Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުއިއްޒު މޭޔަރުކަމުން އިސްތިއުފާ ދެއްވުން

ރައީސްގެ މަގާމުގެ ހުވާކުރެއްވުމުގެ ކުޑަވަގުތުކޮޅަކަށްވެފައި ވަނިކޮށް މުއިއްޒު މޭޔަރުކަމުން އިސްތިއުފާ ދެއްވައިފި

މުއިއްޒު ރައީސްކަމުގެ ހުވާކުރައްވާނީ ހަވީރު 4:45 ގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 ނޮވެމްބަރު 2023 | ހުކުރު 10:15
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އެމަނިކުފާނު ވަނީ މޭޔަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައި

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އެމަނިކުފާނު ވަނީ މޭޔަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައި

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައީސްގެ މަގާމުގެ ހުވާކުރެއްވުމުގެ 2 ގަޑި އިރު ކުރިން މޭޔަރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ މައްޗަށް ކާމިޔާބު ހޯއްދެވި ފަހުން ވެސް މޭޔަރުކަމުގެ މަސްއޫލިއްޔަތުތަކުން ކޮންމެވެސް ވަރަކަށް ދުރުވެވަޑައިގެންނެވި ނަމަވެސް އިސްތިއުފާ ދެއްވާފައި ނުވެއެވެ.

ނަމަވެސް މީގެ ކުޑައިރުކޮޅެއް ކުރިން އިންތިހާބީ ރައީސް ޑރ. މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މާލެ ސިޓީގެ މޭޔަރ ކަމުން މިއަދު އެމަނިކުފާނު އިސްތިޢުފާ ދެއްވާފައިވާކަމަށެވެ. މި ފުރުސަތުގައި، މާލެ ސިޓީ ކައުންސިލްގެ އެންމެހާ ކައުންސިލަރުންނާއި، ވެރިންނާއި، މުވައްޒަފުން އެމަނިކުފާނަށް ދެއްވި ފުރިހަމަ އެއްބާރުލެއްވުމަށާއި، ކުރެއްވި ބުރަ މަސައްކަތްޕުޅަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާ ކުރައްވާފައި ވެއެވެ. އަދި، މާލެސިޓީގެ ރައްޔިތުން އެމަނިކުފާނު މޭޔަރުކަމަށް ހޮވުމަށް ކުރެއްވި ތާޢީދަށާއި، މޭޔަރ ކަމުގައި ޚިދުމަތް ކުރުމުގައި ދެއްވި ތާޢީދާއި އެއްބާރުލެއްވުމަށް ވެސް ޝުކުރު އަދާކުރައްވާފައި ވެއެވެ. އަދި މާލެ ސިޓީގެ ރައްޔިތުންގެ އުއްމީދުތައް ޙާސިލް ކޮށްދެއްވުމުގައި ވަރުގަދަ ޢަޒުމުގައި މަސައްކަތްކުރައްވާ، މާތް ﷲ އިރާދަފުޅާއެކު، އެ އުއްމީދުތައް ޙަޤީޤަތަކަށް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށްއޮތް 5 އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް އިންތިޚާބު ވުމާއިގުޅިގެން ޓްރާންސިޝަން މަސައްކަތަށް ވަގުތު ހުސްކުރެއްވުމަށް މޭޔަރުގެ ޒިންމާތައް ޑެޕިއުޓީ މޭޔަރާއި ހަވާލުކުރެއްވިއެވެ. ޒިންމާތައް ޑެޕިއުޓީ މޭޔަރަށް ހަވާލުކުރެއްވީ މާލެ ސިޓީ ކައުންސިލްގެ 119 ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ.

އިންތިހާބީ ރައީސާއި އިންތިހާބީ ނައިބު ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައެވެ. މި ހަފްލާއަށް 22 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް މަޖިލީހުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

26 އެޕްރީލު 2017

ކޮރަޕްޝަން މައްސަލައެއްގައި ފޭދޫ އަވަށު ބޯޑުގެ ރައީސްގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފި

26 އެޕްރީލު 2017
ކޮރަޕްޝަން މައްސަލައެއްގައި ފޭދޫ އަވަށު ބޯޑުގެ ރައީސްގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފި
10 އެޕްރީލު 2017

މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް ފާސްކޮށްފި

10 އެޕްރީލު 2017
މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް ފާސްކޮށްފި
05 އެޕްރީލު 2017

ޕީޕީއެމްގެ ރައީސްގެ އޮފީސް ބެލެހެއްޓުން ފުލުހުން ހުއްޓާލައިފި

05 އެޕްރީލު 2017
ޕީޕީއެމްގެ ރައީސްގެ އޮފީސް ބެލެހެއްޓުން ފުލުހުން ހުއްޓާލައިފި
31 މާރިޗު 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި

31 މާރިޗު 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި
31 މާރިޗު 2017

ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން ހޯމް މިނިސްޓަރާއި ރައީސްގެ ވާހަކަފުޅު މުޅިން ތަފާތު!

31 މާރިޗު 2017
ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން ހޯމް މިނިސްޓަރާއި ރައީސްގެ ވާހަކަފުޅު މުޅިން ތަފާތު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު