Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސުލްޖުމްޙޫރިއްޔާ ޑރ މުޢިއްޒު

މުޢިއްޒުގެ ފުރަތަމަ ތަޤުރީރުގައި ފަލަސްޠީނުގެ ވާހަކަ ނެތުމުން ފަޅުކަން!

ފަލަސްޠީނަށް ދެމުންދާ ޙަމަލާތަކަށް އެމެރިކާ ވާގިވެރިވާއިރު، އެމެރިކާ ރައީސްގެ މަމްދޫބުންގެ ކުރިމަތީ، ދިވެހިންގެ ރައީސް ފަލަސްޠީނުގެ ޙައްގުގައި ބަސް ބުނަން ކެރިވަޑައިގަންނަވަން ޖެހޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 ނޮވެމްބަރު 2023 | ހޮނިހިރު 06:32
ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު، ޑރ މުޢިއްޒު ދެއްވި ފުރަތަމަ ތަޤުރީރުގެ ތެރެއިން

ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު، ޑރ މުޢިއްޒު ދެއްވި ފުރަތަމަ ތަޤުރީރުގެ ތެރެއިން

ދިވެހިރާއްޖެ އަކީ އަބަދު ވެސް ފަލަސްޠީނުގެ ރައްޔިތުންނާއެކު ދެމި އޮންނަ ޤައުމެކެވެ. އާބާދީގެ ގޮތުން ރާއްޖެ ކިތަންމެ ކުޑަ ނަމަވެސް، ދުނިޔޭގެ ބޮޑެތި ޙަފްލާތަކުގައި ވެސް ދިވެހިން ވަނީ ފަލަސްޠީނުގެ ޙައްގުގައި ބަސް ބުނެފަ އެވެ. އަބަދު ވެސް ދިވެހިންގެ ސްޓޭންޑަކީ، ފަލަސްޠީނާއެކު ތިބުމެވެ. މިއީ މިހާތަނަށް އައިއިރު، ދުވަހަކު ވެސް ބަދަލު ނުވެ އޮތް ކަމެކެވެ.

ހުކުރު ދުވަހަކީ ރާއްޖޭގެ ޖުމްޙޫރީ ހަޔާތުގައި ވަރަށް ވެސް މުހިންމުވި ދުވަހެކެވެ. ރާއްޖޭގެ އަށް ވަނަ ރައީސް ނުވަތަ ދެ ވަނަ ޖުމްޙޫރިއްޔާގެ ހަތް ވަނަ ރައީސް، ރައީސްކަމުގެ ހުވާ ކުރެއްވި ދުވަހެވެ. އައު ސަރުކާރަކަށް ދިވެހި އުންމަތް މަރުޙަބާކީ އުފާވެރި ދުވަހެވެ. އިއްތިފާގުން ނަމަވެސް މި ދުވަސް މި ދިމާވީ، ދިވެހި ކުދި ބޮޑު އެންމެހާ ރައްޔިތުން ފަލަސްޠީނުގެ ޙައްގުގައި އަޑު އުފުލަމުން އައި ދުވަސް ވަރަކާ އެވެ. ވެރި ރަށް މާލޭގެ ބޮޑެތި މަގުތަކުގައި ފަލަސްޠީނުގެ ޙައްގުގައި އަޑު ގުގުމަމުން ދިޔައިރު، ދަޢުލަތުގެ ބާރުތަކަށް ވެސް ރައްޔިތުން ވަނީ އެ އަޑު އިއްވައިފަ އެވެ.

އެހެން ނަމަވެސް، ދިވެހިރާއްޖޭގެ އައު ރައީސުލްޖުމްޙޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހުވާ ކުރެއްވުމަށްފަހު، ޤައުމާ ކުރެއްވި ފުރަތަމަ މުޚާތަބުގައި ފަލަސްޠީނުގެ ވާހަކަ ނެތުމުން ފަޅުކަން އިޙުސާސް ކުރެވެ އެވެ. މި ފަޅުކަން އިޙުސާސް ކުރެވޭ އެތައް ސަބަބުތަކެއް ވެސް އެބަ ހުއްޓެވެ. ރައީސް މުޢިއްޒު ހުވާ ކުރެއްވުމުގެ ދަރުބާރަށް ވަޑައިގެންނެވި ރާއްޖޭގެ ކުރީގެ ރައީސުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ޢާންމު ރައްޔިތުން ވެސް ތިބީ ފަލަސްޠީނު ރަމްޒުކޮށްދޭ ގޮތަށެވެ. ފަލަސްޠީނުގެ ދިދަ ކަރުގައި އަޅުއްވައިގެން ތިބި މީހުންގެ އަދަދު ވެސް މަދެއް ނޫނެވެ. ދަރުބާރަށް ވަޑައިގެންނެވި ބައެއް މަޖިލިސް މެމްބަރުން ވަނީ، އެހެން މީހުނަށް ދިދަ ބައްސަވަން ވެސް ބައްސަވައިފަ އެވެ. މިކަހަލަ ދަރުބާރެއްގައި، ޤައުމާ މުޚާތަބު ކުރައްވައި، ދެއްވި ފުރަތަމަ ތަޤުރީރުގައި އެކުވެރި ފަލަސްޠީނުގެ ވާހަކަ ނެތުމުން، ދިވެހިން ދެރަ ވާނެ އެވެ.

އެނެއްކޮޅުން، ރައީސް މުޢިއްޒު ހުވާ ކުރެއްވުމުގެ ދަރުބާރުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން، މަމްދޫބުން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. ދުނިޔޭގެ ބާރުތަކުގެ މަމްދޫބުންނެވެ. ޚާއްސަކޮށް އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ޚާއްސަ ވަފުދެއް ވެސް ވަޑައިގެންނެވި އެވެ. އެހެންކަމުން، މިއީ ފަލަސްޠީނާމެދު އައު ސަރުކާރުގެ ސްޓޭންޑް، ނުވަތަ ދިވެހިންގެ ސްޓޭންޑް ފާޅުކޮށް ދައްކާލުމަށް ލިބުނު ފުރުޞަތެކެވެ. އިސްރާއީލުން ފަލަސްޠީނަށް ދެމުންދާ ޙަމަލާތަކަށް އެމެރިކާ ވާގިވެރިވާއިރު، އެމެރިކާ ރައީސްގެ މަމްދޫބުންގެ ކުރިމަތީ، ދިވެހިންގެ ރައީސް ފަލަސްޠީނުގެ ޙައްގުގައި ބަސް ބުނަން ކެރިވަޑައިގަންނަވަން ޖެހޭ ކަމަށް ގިނަ ރައްޔިތުން ދެކެ އެވެ. އެހެން ނަމަވެސް، ޖޯޝާއި، ފޯރި އަދި އުންމީދުގައި މުޅި ތަޤުރީރު ނިންމަވާލެއްވި އިރު ވެސް، ފަލަސްޠީނުގެ ނަން ނެތުމުން އުނިކަން އިޙުސާސް ކުރެވެ އެވެ.

ރައީސް މުޢިއްޒު ހުވާ ކުރުމުގެ ދަރުބާރު ނިމުމާއެކު، އެމަނިކުފާނުގެ ތަޤުރީރާމެދު އާންމުންގެ ޝުޢޫރުތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށި އެވެ. އެގޮތުން، ގިނަ މީހުން ދެކޭ ގޮތުގައި ރައީސް މުޢިއްޒުގެ ތަޤުރީރު ވަރަށް ވެސް ފުރިހަމަ އެވެ. ނަމަވެސް، އެ ތަޤުރީރުގައި ފަލަސްޠީނުގެ ވާހަކަ ނެތުމުން، ގިނަ ބަޔަކު ފާޑު ވެސް ކިޔެވެ. ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ދެއްވި ތަޤުރީރުގައި، އެ ވާހަކަ އަންނާނެ ކަމަށް އުންމީދު ކޮށްގެން ތިބި ކަމަށް ވެސް ބުންޏެވެ. ނަމަވެސް، އެ ވާހަކަ ނެތުމުން އާންމުންނަށް މުޅި ތަޤުރީރުން ވެސް ފަޅުކަމެއް އިޙުސާސް ކުރެވިއްޖެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

01 އެޕްރީލު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017
ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ

ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ

24 މާރިޗު 2017
މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

08 މާރިޗު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު