Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ސާނޭގެ ފޯކަސް އޮތީ ސީޒަނަށް، އެއްބަސްވުމުގެ ވާހަކަ ދައްކާނީ ފަހުން!

އަބަދު ވެސް އޭނާގެ އެންމެ ބޮޑު އިސްކަމެއް އޮންނާނީ ބަޔާނަށް ކަމަށް ސާނޭ ވަނީ ބުނެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ނޮވެމްބަރު 2023 | ހޮނިހިރު 05:42
ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަރުމަނުގެ ލެރޯއީ ސާނޭ

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަރުމަނުގެ ލެރޯއީ ސާނޭ

މިވަގުތު ފޯކަސް އޮތީ މިހާރު ކުރިއަށްދާ ސީޒަނަށް ކަމަށް، ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަރުމަނުގެ ލެރޯއީ ސާނޭ ބުނެފި އެވެ.

ސާނޭ މިހެން ބުނީ، ބަޔާންގައި އޭނާގެ މުސްތަޤުބަލާ ގުޅޭ ގޮތުން އެކި ފަރާތްތަކުން އެކި ވާހަކަތައް ދައްކަމުން އަންނަ ވަގުތެއްގަ އެވެ. އެގޮތުން، ސާނޭގެ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް ބަޔާނުން ކުރަމުން އައި ނަމަވެސް، އެކަމުގައި އޭނާގެ ފަރާތުން އެއްބާރުލުމެއް ނުލިބޭ ކަމަށް ޖަރުމަނުގެ ބައެއް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. ނަމަވެސް، އެ ވާހަކަތައް ބަޔާނުން ވަނީ ދޮގު ކޮށްފަ އެވެ. ބަޔާންގެ ޑައިރެކްޓަރު ފްރެއުންޑް ވިދާޅުވެފައިވާ ގޮތުން، އައު އެއްބަސްވުމުގެ މަޝްވަރާތައް ސާނޭ އާއެކު ކުރުމަށް ބަޔާނަން އެއްވެސް ހުރަހެއް ނެތެވެ.

އެކަމާ ގުޅިގެން ވާހަކަ ދައްކަމުން ސާނޭ ބުނީ، މިހާތަނަށް އެކަމުގައި ވަކި އެއްވެސް ގޮތެއް އޭނާ ނިންމާފައި ނުވާނެ ކަމަށެވެ. އޭނާ ބުނީ އެއްބަސްވުމުގެ ވާހަކަ ދައްކަން ބަޔާނުން ބޭނުންވާ ކަމަށާއި، ނަމަވެސް މިވަގުތު އެންމެ ބޮޑަށް ފޯކަސް ކުރަނީ މިހާރު ކުރިއަށްދާ ސީޒަނަށް ކަމަށެވެ. އެހެން ނަމަވެސް، އަބަދު ވެސް އޭނާގެ އެންމެ ބޮޑު އިސްކަމެއް އޮންނާނީ ބަޔާނަށް ކަމަށް ސާނޭ ވަނީ ބުނެފަ އެވެ. އެއްބަސްވުމުގެ ކަންތަކުގައި ވެސް، އޭނާ އަށް އެންމެ އިސްވާނީ ބަޔާންކަން ފާހަގަކޮށް ސާނޭ ބުނީ، އެކަމާ އެއްވެސް ދެބަސްވުމެއް ނޯންނާނެ ކަމަށެވެ.

މެންޗެސްޓަރ ސިޓީގައި ހުރުމަށްފަހު ސާނޭ ބަޔާނަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. ބަޔާނާއެކު ސާނޭ މިހާރު ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް ބަޔާނުން ބޭނުންވަނީ ދިގު މުއްދަތަކަށް އެއްބަސްވުން އައުކޮށް، ސާނޭ ކުލަބުގައި ބެހެއްޓުމަށެވެ. މިވަގުތު ބަޔާނުން އެންމެ އިސްކަމެއް ދެމުން އަންނަނީ ވެސް، ސާނޭގެ އެއްބަސްވުން އައު ކުރުމަށް ކަމަށް އެ ކުލަބުން ވަނީ މީގެ ކުރިން ވެސް ބުނެފަ އެވެ.

ސާނޭ ވަނީ މިހާތަނަށް އެ ކުލަބަށް ކުޅެދިން، 151 މެޗުގައި 47 ލަނޑު ޖަހާފަ އެވެ. ބަޔާނާއެކު އޭނާ ވަނީ ހަތް ތައްޓެއް ކާމިޔާބުކޮށްފަ އެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
01 މާރިޗު 2017

މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ

01 މާރިޗު 2017
މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ
19 ފެބުރުއަރީ 2017

ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

19 ފެބުރުއަރީ 2017
ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ
18 ފެބުރުއަރީ 2017

މި ސީޒަނަށްފަހުވެސް ރިޓަޔާކުރަން ނުވިސްނަން: ވެންގާ

18 ފެބުރުއަރީ 2017
މި ސީޒަނަށްފަހުވެސް ރިޓަޔާކުރަން ނުވިސްނަން: ވެންގާ
18 ފެބުރުއަރީ 2017

މި ސީޒަނަށްފަހު ވެސް ރިޓަޔާކުރަން ނުވިސްނަން:ވެންގާ

18 ފެބުރުއަރީ 2017
މި ސީޒަނަށްފަހު ވެސް ރިޓަޔާކުރަން ނުވިސްނަން:ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު