Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލް އިއްތިހާދު

އަލް އިއްތިހާދުގެ ޑައިރެކްޓަރަކަށް މަލްޑިނީ ހަމަޖައްސަނީ

11 ނޮވެމްބަރު 2023 | ހޮނިހިރު 02:54

އެ ކުލަބުން މިހާރު މަސައްކަތްކުރަމުން އަންނަނީ މަލްޑިނީއާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ނޮވެމްބަރު 2023 | ހޮނިހިރު 02:54
އޭސީ މިލާންގެ ކުރީގެ ޓެކްނިކަލް ޑައިރެކްޓަރު، ޕައޮލޯ މަލްޑިނީ

އޭސީ މިލާންގެ ކުރީގެ ޓެކްނިކަލް ޑައިރެކްޓަރު، ޕައޮލޯ މަލްޑިނީ

ސައުދީ ޕްރޯ ލީގުގެ އަލް އިއްތިހާދުގެ ޑައިރެކްޓަރުގެ މަގާމަށް، އިޓަލީގެ ފުޓުބޯޅަ ލެޖެންޑް ޕައޮލޯ މަލްޑިނީ ހަމަޖައްސަން ނިންމައިފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުގައި ބުނެފައިވާގޮތުގައި އަލް އިއްތިހާދުން، އުމުރުން 55 އަހަރުގެ މަލްޑިނީއާއެކު ކުރަމުން އައި މަޝްވަރާތަކަށްފަހު އެއްބަސްވުމަކަށް އާދެވިފައިވާކަމަށެވެ. އެ ކުލަބުން މިހާރު މަސައްކަތްކުރަމުން އަންނަނީ މަލްޑިނީއާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް ކަމަށާއި، ދާދި އަވަހަށް ރަސްމީކޮށް މަލްޑިނީ އެ ކުލަބުގެ ޑައިރެކްޓަރުގެ މަގާމާ ހަވާލުވާނެކަމަށް މީޑިއާތަކުން ބުނެއެވެ. އަލް އިއްތިހާދުން ވަނީ ދާދި ފަހުން އެ ޓީމުގެ ކޯޗުކަމުގައި ހުރި ޕޯޗުގަލްގެ ނޫނޯ އެސްޕިރިޓޯ ސަންޓޯ މަގާމުން ވަކިކޮށްފައެވެ. އެއީ ކުލަބުގެ ނަތީޖާތައް ދަށްވުމުގެ ސަބަބުންނެވެ.

އިޓަލީގެ ގައުމީ ޓީމަށްވެސް ކުޅެފައިވާ މަލްޑިނީ އެންމެ ފަހުން ހުރީ އޭސީ މިލާންގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމުގައެވެ. އެ މަގާމާ މަލްޑިނީ ހަވާލުވީ 2018 ވަނަ އަހަރުއެވެ. އޭގެ ފަހުން އެ މަގާމު އޭނާ ދޫކޮށްލީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އޭސީ މިލާންގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު މަލްޑިނީ ދޫކޮށްލީ، ކުލަބުގެ އިސްވެރިންނާ ޖެހުނު މައްސަލައެއްގައި ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

ހުނަރުވެރި ޑިފެންޑަރެއްގެ ގޮތުގައި މަޝްހޫރުވެގެން ދިޔަ މަލްޑިނީ، އޭނާގެ ކެރިއަރުގައި ކުޅުނު ހަމައެކަނި ކުލަބަކީވެސް އޭސީ މިލާނެވެ. އޭސީ މިލާންގައި ހޭދަކުރި 25 ސީޒަންގައި މަލްޑިނީ ވަނީ އެ ކުލަބަށް 902 މެޗު ކުޅެދީ، 33 ލަނޑު ޖަހާފައެވެ. އެ ކުލަބާއެކު އޭނާ ވަނީ 23 ތައްޓެއް ކާމިޔާބު ކޮށްފައެވެ. ރަސްމީކޮށް މަލްޑިނީ ފުޓުބޯޅަ ކުޅުން ހުއްޓާލީ 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން، އޭސީ މިލާންގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމާ ހަވާލުވުމުގެ ކުރިން މަލްޑިނީ ވަނީ ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ (ޔުއެފާ)ގެ އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

05 ޖޫން 2017

މާޝިއަލް ބޭނުންވަނީ އެއްބަސްވުމުގައި އޮތް ދެއަހަރު ޔުނައިޓެޑްގައި މަޑުކުރަން

05 ޖޫން 2017
މާޝިއަލް ބޭނުންވަނީ އެއްބަސްވުމުގައި އޮތް ދެއަހަރު ޔުނައިޓެޑްގައި މަޑުކުރަން
03 ޖޫން 2017

ޑެނީ އަލްވޭޒް ހޯދުމަށް ޗެލްސީން މަސައްކަތް ފަށައިފި

03 ޖޫން 2017
ޑެނީ އަލްވޭޒް ހޯދުމަށް ޗެލްސީން މަސައްކަތް ފަށައިފި
30 މެއި 2017

އަގުއޭރޯ ސިޓީ ދޫކޮށް ނުދާނެ، އެއީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ: ޙަލްދޫން އަލް މުބާރަކް

30 މެއި 2017
އަގުއޭރޯ ސިޓީ ދޫކޮށް ނުދާނެ، އެއީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ: ޙަލްދޫން އަލް މުބާރަކް
29 މެއި 2017

އުމުރު ދުވަހު ޓޮރީނޯއަށް ސަޕޯޓަކުރާނެކަމަށް ބުނެ ހާޓް އެ ކްލަބަށް އަލްވަދާއުކިޔައިފި

29 މެއި 2017
އުމުރު ދުވަހު ޓޮރީނޯއަށް ސަޕޯޓަކުރާނެކަމަށް ބުނެ ހާޓް އެ ކްލަބަށް އަލްވަދާއުކިޔައިފި
19 އެޕްރީލު 2017

މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް

19 އެޕްރީލު 2017
މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް
26 މާރިޗު 2017

ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި

26 މާރިޗު 2017
ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި
15 މާރިޗު 2017

ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް

15 މާރިޗު 2017
ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް
20 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

20 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް
20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް