Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝަމާލް ރިޓަޔަރ ކުރެއްވުން

ޗީފް އޮފް ޑިފެންސްގެ މަގާމަށް އަބްދުއްރަހީމް އައްޔަން ކުރެއްވީ ޝަމާލް ރިޓަޔަރ ކުރެއްވުމުން

ޝަރަފުގެ ނިޝާނުގެ ގޮތުގައި، 13 ކުލައާއި، 9 މެޑަލް ލިބިވަޑައިގެންނެވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 18 ނޮވެމްބަރު 2023 | ހޮނިހިރު 12:25
ޗީފް އޮފް ޑިފެންސްގެ މަގާމުގައި ހުންނެވި ލެފްޓިނެންޓް ޖެނެރަލް އަބްދުﷲ ޝަމާލު

ޗީފް އޮފް ޑިފެންސްގެ މަގާމުގައި ހުންނެވި ލެފްޓިނެންޓް ޖެނެރަލް އަބްދުﷲ ޝަމާލު

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ލެފްޓިނަންޓް ޖެނެރަލް ޢަބްދުﷲ ޝަމާލް މަގާމުން ރިޓަޔަރ ކުރައްވައިފިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު، ޗީފް އޮފް ޑިފެންސްގެ މަގާމަށް ޝަމާލް އައްޔަން ކުރެއްވީ 11 ޑިސެމްބަރު 2018ގައެވެ. ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ސިފައިންގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ނ) އިން ލިބިދޭ ބާރުގެ ދަށުން ހޮނިހިރު ދުވަހު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް، މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އައްޔަން ކުރެއްވީ ޝަމާލް ރިޓަޔަރ ކުރެއްވުމުންނެވެ.

ލެފްޓިނަންޓް ޖެނެރަލް ޢަބްދުﷲ ޝަމާލަކީ، 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދިވެހި އަސްކަރިއްޔާއަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އޭނާ ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1988 ވަނަ އަހަރު ޕްރައިވެޓެއްގެ ގޮތުގައެވެ.

ލެފްޓިނަންޓް ޖެނެރަލް ޢަބްދުﷲ ޝަމާލްގެ ޚިދުމަތުގެ ތެރެއިން، ސިފައިންގެ އެކި ދާއިރާތަކުގައި ކޮމާންޑް އަދި ސްޓާފް އެޕޮއިންޓްމަންޓްތައް އަދާކުރެއްވިއެވެ. އަދި ދިވެހި ސަރުކާރުން ބޭރުގެ އަސްކަރިއްޔާއަކަށް ފުރަތަމަ ކަނޑައެޅުއްވި ޑިފެންސް އެޑްވައިޒަރުގެ ގޮތުން، 2005ން 2008 އަށް، އިންޑިއާގައި ޚިދުމަތް ކުރެއްވިއެވެ.

ޝަމާލް ވަނީ އެމެރިކާގެ ފޯޓް ބެނިންގ އަދި އިންޑިއާގެ ޑިފެންސް ސަރވިސަސް ސްޓާފް ކޮލެޖް، ވެލިންގޓަން ފަދަ ދުނިޔޭގެ ކުރިއަރައިފައިވާ އަސްކަރީ ތަމްރީނު މަރުކަޒުތަކުން ތަމްރީނު ހާސިލުކުރައްވައިފައެވެ. އަދި އެމެރިކާއާއި އިނގިރޭސިވިލާތާއި އިންޑިއާއިން 3 މާސްޓަރޒް ޑިގްރީ ހާސިލުކުރައްވައިފައިވާއިރު، މީގެތެރެއިން އެމެރިކާގެ ވޮޝިންގޓަންގައި ހުންނަ ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީން ފުރިހަމަކުރެއްވި މާސްޓަރ އޮފް އާޓްސް އިން ސްޓްރެޓީޖިކް ސެކިއުރިޓީ ސްޓަޑީޒް ޕުރޮގުރާމުން 4.0 ގެ ގްރޭޑް ޕޮއިންޓް އެވްރެޖް ހޯއްދަވައި، ކޯހުގެ "ޑިސްޓިންގުއިޝްޑް އޮނަރ ގްރެޖުއޭޓް" މަގާމު ހާސިލުކުރެއްވިއެވެ. އަދި ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީގެ ދަސްވެނިންނަށް ދެވޭ އެންމެ މަތީ ޝަރަފު ކަމުގައިވާ "އިންޓަރނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް" ގައި ހިމެނުމުގެ ޝަރަފް، 09 އޮގަސްޓު 2022 ގައި ވަނީ ޝަމާލަށް އަރުވައިފައެވެ.

ޝަމާލް ސިފައިންގޭގައި އިޚުލާސްތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، ޝަރަފުގެ ނިޝާނުގެ ގޮތުގައި، 13 ކުލައާއި، 9 މެޑެލް އަރުވައިފައިވެއެވެ. މި ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ޚާއްޞަ ޚިދުމަތުގެ ކުލަ، ކާމިޔާބީގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ ހިމެނެއެވެ. ކާމިޔާބީގެ ކުލަ ހަތަރުފަހަރު ލިބިވަޑައިގެންފައިވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް، އިޚުލާޞްތެރި ޚިދުމަތުގެ މެޑެލް، ސިފައިންގެ ޚިދުމަތުގެ މެޑެލް، 3 ނޮވެންބަރުގެ މެޑެލް، އަދި މަތިވެރި ޚިދުމަތުގެ މެޑެލް ހިމެނެއެވެ.

މީގެ އިތުރުން މިއަހަރު ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ވެސް ޝަމާލަށް ވަނީ ލިބިވަޑައިގެންފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި

ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި

ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި

16 ފެބުރުއަރީ 2017
ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

15 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު