Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ދަރަނީގެ ކަންބޮޑުވުމާއެކު ބިސްމިން ފެށީ 1 ގަޑިއިރަށް 22 މިލިއަން ހަރަދުކުރައްވައިގެން

އަގުބޮޑުކޮށް ހަވާވެސް އަރުވާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 18 ނޮވެމްބަރު 2023 | ހޮނިހިރު 03:26
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަން 22 މިލިއަން ހަރަދުކުރި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަން 22 މިލިއަން ހަރަދުކުރި

ދަރަންޏަކީ ގައުމެއް ހިންގާނަމަ އެ ނަގަން ޖެހޭ އެއްޗެކެވެ. އެ ނުނަގާ ވާކަށްވެސް ނެތެވެ. އެ ނުދީވެސް ވާކަށް ނެތެވެ. ފާއިތުވި 5 އަހަރު ދުވަހުގެ ދަރަނީގެ ވާހަކަ ދައްކާލާއިރު، މިއަދު ދިވެހި ރައްޔިތުން ހަމައިސްކޮޅަށް ތެދުވެ ހާލުގައި ނުޖެހި ސަލާން ނުޖަހާ ތިބީ ދަރަނި ނަގައިގެން އޭގެން ބޭނުންކުރުމުންނެވެ. ނުނެގިނަމަ މިއަދު ދިވެހިންގެ ހާލަތުވެސް ބަޔާންކުރާކަށް ނޭނގޭނެއެވެ.

ކޮންމެއަކަށް އެ ސަރުކާރު ނިމިއްޖެއެވެ. ފާއިތުވި ދުވަސްތަކުގައި އިިދިކޮޅުން ނުވަތަ މިހާރު ވެރިކަމުގައި ތިބި ޕީއެންސީން ދެއްކީ ދައުލަތުގެ ދަރަނީގެ ވާހަކައެވެ. އަތްނުފޯރާ ފަށުގައި ހުރި ވާހަކައާއި، އެ ކުޑަކުރަންޖެހޭ ވާހަކައާއި ދަރަނި ނުނަގާ ހަރަދު ކުޑަކުރާ ވާހަކައެވެ. މިއާއެކު ވެރިކަމުގެ ހުވާ ކުރެއްވި އައު ރައީސުލްޖުމްހޫރިއްޔާ ވެސް އެގޮތުގެ މަތިން އަމަލުކުރައްވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެވެ.

ނަމަވެސް ކީހާޅެން ފަރިއްސަށްވެގެން ދިޔަ ގޮތަށް ފެނިގެން ދިޔައީ ދެއްކި ވާހަކައިގެ އިދިކޮޅެވެ. 22 މިލިއަން 1 ގަޑިއިރަށް ހަރަދު ކުރިއެވެ. ހަމައެކަނި ހުވާ ކުރައްވާށެވެ. 1 ގަޑި އިރުގެ ހަފްލާއަކަށް ދިވެހިންގެ ފައިސާއިން 22 މިލިއަން ހަރަދުކޮށްލި އިރު އެ ބޮޑު ހަރަދު ހިނގި ތަނުގައި ދެއްވި 10 ވަރަކަށް މިނެޓުގެ ތަގުރީރުގައި ދެއްކެވީ ކޮންމެ ރައްޔިތަކުވެސް ކަންބޮޑުވާނެ ވާހަކަފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަދައިންނެވެ. "ވަރަށް އިތުބާރާއެކު ތިޔަބޭފުޅުންގެ ކުރިފުޅުމަތީ އަޅުގަނޑު ހުއްޓި މިހުރީ، ނިކަން ޚުޠޫރަތްތެރި ވަޅުގަނޑެއްގެ ތުންފަތްމަތީގައި ކަމަށެވެ އެއީ، ތިޔަބޭފުޅުންގެ އުންމީދުތަކާއި އަޅުގަނޑު އެކުލަވައިލާ ސަރުކާރުގެ ވާޖިބުތައް އަދާކުރުމާ، މި ދެމެދުގައި އޮތް ވަޅުގަނޑެއް ކަމަށެވެ. މި ދަންނަވާ ވަޅުގަނޑަކީ، ދިވެހިރާއްޖޭގެ އިޤުތިޞާދު މިއަދު ވެއްޓިފައި މި އޮތް ފުން އަނދަވަޅު ކަމަށެވެ. މިއަދު އަޅުގަނޑުމެން ދިވެހި ދައުލަތާ ހަވާލުވާއިރު، ދިވެހި ދައުލަތުގެ ދަރަނި ވަނީ އެކުޖުމުލަ 119 ބިލިއަން ރުފިޔާއަށް އަރާފައި ކަމަށެވެ. މިއީ ރާއްޖޭގެ މުޅި މާލީ ޙަޔާތުގައިވެސް ދިވެހި ތާރީޚު ދުށް އެންމެ ބޮޑު ދަރަނި ކަމަށެވެ. އެހެން ނަމަވެސް، މިކަންކަމުން އަރައިގަތުމަށްޓަކައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ނިކަން ހަރުދަނާ، ވަރަށް ހަލުވި ފިޔަވަޅުތައް އަޅާނަމެވެ."

ފުރަތަމަ ޖުމްލައިން ފަށަމާ ހިނގާށެވެ. އިގްތިސާދީ އަނދަވަޅަކަށް ރާއްޖެ ނުވެއްޓި މިދިޔަ 5 އަހަރު ތެރޭގައި ގައުމުން ސަލާމަތްކޮށްދީފައެވެ. އަދި ކުރިއަށް އޮތް 5 އަހަރު ވެސް އިގްތިސާދުގެ އާރޯކަން ފެނި ކުރިއަރައި ހިނގައިދާނެ ގޮތްތަކާއި މަގުތައް ނިމިގެން ދިޔަ ސަރުކާރުން ވަނީ ކުރަހައި ކުލަޖައްސައިދީފައެވެ. މިއީ ކޮންމެ ރައްޔިތަކުވެސް ގަބޫލުކުރާނެ ކަމެކެވެ. ކޮވިޑްގެ މާސިންގާ ބިޔަ ރާޅާއެކު ދުނިޔޭގެ ބޮޑެތި އިގްތިސާދުތައް، ވަކިން ހާއްސަކޮށް އަމިއްލަ އުފެއްދުންތެރި ގައުމުތަކުގެ އިގްތިސާދު ފުނޑުފުނޑުވެގެން ދިޔަ އިރު ރާއްޖެއިން އެޅި ފިޔަވަޅުތަކާއެކު މިއަދު މިފެންނަނީ އެކަމުގެ ހެޔޮ ބަދަލެވެ.

ދެން ވިދާޅުވީ ރައްޔިތުންގެ އުއްމީދުތަކާއި ގުޅިފައިވާ ވައުދުތަކާއި ދެމެދު އޮތް ވަޅުގަނޑުގެ ވާހަކައެވެ. ރައީސް މުއިއްޒުގެ ތަގުރީރުގައި ވިދާޅުވީ އުތުރު ތިލަފަޅާއި ގުޅީފަޅާއި ގިރާވަރު ފަޅާއި މިހެން ގޮސް ހުސް ފަޅުގެ ވާހަކައެވެ. އެތަންތަން އޮތީ ހިއްކާ ނިމިފައެވެ. ދެން އެތަނުގައި ކުރަންޖެހޭނެ ކަމަކީ ވެސް އަސާސީ ހިދުމަތްތައް ގާއިމްކުރުމެވެ. އަމިއްލަ ފަރާތްތަކަށް ދެވޭ ބިން އެ ފަރާތްތަކުން ހަދާނެއެވެ. އެއީ ލޯނެއް ނަގައިގެން ނަމަވެސް ނުވަތަ ސަރުކާރުގެ ސްކީމެއްގެ ތެރެއިންކަމުގައި ވިޔަސްމެއެވެ. އެހެންކަމުން މިތަންތަނުގައި ދިރިއުޅެން ތިބި މީހުންނަށް އަދި ހުވަފެނެއް ދައްކާ ހިސާބަކަށް ނުދެއެވެ. ދެން އޮތީ ފުށިދިއްގަރު ފަޅެވެ. ހަގީގަތަށް ބުނާނަމަ މާލެއާއި މާ ދުރުގައި އޮތް ބިމެއް ހިއްކައިގެން އެއިން ކުރާނެ މާ މޮޅު ފައިދާއެއް ނެތްކަމަށް ގިނަ ބަޔަކު ވަކާލާތުކުރުމެވެ. ބޮޑު ހަރަދެއް އޮތީވެސް އެތަން ހިއްކުމަށެވެ.

ދެން އެމަނިކުފާނު ވިދާޅުވީ 119 ބިލިއަން ރުފިޔާގެ ދަރަނީގެ ވާހަކައެވެ. ކޮންމެއަކަސް މި ދަރަނީގެ ތެރޭގައި ރައީސް މުއިއްޒު 7 އަހަރު މިނިސްޓަރުކަމުގައާއި ފާއިތުވެ ދިޔަ ދުވަސްތަކުގައި މޭޔަރުކަމުގައި ހުންނަވައިގެން ނެންގެވި ދަރަނި މަދެއް ނުވާނެއެވެ. ރައީސް މުއިއްޒު މިނިސްޓަރުކަމުގައި ހުންނަވައިގެން ނެގި ދަރަނީގެ ބޮޑު ބައެއް ދައްކަން ވެސް ޖެހުނީ ނިމިގެން ދިޔަ ސަރުކާރުގައެވެ. މީގެ ތެރޭގައި ދަރަނި ނަގައިގެން ހަދަން ފެށި ހިޔާ ޓަވަރުތަކާއި، ފޭސް 2 ގެ އެކިއެކި ވަސީލަތްތައް ހިމެނެއެވެ. މީގެ އިތުރުން މުއިއްޒުގެ ބައިވެރިވުން އެއިރު އޮތް ސަރުކާރުން ނަގާފައިވާ ސަނީ ސައިޑް ބޮންނާއި، ސިނަމާލޭގެ ބްރިޖުގެ ލޯނާއި ޗައިނާއިން ނަގާފައިވާ ދަރަނިތައް ވެސް ދައްކަން ޖެހުނީ ކޮވިޑްގެ 3 އަހަރު ތެރޭގައި މިދިޔަ ސަރުކާރަށެވެ. އެހެންކަމުގައި ވާނަމަ މިދިޔަ ސަރުކާރުގެ ދަރަންޏާއި، މަނިކުފާނު އެ ވިދާޅުވި 119 ބިލިއަންގެ ތެރޭގައި މަނިފާނު ހިއްސާވާ ކުރީގެ ވެރިކަމުގައި ނަގާފައިވާ ދަރަނިވެސް އިންތިހާއަށް ގިނައެވެ. ޒިންމާވެސް ވާންޖެހޭނެއެވެ.

މިކަންކަމުން އަރައިގަތުމަށްޓަކައި ނިކަން ހަރުދަނާ، ވަރަށް ހަލުވި ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވިއިރު، ގައުމުގެ ހިންގުން ހަވާލުކުރި ދުވަހު އެކަނިވެސް 22 މިލިއަން ރުފިޔާ ހަރަދުކޮށްލީ ގަޑިއެއްހާ އިރުގެ ހަފްލާއަކަށެވެ. 1 ގަޑި އިރަށް 22 މިލިއަން ރުފިޔާއެވެ. މިއީ އެތައް ކްލާސް ރޫމެއް އިމާރާތްކުރެވޭނެ ފައިސާއެވެ. ރަށެއްގެ ބަނދަރެއް ހެދޭނެ ފައިސާއެވެ. ސިއްހީ ނިޒާމުގެ ތެރެއިން ކޮންމެވެސް ރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒުގެ މަރާމާތުގެ 5 އަހަރުގެ ފައިސާއެވެ. އެތަކެއް ދަރިވަރުންނަކަށް ހިލޭ ޑިގްރީއަށް ދެއްކޭނެ ފައިސާއެވެ.

އަދި ނުވިތާކަށް ހަވާވެސް އެރުވީއެވެ. އަގުވެސް ބޮޑުކޮށެވެ. މީގެ ތަފްސީލެއް ވެސް ހާމައެއް ނުކުރައްވައެވެ. މިއީ އަދި ވެރިކަމަށް ވަޑައިގެންނެވިތާ 24 ގަޑި އިރު ނުވަނީސް ދިވެހިރައްޔިތުންގެ ޖީބުން ކުރެއްވި ހަރަދެވެ. ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން އަމިއްލަ ގެކޮޅުގައި އިންތިހާބީ ރައީސްގެ އޮފީސް ގާއިމްކުރައްވާ ހޭދަކުރެއްވީ ކިތައް ކިތައް މިލިއަނެއް ކަމެއް ވެސް ނޭނގެއެވެ. ދެންވެސް ބުނެވޭނީ ކީހާޅެން ފަރިއްސަވެ ނިމިއްޖެއެވެ.

ހަރަދު ކުޑަކުރަން ނުވަތަ ދަރަނި މެނޭޖްކުރައްވާނެ ބޭފުޅަކު ކަންކުރައްވާނީ މިފަދައިން ނޫނެެވެ. މިއީ ހައްސާސީ ދަނޑިވަޅެއް ކަމަށް ވިދާޅުވާއިރު، 22 މިލިއަނުގެ ހަފްލާއަކާއި 10 ވަރަކަށް މިނެޓުގެ ހަވާއެރުވުމަކާއެކު ވެރިކަން ފެށި ބޭފުޅު ދަރަންޏާއި ހަރަދަށް ވިސްނަވާނެ ވަރު ދެން ތިޔަ ރައްޔިތުން ވިސްނާލާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދަރަނީގެ ކަނޑެއްގައި 3 ބިލިއަނަށްވުރެ ގިނަ މީހުން ޣަރަޤުވަނީ!

ދަރަނީގެ ކަނޑެއްގައި 3 ބިލިއަނަށްވުރެ ގިނަ މީހުން ޣަރަޤުވަނީ!

13 ޖުލައި 2023
ސިޔާސީ މަންފާއެއްގެ އެދުމުގައި ތިޔަފެށީ ވަރަށް ލަދުހުތުރު މަސައްކަތެކެވެ.

ސިޔާސީ މަންފާއެއްގެ އެދުމުގައި ތިޔަފެށީ ވަރަށް ލަދުހުތުރު މަސައްކަތެކެވެ.

31 ޖެނުއަރީ 2022
ނިއުޒިލޭންޑްގެ ބޮޑުވަޒީރު ކޮޕީކޮށް ވީޑިއޯ އަޕްލޯޑް ކުރަން ފެށީ މަޖަލަކަށް، އެންމެފަހުން ބޮޑުވަޒީރާއެކު އެއް ވީޑިއޯއަކުން!

ނިއުޒިލޭންޑްގެ ބޮޑުވަޒީރު ކޮޕީކޮށް ވީޑިއޯ އަޕްލޯޑް ކުރަން ފެށީ މަޖަލަކަށް، އެންމެފަހުން ބޮޑުވަޒީރާއެކު އެއް ވީޑިއޯއަކުން!

27 ޖުލައި 2020
ފަރުވާދޭނެ ވަސީލަތެއް ނެތި މީހުން މަރުވާތީ މިޒުވާނާ ފެށީ ވެންޓިލޭޓަރު ހެދުމުގެ މަސައްކަތް!

ފަރުވާދޭނެ ވަސީލަތެއް ނެތި މީހުން މަރުވާތީ މިޒުވާނާ ފެށީ ވެންޓިލޭޓަރު ހެދުމުގެ މަސައްކަތް!

20 މެއި 2020
ކޮވިޑް-19: 9 މަހުގެ ދަރިފުޅު ޝައްކު ކުރެވޭ ކޭސްއަކަށް ވުމުން ހައިރާންވި ވަރުން މަންމަ ފެށީ ހޭން!

ކޮވިޑް-19: 9 މަހުގެ ދަރިފުޅު ޝައްކު ކުރެވޭ ކޭސްއަކަށް ވުމުން ހައިރާންވި ވަރުން މަންމަ ފެށީ ހޭން!

18 މާރިޗު 2020

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު