Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

އެންރީކޭގެ ވާހަކަތަކަށް އެމްބާޕޭގެ ރައްދު: ހުރިހާ ކޯޗުންނާއެކު ވެސް މަސައްކަތް ކުރީ ވަރަށް ރަނގަޅަށް!

އެމްބާޕޭ ބުނީ، އެންރީކޭ އެންމެ ފުރަތަމަ ޕީއެސްޖީ އަށް އައި ދުވަހު ވެސް، އޭނާއާ އެއްވެެސް މައްސަލައެއް ނޯންނާނެ ކަމަށް ބުނެފައިވާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ނޮވެމްބަރު 2023 | ހޮނިހިރު 05:05
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އަދި ކީލިއަން އެމްބާޕޭ

ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އަދި ކީލިއަން އެމްބާޕޭ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭގެ ކުޅުމާ މެދު ހިތްހަމަ ނުޖެހޭ ކަމަށް، އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނުމުން، އެމްބާޕޭ އެކަމަށް ރައްދު ދީފި އެވެ.

އެންރީކޭ އެހެން ބުނެފައި ވަނީ،  ފްރާންސް ލީގުގައި ޕީއެސްޖީން ރެއިމްސްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު އެވެ. އެ މެޗުގައި އެމްބާޕޭ ވަނީ ތިން ލަނޑު ޖަހައި، ހެޓްރިކް ހަމަކޮށްފަ އެވެ. މެޗަށްފަހު ވާހަކަ ދައްކަމުން އެންރީކޭ ބުނީ، އެމްބާޕޭގެ ކުޅުމާ މެދު އޭނާ ހިތްހަމަ ނުޖެހޭ ކަމަށެވެ. މެޗުގައި އެމްބާޕޭ ތިން ލަނޑު ޖެހިކަމަށް އިޝާރާތްކޮށް އެންރީކޭ ބުނީ، އެކަމާ ގުޅޭ ގޮތުން އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ. އެންރީކޭ ދެކޭ ގޮތުގައި އެމްބާޕޭ އަށް ޕީއެސްޖީގެ ޓީމަށް އެއަށްވުރެ ބޮޑަށް އެހީތެރިވެވޭނެ އެވެ. އެކަން ފާހަގަކޮށް އެންރީކޭ ބުނީ، އެމްބާޕޭ އަކީ މަތީ ފަންތީގެ ކުޅުންތެރިޔެެއް ކަމަށާއި، އެފަދަ ކުޅުންތެރިޔެއްގެ ފަރާތުން އެއަށްވުރެ އިތުރަށް ކަންކަން ބޭނުންވާ ކަމަށެވެ. މީގެ އިތުރުން އެންރީކޭ ބުނީ އެކަމާ ގުޅިގެން އެމްބާޕޭއާ ތަފްސީލު ގޮތެއްގައި އޭނާ ވާހަކަ ދައްކާނެ ކަމަށާއި، އެ ވާހަކަތައް މީޑިއާގައި ދައްކަން ބޭނުންނުވާ ކަމަށެެވެ.

އެ ވާހަކަތަކަށް ރައްދު ދެމުން އެމްބާޕޭ ބުނީ، އެންރީކޭގެ އެ ވާހަކަތައް އޭނާ ނަގަން ބޭނުންވަނީ ރަނގަޅަށް ކަމަށާއި، ކޯޗެއްގެ ހައިސިއްޔަތުން އެ ބުނާ އެއްޗެއް އޭނާ އަށް އިނގޭ ކަމަށެވެ. އެކަން ފާހަގަކޮށް އެމްބާޕޭ ބުނީ، އެންރީކޭ އެންމެ ފުރަތަމަ ޕީއެސްޖީ އަށް އައި ދުވަހު ވެސް، އޭނާއާ އެއްވެެސް މައްސަލައެއް ނޯންނާނެ ކަމަށް ބުނެފައިވާނެ ކަމަށެވެ. އޭގެ އިތުރުން، މިހާތަނަށް އޭނާ އަށް އިރުޝާދު ދީފައިވާ ހުރިހާ ކޯޗުންނާއެކު ވެސް ވަރަށް ރަނގަޅަށް މަސައްކަތް ކޮށްފައިވާނެ ކަމަށް އެމްބާޕޭ ވަނީ ބުނެފަ އެވެ.

މި ސީޒަންގައި މިހާތަނަށް ކުޅުނު 15 މެޗުން އެމްބާޕޭ ވަނީ 15 ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން 13 ލަނޑަކީ ފްރާންސް ލީގުގައި އޭނާ ޖަހާފައިވާ ލަނޑެވެ. ޕީއެސްޖީ އާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު، އެ ކުލަބުން އަންނަނީ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، މިހާތަނަށް އައިއިރު އެކަމުގައި އެމްބާޕޭ ވަކި ގޮތެއް ނިންމައިފައެއް ނުވެ އެވެ.

އިތުރަށް ކިޔާލަން

28 މާރިޗު 2020

ގެދޮރު ނެތް މީހުންނަށް އެމްބާޕޭގެ ދީލަތި އެހީއެއް

28 މާރިޗު 2020
ގެދޮރު ނެތް މީހުންނަށް އެމްބާޕޭގެ ދީލަތި އެހީއެއް
01 މާރިޗު 2020

އެމްބާޕޭގެ ދެ ލަނޑުން ޕީއެސްޖީން ޑިޔޮން ބަލިކޮށްފި

01 މާރިޗު 2020
އެމްބާޕޭގެ ދެ ލަނޑުން ޕީއެސްޖީން ޑިޔޮން ބަލިކޮށްފި
05 ޑިސެމްބަރު 2019

ފްރެންޗް ލީގް: ނޭމާއާއި އާއި އެމްބާޕޭގެ ގޯލާއެކު ޕީއެސްޖީއަށް މޮޅެއް

05 ޑިސެމްބަރު 2019
ފްރެންޗް ލީގް: ނޭމާއާއި އާއި އެމްބާޕޭގެ ގޯލާއެކު ޕީއެސްޖީއަށް މޮޅެއް
05 ނޮވެމްބަރު 2019

އެމްބާޕޭގެ ކުރިމަގު: ދެން ފެންނާނީ ރެއާލުން

05 ނޮވެމްބަރު 2019
އެމްބާޕޭގެ ކުރިމަގު: ދެން ފެންނާނީ ރެއާލުން
20 ޑިސެމްބަރު 2018

އެފްއޭއެމުން މަހުލޫފަށް ރައްދު ދީފި

20 ޑިސެމްބަރު 2018
އެފްއޭއެމުން މަހުލޫފަށް ރައްދު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު