެސްޕިރިޓޯ ސަންޓޯ މަގާމުން ވަކި ކުރުމާއެކު އެވެ. އޭގެ ފަހުން އަލް އިއްތިހާދުން ގެންނަން ބޭނުންވި ކޯޗުންގެ ލިސްޓުގައި އޮތީ ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ޒިދާން، ރޯމާގެ މިހާރުގެ ކޯޗު މޮރީނިއޯ އަދި ސެވިއްޔާގެ ކުރީގެ ކޯޗު ލޮޕެޓެގީ އެވެ. މީގެ ތެރެއިން ލޮޕެޓެގީ އާއެކު އަލް އިއްތިހާދުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރި ނަމަވެސް، އޭނާ ވަނީ އެ ކުލަބާ ހަވާލުނުވާން ނިންމައިފަ އެވެ. ގަލާޑޯ އާއެކު އަލް އިއްތިހާދުން މަޝްވަރާ ކުރަން ފެށީ އޭގެ ފަހުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

14 މާރިޗު 2017

ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ

14 މާރިޗު 2017
ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
20 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

20 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް
20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
05 ފެބުރުއަރީ 2017

ނިއުގެ ކެޕްޓަނަކަށް އިމްރާން ހަމަޖައްސައިފި

05 ފެބުރުއަރީ 2017
ނިއުގެ ކެޕްޓަނަކަށް އިމްރާން ހަމަޖައްސައިފި
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް