Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީހުގެ ނިޒާމް

ނިޒާމީ ނުކުތާ ނަގާ ބަޖެޓް ފާސްނުކޮށް ކުރިއަށްގެންދާކަށް ޖާގަ ނުދޭނަން - އަސްލަމް

15 ނޮވެމްބަރު 2023 | ބުދަ 05:29

ބަޖެޓް ހުށަހެޅީ ގާނޫނާ އެއްގޮތަށް، އެކަމުގައި މައްސަލައެއް ނެތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 ނޮވެމްބަރު 2023 | ބުދަ 05:29
ފިނޭންސް މިނިސްޓަރު ބަޖެޓް ހުށަހެޅުއްވި އިރު ޑިމޮކްރެޓްސްގެ މެންބަރުން މަޖިލީހުގެ ނިޒާމް ގެއްލުވާލަން މަސައްކަތް ކުރަނީ

ފިނޭންސް މިނިސްޓަރު ބަޖެޓް ހުށަހެޅުއްވި އިރު ޑިމޮކްރެޓްސްގެ މެންބަރުން މަޖިލީހުގެ ނިޒާމް ގެއްލުވާލަން މަސައްކަތް ކުރަނީ

ނިޒާމީ ނުކުތާ ނަގާ ބަޖެޓް ފާސްނުކޮށް ކުރިއަށްގެންދާކަން ޖާގަ ނުދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިފަދައިން ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި، މިއަހަރުގެ ބާކީ އޮތް މުއްދަތުގައި ހަރަދުކުރަން ބޭނުންވާ ސަޕްލިމެންޓްރީ ބަޖެޓް، ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ގާނޫނާއި ހިލާފަށްކަމަށް ވިދާޅުވެ އަންގާރަ ދުވަހުގެ ޖަލްސާގައި އިދިކޮޅު މެންބަރުން ނިޒާމީ ނުކުތާ ނަންގަވާ ޖަލްސާގެ ނިޒާމް ގެއްލުވާލަން މަސައްކަތްކުރައްވަމުން ގެންދަވާތީއެވެ.

Advertisement - newsAdvertisement

ސަޕްލިމެންޓްރީ ބަޖެޓާއި 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހެޅުމުގައި، މާލިއްޔަތު ގާނޫނުގެ 32 ވަނަ މާއްދާއާއި ހިލާފުކަމަށް މެންބަރުން ފާހަގަކުރި މައްސަލައާއި ގުޅޭގޮތުން އަސްލަމް ވިދާޅުވީ، އެކަމާއި ގުޅޭގޮތުން މަޖިލީހުގެ ފަންނީ އިދާރީ މުވައްޒަފުންނާއި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި އެ ބޭފުޅުންގެ ލަފަޔަކީ ގާނޫނުގައިވާ ގޮތުގެ މަތިން މަޖިލީހަށް ބޭނުންވާ އެންމެހާ ލިޔެކިޔުންތައް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ލިޔެކިޔުންތައް ޕޯޓަލްގައިވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މި މައްސަލައިގައި އިތުރަށް ނިޒާމީ ނުކުތާ ނަގާ މަޖިލީހުގެ މަސައްކަތް ހުއްޓުވުމަށް ފުރުސަތު ނުދެއްވާނެކަމަށެވެ. އަދި އިތުރު އެއްވެސް މައްސަލައެއް މެންބަރެއްގެ އޮތްނަމަ، ލިޔުމުން އެކަން ހުށަހެޅުމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

ދެވަނަކަމެއްގެ ގޮތުގައި އަސްލަމް ފާހަގަކުރައްވާފައިވަނީ، ފިނޭންސް މިނިސްޓަރު މަޖިލީހަށް 2024 ވަނަ އަހަރުގެ ބަޖެޓާއި 2023 ވަނަ އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމުގައި ގާނޫނުގައި ބަޔާންކުރައްވާފައިވާ މުއްދަތުގައި އެކަން ހުށަހެޅިފައިނުވާ މައްސަލައެވެ.

އަސްލަމް ވިދާޅުވީ މި މައްސަލައިގައި ފިނޭންސް މިނިސްޓަރު ދެކެވަޑައިގަންނަވާ ގޮތުގައި ބަޖެޓް މަޖިލީހަށް ފޮނުވުމުން، މަޖިލީހަށް ބަޖެޓް ހުށަހެޅިގެންދާ ކަމަށެވެ. އެހެންނަމަވެސް ހާޒިރުވުމަށްޓަކައި ދެންނެވުނު ދުވަހު މަޖިލީހަށް ހާޒިރުވެވަޑައިގެންފައިނުވަނީ ބަންޑާރަނާއިބުގެ ލަފަޔަށްކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

އަސްލަމް މިފަދައިން ވިދާޅުވެފައިވާއިރު، މަޖިލީހުގެ ރައީސްކަމުން ދާދިފަހުން އިސްތިއުފާ ދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ، އަންގާރަ ދުވަހުގެ ޖަލްސާގައި ނިޒާމީ ނުކުތާ ނަންގަވާ، އެމަނިކުފާނު ނިސްބަތްވާ ޕާޓީގެ މެންބަރުން މަޖިލީހުގައި އަޑުގަދަކުރައްވާފައިވެއެވެ.

އަދި ފިނޭންސް މިނިސްޓަރު ބަޖެޓް ހުށަހެޅުއްވި އިރު މިނިސްޓަރު ވަށާލައި އަޑުގަދަކުރަމުން ގެންދިޔައެވެ.

ރައްޔިތުންގެ މަޖިލިސްރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު އަސްލަމް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް